Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާޒިމާ ޝަކޫރުގެ ޝަރީއަތް

އާޒިމާ ޝަކޫރުގެ މައްޗަށް ކުރާ ދައުވާތައް ކުރިއަށް ގެންދެވޭނެކަމަށް ނިންމައިފި

އިސްތިއުނާފާއި ގުޅޭގޮތުން ދެފަރާތުން ޚުލާސާ ގޮތެއްގައި ވާހަކަދައްކަވާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 އެޕްރީލު 2022 | ބުދަ 09:59
އާޒިމާގެ ޝަރީއަތް- އާދިއްތަ ދުވަހު ކުރިއަށް ދިޔަ އަޑުއެހުމުގައި ވަނީ އިސްތިއުނާފާއި ގުޅޭގޮތުން ދެފަރާތުން ވާހަކަދައްކަވާފައި

އާޒިމާގެ ޝަރީއަތް- އާދިއްތަ ދުވަހު ކުރިއަށް ދިޔަ އަޑުއެހުމުގައި ވަނީ އިސްތިއުނާފާއި ގުޅޭގޮތުން ދެފަރާތުން ވާހަކަދައްކަވާފައި

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރުކުރުމާއި ގުޅޭ ދެ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ކްރިމިނަލް ކޯޓުން ނިންމުމުން، އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުމެއް ހައިކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގެ ފުރަތަމައަޑުއެހުން ބާއްވާފައިވަނީ 13 އޭޕްރީލް 2022 ގައެވެ. ދެވަނައަޑުއެހުންކުރިއަށް ގެންދިޔައީ 14 އޭޕްރީލް 2022 ގައެވެ. އެއަށްފަހު އެންމެ ފަހުއަޑުއެހުންބާއްވާފައިވަނީ 17 އޭޕްރީލް 2022 ގައެވެ.

މި މައްސަލައިގައި އެންމެ ފަހުން ކުރިއަށް ދިޔަ އަޑުއެހުމުގައި ވަނީ އިސްތިއުނާފާއި ގުޅޭގޮތުން ދެފަރާތުން ވާހަކަދައްކަވާފައެވެ. އަދި އަޑުއެހުންތައް ނިންމާލައްވަމުން ފަނޑިޔާރުން ވިދާޅުވެފައިވަނީ އިތުރު ކަމެއް ސާފުކުރައްވަން ނެތްނަމަ ދެން އޮންނާނީ މި މައްސަލައިގެ ޙުކުމް ކުރެއްވުމަށް ބާއްވަވާ އަޑުއެހުން ކަމަށެވެ. އަދި މި ބާވަތުގެ މައްސަލަތައް އިސްތިއުނާފު ނުކުރެވޭނެކަމަށް ބަޔާންކޮށް ދައުލަތުން ހުށައެޅި އިއުތިރާޒަށްވެސް ގޮތެއް ނިންމަވާނެކަން ފަނޑިޔާރު ފާހަގަކުރެއްވިއެވެ.

އިޖުރާއީ ނުކުތާއަށް ގޮތެއް ނިންމުން:

އިއުތިރާޒުގައި މައިގަނޑު ގޮތެއްގައި ދައުލަތުން ބުނެފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާއަށް ރިއާޔަތް ކުރާއިރު، އިސްތިއުނާފު ކުރެވޭނީ ކޮން ބާވަތެއްގެ ނިންމުމެއްކަން ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން އެ މާއްދާގައި ކޯޓަކުން ކޮށްފައިވާ ޙުކުމެއް، ނުވަތަ ނެރެފައިވާ އަމުރެއް، ނުވަތަ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމުގެމަރުޙަލާގައިކޯޓަކުން ނިންމާފައިވާ ނިންމުމެއް އިސްތިއުނާފު ކުރެވިދާނެކަމަށް ބަޔާންކޮށްފައިވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދައުލަތުން ބުނާ ގޮތުގައި މަދަނީ މިންގަނޑުން ކުރިއަށް ގެންދެވިދާނެތޯ ނިންމާ ނިންމުމަކީ ޝަރީއަތުގެ ކުރިން ހުށައަޅާ ހުށައެޅުމެއްގެ ގޮތުގައި ނިންމާ ނިންމުމެއް ނޫނެވެ.

ދައުލަތުން ބުނެފައިވަނީ، މަދަނީ މިންގަނޑުން ކުރިއަށް ގެންދެވިދާނެކަމަށް ނިންމާ ހުރިހާ ނިންމުމެއް ދިފާއުން މަތީ މަރުޙަލާގެ ކޯޓުގައި އިސްތިއުނާފު ކުރެވޭނަމަ، ކޮންމެ މައްސަލައެއް ނިމިގެންދާނީ ހައިކޯޓު ނުވަތަ ސުޕްރީމް ކޯޓުގެ މަރުޙަލާއިން ކަމަށެވެ. އެހިސާބުން މައްސަލަ ފުނިޖެހި މަތީ މަރުޙަލާގެ ކޯޓުތަކަށް "ފްލަޑް ގޭޓް" އެއް ހުޅުވިގެންދާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދައުލަތުގެ އެ ބުނުމަށް ރައްދު ދެއްވަމުން އާޒިމާގެ ވަކީލު ވިދާޅުވެފައިވާ ގޮތުގައި، ޝަރީއަތުގެ މަރުޙަލާ 5 ބަޔަކަށް ބެހެއެވެ. އެއީ ތަހުޤީޤީ މަރުޙަލާއާއި، ދައުވާކުރުމުގެ މަރުޙަލާއާއި، ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކުގެ މަރުޙަލާއާއި، ޝަރީއަތުގެ މަރުޙަލާގެ އިތުރުން، ޝަރީއަތުގެ ފަހުގެ މަރުޙަލާއެވެ.

އޭގެ ތެރެއިން ޝަރީއަތުގެ ކުރީގެ މަރުޙަލާ 2 ބަޔަކަށް ބެހޭކަމަށް އާޒިމާގެ ވަކީލު ވިދާޅުވިއެވެ. އެއީ އިބްތިދާއީ މަރުޙަލާއާއި، ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކުގެ މަރުޙަލާކަމަށްވާއިރު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގައި އެ ބަޔާންކުރާ މަރުޙަލާ މާނަކުރަނީ އެ ދެބައިވެސް ހިމަނައިގެންކަމަށް އާޒިމާގެ ވަކީލުން ދެކިލައްވައެވެ.

އެކަމާ ގުޅޭގޮތުން ހައިކޯޓުގެ ފަނޑިޔާރު ފާތިމަތު ފަރުހީޒާ ވިދާޅުވާ ގޮތުގައި، ކޯޓުން ކުރާ ޙުކުމެއް އިސްތިއުނާފު ކުރުމަކީ އަސާސީ ޙައްޤެއް ނަމަވެސް، ޖިނާއީ ކޮންމެ މައްސަލައެއްގައި ނިންމާ ނިންމުމެއް އިސްތިއުނާފު ކުރެވޭނެކަމަށް ޤާނޫނުން ހުޅުވައިދީފައިވާ ދޮރު ބަންދު ކޮށްދީފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެނައި އިސްލާޙެއްގެ ދަށުންނެވެ.

އެ އިސްލާޙުގެ ދަށުން ބަލާއިރު، ކޯޓަކުން ކޮށްފައިވާ ޙުކުމެއް، ނުވަތަ ނެރެފައިވާ އަމުރެއް، ނުވަތަ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމުގެމަރުޙަލާގައިކޯޓަކުން ނިންމާފައިވާ ނިންމުމެއް އިސްތިއުނާފު ކުރެވިދާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެނައި އިސްލާޙާއި، އޭގެ ފަހުން ހެދިފައިވާ ޤަވާއިދުތަކާއި، ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތައް އެކުގައި ކިޔާލާއިރު، ފަހުމުވެގެންދާ ކަމަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ނިންމާ ނިންމުމަކީ އިސްތިއުނާފު ކުރެވޭ ބާވަތުގެ ނިންމުމެއްކަމަށް ފަނޑިޔާރު ފާތިމަތު ފަރުހީޒާ ވިދާޅުވިއެވެ.

މި މައްސަލަ ހައިކޯޓުގައި ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ހުސައިން ޝަހީދުވެސް ވަނީ އެ ރައުޔަށް ތާއީދު ކުރައްވާފައެވެ.

ނަމަވެސް މި ރައުޔާމެދު ފަނޑިޔާރު ޙަސަން ޝަފީއު ދެކިލައްވާ ގޮތް ތަފާތެވެ. ފަނޑިޔާރު ޙަސަން ޝަފީއު ދެކިލައްވާ ގޮތުގައި ކޯޓުން ނިންމާ ކޮންމެ ނިންމުމެއް އިސްތިއުނާފު ކުރުމަކީ އަސާސީ ޙައްޤެއް ނޫނެވެ. ކޮންމެ ނިންމުމެއް އިސްތިއުނާފު ކުރެވޭނަމަ، އެ ނިންމުންތައް އެކި މަރުޙަލާތަކަށް ދެމިގެން ގޮސް، މައުޟޫއީ މައްސަލައަށް ގޮތެއް ނިންމުން ލަސްވެ، އިންސާފު ލިބުން ލަސްވުމާއި ބޭއިންސާފަށް މަގުފަހިވެދާނެކަމަށް ފަނޑިޔާރު ދެކިލައްވައެވެ.

ދެން ކުރިއަށް ގެންދިޔައީ މި މައްސަލައިގެ އިސްތިއުނާފާއި ގުޅޭގޮތުން ގޮތެއް ނިންމުމެވެ. އެގޮތުން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ މިއީ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށެވެ.

ކްރިމިނަލް ކޯޓްހައި ކޯޓު

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
10 ޑިސެމްބަރު 2025

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު