Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ކޮލަމް
ޝާތިރުގެ ކޮލަމް

ދިވެހި ގައުމިއްޔަތަށް 895 އަހަރު ވެއްޖެއެވެ.

އިސްލާމީ ދިވެހި ގައުމިއްޔަތަށް ހިޖުރައިން 548 ވަނަ އަހަރުން ފެށިގެން މިވީ 895 އަހަރު

މުހައްމަދު ޝާތިރު
މުހައްމަދު ޝާތިރު, ރާއްޖެ އެމްވީ | 7 އޮކްޓޯބަރު 2021 | ބުރާސްފަތި 03:59
މާލޭގެ އެންމެ ފުރަތަމަ މިސްކިތް ކަމުގައިވާ ދަރުމަވަންތަ ރަސްގެފާނު މިސްކިތް ބިނާ ކުރެވުނީ މީގެ 890 އަހަރު ކުރިން. ފޮޓޯ: މީގެ 100 އަހަރުކުރި.

މާލޭގެ އެންމެ ފުރަތަމަ މިސްކިތް ކަމުގައިވާ ދަރުމަވަންތަ ރަސްގެފާނު މިސްކިތް ބިނާ ކުރެވުނީ މީގެ 890 އަހަރު ކުރިން. ފޮޓޯ: މީގެ 100 އަހަރުކުރި.

ގައުމީ ދުވަަހަކީ ގައުމީގޮތުން އެންމެ މުހިންމު ދުވަހެވެ. އެދުވަހެއްގެ ވާހަކަ ތާރީޚާއެކު ގާނޫނުއަސާސީގައި ކަނޑައެޅި ބަޔާންވެގެންވާ ދުވަހެވެ. ވީމާ، މިއަދު ގައުމީ ދުވަހާއި މުނާސަބު އެހެންނަމަވެސް "ރަހަތަފާތު" ގޮތަކަށް ދުވަހާއި މުނާސަބު، މުހިންމުކަމަށް ފެންނަ، ދެކަމަކަަށް ނުވަތަ ތިން ކަމަކަށް އަލިއަޅުވާލަމާތޯއެވެ.

އެއްކަމަކީ ދިވެހި ގައުމަށް ކިތައް އަހަރު ވެއްޖެ ހެއްޔެވެ؟ އިސްލާމީ ދިވެހި ގައުމިއްޔަތަށް ހިޖުރައިން 548ވަނަ އަހަރުން ފެށިގެން މިވީ 895 އަހަރެވެ. ބޮޑުތަކުރުފާނު އިސްވެ ހުންނަވައިގެން، ޕޯޗުގީޒުންގެ އަޅުވެތި އަނިޔާވެރި އިސްތިއުމާރުން އިސްލާމް ދިވެހި ގައުމިއްޔަތު ސަލާމަތްކޮށްދެއްވައި، ދިވެހި ގައުމަށް ނަސްރާއި ނަސީބާއި ކާމިޔާބު ހޯއްދަވައި ދެއްވި، ފަޚުރުވެރި ގައުމިއްޔަތުގެ ފެށުން ކަމުގައިވި 1 ރަބީއުލްއައްވަލު 981ން ފެށިގެން މިވީ 462 އަހަރެވެ.

1 ރަބީއުލްއައްވަލު 1365 (4 ފެބުރުވަރީ 1946)ގައި، ސުމުއްވުލް އަމީރު މުހައްމަދު އަމީނު ދޮށިމޭނާކިލެގެފާނުގެ ވެރިކަމުގައި ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ގައުމީ ދުވަހެއް ފާހަގަ ކުރެވުނުތާ މިވީ 78 އަހަރެވެ. 1 ރަބީެުލްއައްވަލު 1365ގައި ފާހަގަ ކުރެވުނު، ދިވެހިރާއްޖޭގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާއަކީ ގައުމީ ސަލާމް ފުރަތަަމަ ތައާރަފުވި ރަސްމިއްޔާތު ނުވަތަ އިހުތިފާލެވެ. ވީމާ، ގައުމީސަލާމް ތައާރަފުވިތާ ހިޖުރީގޮތުން 79 އަހަރުވީއެވެ.

އަނެއް ކަމަކީ ބޮޑުތަކުރުފާނުގެ ރަސްކަމުގައި އެ ރަސްކަމުގެ ނަންފުޅުގައި ތަކުރުފާނު ކިޔާފައިވޭ ހެއްޔެވެ؟ ނުވަތަ އެގޮތް ރަނގަޅު ހެއްޔެވެ؟ ސަގާފީ މިސާލެކެވެ. ކަލޭފާނަށްވުރެ ތަކުރުފާނު މައްޗެވެ. ތަކުރުފާނަށްވުރެ މަނިކުފާނު މައްޗެވެ. މަނިކުފާނަށްވުރެ ކިލެގެފާނު މައްޗެވެ. ކިލެގެފާނަށްވުރެ ރަސްގެފާނު މައްޗެވެ. މިގޮތުން ބަލާއިރު، 1 ރަބީއުލްއައްވަލު 981 (1573) އިން 1 ރަމަޟާން 993 (1585) އަށް ރަސްކަން ކުރެއްވީ، ތަކުރުފާނުގެ ނަމަކު ނޫނެވެ. ތަކުރުފާނުގެ (އުތީމު މުހައްމަދު ތަކުރުފާނުގެ) ނަމުގައި އަދި މަނިކުފާނުގެ (މުލީގޭ ދޮން ހަަސަން މަނިކުފާނުގެ) ނަމުގައި ރަސްކަމެއް ނުކުރެއެވެ!

އައްސުލްތާނުލް ޣާޒީ މުހައްމަދު އަލްއައުޒަމް ސިރީ ސަވާދީއްތަ މަހާރަދުންނެވެ. ޣާޒީ ބަންޑާރައިންނެވެ. އުތީމު ބަންޑާރައިންނެވެ. އުތީމު މަހާރަދުންނެވެ. އުތީމު ހަސަން ތަކުރުފާނު، އަލްއަމީރު ހަސަން ރަންނަބަނޑޭރި ކިލެގެފާނުގެ ނަންފުޅު ކަމުގައެވެ. ވީމާ، ގައުމީ އެންމެ މަތިވެރި ބަތަލު، ޣާޒީ ބަންޑާރައިން ނުވަތަ އުތީމު ބަންޑާރައިންގެ ދަރަޖަ ދަށް ނުކުރެވޭނެއެވެ.

އުތީމުން ތިންޒުވާނުން ހިންމަތާއެކު ކޮށްލި މިންނަތަކުން, އޮތީ މުސްތައުމިރުންގެ އެބާރުތައް އުއްޑުން ޖެހެވިފައިތާ!

ދެ ހާޖީންނާއި ދަންޑެހެލާ ގޮވައިގެން އެއިގެ ތިން ބަޠަލުން, ޖިހާދު ކުރައްވަމުން ގެންދެވި ގޮތީ ގައުމީ މިސާލެއްތާ!

އުތީމު މަހާރަދުންނަށް ދެންނެވުން ޝުކުރާއި ތައުރީފާ, އޮތީ ދިވެހީންގެ މައްޗަށް ވާޖިބެއް ކަމުގައި ހިމެނިފައިތާ!

ްަގައުމީ ދުވަސް

ކޮމެންޓް

އިތުރަށް ކިޔާލަން

"ނުހަނު ގަދަ ހިތްވަރާއި އަޒުމާއެކީ ޖެއްސެވި އުންޑައަކުން، ނުހަނު ބޮޑު ޕޯޗުގީޒުގެ ލަޝްކަރެއް ދިޔައީ ބުރައިގެންތާ"

"ނުހަނު ގަދަ ހިތްވަރާއި އަޒުމާއެކީ ޖެއްސެވި އުންޑައަކުން، ނުހަނު ބޮޑު ޕޯޗުގީޒުގެ ލަޝްކަރެއް ދިޔައީ ބުރައިގެންތާ"

16 ސެޕްޓެމްބަރު 2023
ސަރުކާރުގެ އެންމެ އިސް ވާޖިބަކީ، އުތީމު މަހާރަދުން ހޯއްދަވައިދެއްވި މިނިވަންކަން ދިފާޢުކޮށް ރައްކާތެރިކުރުން: ރައީސް

ސަރުކާރުގެ އެންމެ އިސް ވާޖިބަކީ، އުތީމު މަހާރަދުން ހޯއްދަވައިދެއްވި މިނިވަންކަން ދިފާޢުކޮށް ރައްކާތެރިކުރުން: ރައީސް

16 ސެޕްޓެމްބަރު 2023
ޤައުމީ ދުވަހުގެ ދިދަނެގުމުގެ ޚާއްޞަ އިޙްތިފާލުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

ޤައުމީ ދުވަހުގެ ދިދަނެގުމުގެ ޚާއްޞަ އިޙްތިފާލުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

16 ސެޕްޓެމްބަރު 2023
ގައުމީ ދުވަހާއި ގުޅިގެން މަނަދޫގައި ޕެރޭޑު ބާއްވައިފި

ގައުމީ ދުވަހާއި ގުޅިގެން މަނަދޫގައި ޕެރޭޑު ބާއްވައިފި

01 އޮކްޓޯބަރު 2022
މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ނ. ވެލިދޫގައި ޕެރޭޑު ބާއްވައިފި

މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ނ. ވެލިދޫގައި ޕެރޭޑު ބާއްވައިފި

30 ސެޕްޓެމްބަރު 2022

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު