Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިފައިންގެ އަހަރީދުވަސް

ރައީސް ނަޝީދަށް ހަމަލާދިން ވަގުތު ސެކިއުރިޓީ ބަލަހައްޓަންތިބި ބޮޑީގާޑުންނަށް މެޑަލް ދެއްވައިފި

3 ބޮޑީގާޑުންނަށް ވަނީ ހިތްވަރުގަދަކަމުގެ ކުލަ ދެއްވާފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 14 ސެޕްޓެމްބަރު 2022 | ބުދަ 11:33
ސްޓާފް ސަރޖަންޓް އިލްހާމް އާދަމްއަށް މެޑަލް ދެއްވަނީ

ސްޓާފް ސަރޖަންޓް އިލްހާމް އާދަމްއަށް މެޑަލް ދެއްވަނީ

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ޓެރަރިސްޓް ހަމަލާދިން ވަގުތު އެމަނިކުފާނުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ބޮޑީގާޑުންގެ އަގުވަޒަންކޮށް މެޑަލްދެއްވައިފިއެވެ.

މެއި 6ގެ ޓެރަރިސްޓް ހަމަލާގައި ރައީސް ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ބޮޑީގާޑުންނަށް ދެއްވާފައިވަނީ "ހިތްވަރު ގަދަކަމުގެ ކުލަ"އެވެ. މި މެޑަލް އެ އޮފިސަރުންނާ ހަވާލުކޮށްދެއްވާފައިވަނީ އަންގާރަ ދުވަހުގެ ރޭ ބޭއްވި "ދިވެހި ސިފައިންގެ 130 ވަނަ އަހަރީ ޖަލްސާ"ގައި، މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލްއެވެ.

މި މެޑަލް ލިބިފައިވަނީ ސްޓާފް ސަރޖަންޓް އިލްހާމް އާދަމްއަށާއި ކޯޕްރަލް މުހައްމަދު ނިޔާޒުއަށާއި ލާންސް ކޯޕްރަލް މުހައްމަދު ރިލުވާންއަށެވެ. މީގެ ތެރެއިން ހިތްވަރުގަދަކަމުގެ ކުލައިގެ އިތުރުން ސްޓާފް ސަރޖަންޓް އިލްހާމް އާދަމްއަށް ފުރާނަ ސަލާމަތްކުރުމުގެ ރިހިމެޑަލްވެސް ވަނީ ދެއްވާފައެވެ.

މެއި6 ވަނަ ދުވަހު ރައީސް ނަޝީދު ކެނެރީގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށް، ސައިކަލެއް ގޮއްވާލައިގެން ދޭން އުޅުނު ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިވަޑައިގެންފައެވެ. މި ހަމަލާގައި އެވަގުތު އެމަނިކުފާނުގެ އަރިހުގައި ތިބި ބޮޑީގާޑުންނަށްވެސް އަނިޔާވިއެވެ.

މި ހަމަލާގައި ބޮޑީގާޑުން ދެއްކި ހިތްވަރަށްޓަކައި، ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވަނީ ތައުރީފުކުރައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ވަނީ، ބޮޑީގާޑުންގެ ޚިދުމަތް ގައުމީ ފެންވަރުގައި ފާހަގަކުރުން، އެ ކޮމިޓީން އެކުލަވާލި ރިޕޯޓުގައިވެސް ހިމަނައިފައެވެ.

އަންގާރަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ނަޝީދުގެ ބޮޑީގާޑުންގެ އިތުރުން އެކިއެކި ކަންކަމުގައި ހިތްވަރު ދެއްކި ސިފައިންނަށް ވަނީ އެކަމުގެ އަގުވަޒަންކޮށް މެޑަލް ދެއްވާފައެވެ.

މީގެ އިތުރުން އެކި ދާއިރާތަކުން ގައުމަށް ރީތި ނަން ހޯދައިދީފައިވާ އޮފިސަރުންގެ އަގުވެސް ވަނީ ވަޒަންކޮށްފައެވެ.

ސިފައިންގެ ދުވަސް 2022މޭ6ޓެރާރއެޓޭކްކުރީގެ ރައީސް، މުހައްމަދު ނަޝީދުއެމްއެންޑީއެފް

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

14 ޑިސެމްބަރު 2025
ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!
07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
21 ނޮވެމްބަރު 2025

އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް

21 ނޮވެމްބަރު 2025
އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް
14 ނޮވެމްބަރު 2025

ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ

14 ނޮވެމްބަރު 2025
ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ
13 ނޮވެމްބަރު 2025

355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު

13 ނޮވެމްބަރު 2025
355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު
11 ނޮވެމްބަރު 2025

ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ

11 ނޮވެމްބަރު 2025
ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު