Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮވިޑް19

ކޮވިޑް19 އަށް ފަހު ކަންކަން ހަމައަކަށް އެޅެން ދާއިރު އަޅާނުލާ ދޫކޮށްލެވޭ މުހިންމު ނުރައްކަލެއް

ލޯންގ ކޮވިޑްގެ އަސަރު އަހަރެއް ހާދުވަހަށްވެސް ދެމިގެންދޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 18 އެޕްރީލު 2022 | ހޯމަ 07:27
ކޮވިޑް19 ބަލިޖެހިފައިވާ ބައެއް މީހުން

ކޮވިޑް19 ބަލިޖެހިފައިވާ ބައެއް މީހުން

ކޮވިޑް 19 ބަލިމަޑުކަމާއި ދުނިޔެ ކުރިމަތިލުމަށްފަހު ކަންކަން ހަމައަކަށް އެޅެންދާއިރު، އަޅުގަޑުމެންނަށް އަޅާނުލާ ދޫކޮށްލެވޭ ވަރަށް ބޮޑު ނުރައްކަލެއް އަދިވެސް އެބައޮތް ކަމަށް ސިއްހީ މާހިރުން ފާހަގަކުރަން ފަށައިފިއެވެ. އެއީ ލޯންގ ކޮވިޑް މިކިޔާ، ކޮވިޑްގެ މާބޮޑު އަލާމާތްތަކެއް ނެތި މީހުން އުޅެމުންދާ ބަލި ހާލަތެވެ. މިކަން ކުރިމަތިވަނީ ކޮވިޑް19 ޖެހި ރަގަޅުވާ މީހުންނަށެވެ.

ދުނިޔެއަށް ކުރިމަތިވި ކޮވިޑް19 ގެ ހާލަތު މިހާރު ވަރަށް ބޮޑަށް ބަދަލުވާން ފަށާފައިވުމާއެކު ގިނަ ގައުމުތަކަކުން ވަނީ ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅުތައް ވީއްލަން ފަށާފައެވެ. ކޮވިޑް19 ގެ އަސަރު އެންމެ ބޮޑަށް ކުރި އެމެރިކާގައިވެސް މިހާރުގެ ފޯކަސް ހުރީ ބައްޔާ ދުރުވުމުގެ ބަދަލުގައި ބައްޔާއެކު އުޅެން ދަސްކުރުމަށެވެ. މިހާރު ގިނަ ބަޔަކު ދެކެނީ އެއީ ނުރައްކަލެއް ނޫން ކަމުގައެވެ.

މީހުންނަށް މިވަރަށް "ރިލެކްސް" މި ވެވުނީ ވެކްސިން ޖެހި މީހުންގެ އަދަދު ގިނަވެފައި ވުމުންނެވެ. ވެކްސިން ފުރިހަމަކޮށްފައި ހުރިނަމަ ބަލިޖެހުނު ނަމަވެސް ފުރާނަޔަށް ގެއްލުން ވާހަމަޔަށް ނުދާތީއެވެ.

ކަން މިހެން ހުރިނަމަވެސް އަދިވެސް ބޮޑު އެއް ބިރު އެބައޮތްކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. އެއީ ލޯންގ ކޮވިޑް އެވެ. މިއީ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ވެސް އޮތް ވަރަށް ބޮޑު ނުރައްކަލެއްކަމަށް އެފަރާތްތަކުން ބުނެއެވެ. ލޯންގ ކޮވިޑް އަކީ ކޮވިޑް 19ގެ ސީދާ އަލާމާތްތައް ރަނގަޅުވުމަށްފަހު ބައެއް މީހުންނަށް ކުރިމަތިވާ ކަމެކެވެ. މީހާގެ ސިއްހީ ހާލަތު އިތުރަށް ގޯސްކޮށްލާ ދާއިމީ ބަލި މީހަކަށް ބަދަލުވެއެވެ.

ލޯންގ ކޮވިޑްގެ އަސަރުތައް ދިގުލައިގެން ގޮސް އެއްއަހަރު ދުވަހަށްވެސް ދިގުދެމިފައި އެބަހުއްޓެވެ. މީގަ ވާގޮތަކީ ތަފާތު ސިއްހީ އުދަގޫ ތަކެއްވެ، މީހާ ގަދަވެ ހުންނަން ނުލިބުމެވެ. މިގޮތުން ވަރުބަލިވުމާއި ބޮލަށް ލުއިވެފައި ހުރުމާއި، ތެދުވެ އުޅޭނެ ވަރުނެތުމާއި އަދި މީހާގެ އާންމު ސިއްހަތު ވަރަށް ބޮޑަށް ދަށްވެގެން ދެއެވެ.

މިހާރު އަދި ނޭނގޭ ކަމަކީ ފަހުންފެނުނު އޮމިކްރޯން ވޭރިއަންޓުންވެސް މިގޮތަށް ލޯންގ ކޮވިޑްއަށް ހުށައެޅޭތޯ އެވެ.

ލޯންގ ކޮވިޑް ޖެހެން އެންމެ ގާތީ ކޮންބަޔަކަށް ؟

ލޯންގ ކޮވިޑް ޖެހިފައިވާ މީހެއްގެ ވަކި ޚާއްސަ ސިފަތަކެއް ނުހުރެއެވެ. މިހާތަނަށް އަންދާޒާ ކުރެވިފައިވާ ގޮތުގައި ކޮވިޑް19 ޖެހޭ މީހުންގެ ތެރެއިން 10 އިންސައްތަ އާއި 30 އިންސައްތައާ ދެމެދުގެ އަދަދަކަށް ލޯންގ ކޮވިޑް ޖެހި މިފަދަ ދިގު ލައިގެންދާ އުނދަގޫ ތަކަކަށް ހުށައެޅެއެވެ.

ލޯންގ ކޮވިޑްއަށް ގިނައިން ހުށައެޅެނީ އަންހެނުންނެވެ. ނަމަވެސް ފިރިހެނުންނަށް ވެސް ޖެހޭލެއް މަދެއް ނޫނެވެ.

ލޯންގ ކޮވިޑްގެ އަލާމާތްތައް ފެންނަ ގިނަ މީހުންނަކީ ކޮވިޑް ޖެހުމުގެ ކުރިން ސިއްހަތު ރަނގަޅު އަދި ހަރަކާތްތެރި ދިރިއުޅުމެއްގައި އުޅެމުން އައި މީހުންނެވެ. އަދި ބައެއް މީހުންނަކީ އެކި ބަލިތަކަށް ބޭސް ކުރަމުން އައި މީހުންނެވެ.

އަދި މިހާތަނަށް ހޯދުނު ހޯދުންތަކުން، ކޮވިޑް19 ޖެހި، ލޯންގ ކޮވިޑްގެ ހާލަތަށް ބަދަލުވަނީ ސީދާ ކިހިނެއްވެގެން ކަން ހޯދިފައި ނުވެއެވެ. ބައެއް ސަބަބުތައް ކަމަށް މިހާތަނަށް ބެލެވޭ ސަބަބުތަކުގެ ތެރޭގައި ބަލިމީހާއަކީ ނޭވާ ހިއްލުން ނުވަތަ ނޭވާއަށް އުނދަގޫ ކުރުން ހުރި މީހަކަށްވުން އަދި ހަކުރުބަލީގެ ވައްތަރުތަކަށް ބޭސް ކުރަމުން އަންނަ މީހުންނަށްވެސް މިކަމުގެ ނުރައްކާ ބޮޑުކަން މިހާތަނަށް ހާމަވެފައިވެއެވެ.

ލޯންގ ކޮވިޑް ޖެހުމުގެ ފުރުސަތު ކުޑަކުރާނީ ކިހިނެއް؟

ވެކްސިން ޖަހާފައިވާ މީހުންނަށްވެސް އަދި ނުޖަހާ ތިބި މީހުންނަށްވެސް ލޯންގ ކޮވިޑް ޖެހިފައި އެބަހުއްޓެވެ. ނަމަވެސް ވެކްސިން ޖެހުމުން އެހާލަތަށް ދިއުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. އެންމެ ޔަގީން ގޮތަކީ ކޮވިޑް19 ނުޖެހި އުޅެވޭތޯ ބެލުމެވެ.

އިނގިރޭސި ވިލާތުގެ އޮފީސް ފޯރ ނެޝަނަލް ސްޓެޓިސްޓިކްސްގެ ފަރާތުން ހެދި ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނަށް ލޯންގ ކޮވިޑް ޖެހުމުގެ ފުރުސަތު 40 އިންސައްތަ ދުރެވެ. ނަމަވެސް ޒީރޯ ރިސްކް ނުވަތަ އެހާލަތަށް އެއްގޮތަކަށްވެސް ނުދާނެ ގޮތެއް އަދި މުޅިން ހޯދިފައި ނުވާކަމަށް ރިސާރޗް ހަދާ ފަރާތްތަކުން ބުނެއެވެ.

ލޯންގ ކޮވިޑް ޖެހި ސީރިއަސްވި ބައެއް މީހުންގެ ކިބައިން ފެންނަ އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ބޮލުގައި ރިއްސުން ގައިގަ ވަރުނެތުން، މަސައްކަތެއް ކުރުމުން އަވަހަށް ވަރުބަލިވުން، ހިސާބު ހެދުންފަދަ ސިކުނޑީގެ މަސައްކަތްތައް ކުރަން އުނދަގޫވުން، ސީދަލަށް ކަމަކާއި ވިސްނާލަން އުނދަގޫވުން، މޭނުބައިކޮށްފައި ހުރުން، ކާހިތް ނުވުން އަދި ނޭވާ ކުރުވުން ހިމެނެއެވެ. މިއުނދަގޫތައް ކޮވިޑް19 ޖެހޭތާ އަހަރެއް ހާދުހަށްވެސް ދެމިގެން ގޮސްފައި އެބަހުއްޓެވެ. މިކަން ކުރިމަތިވުމުން ގަވާއިދުން ވަޒީފާއެއް އަދާކުރަމުން ދިޔުމަށްވެސް ގިނަ ބަޔަކަށް އުނދަގޫވެއެވެ. އަދި ވަޒީފާއިން ވަކިވާންޖެހޭ ހަމަޔަށް ވެސް ދެއެވެ.

ލޯންގ ކޮވިޑް އާމެދު ކަންބޮޑުވާންވީ ކިހާވަރަކަށް ؟

ކޮވިޑް19 ޖެހޭ ހަމަ ކޮންމެ މީހަކަށް ވެސް ލޯންގ ކޮވިޑް ޖެހުމުގެ ފުރުސަތު އޮވެއެވެ. ވެކްސިން އަކީވެސް އެކަމުން އެންމެ ފުރިހަމަ ރައްކާތެރިކަންދޭ ކަމެއް ނޫނެވެ. އެހެން ކަމުން މިކަމުން ސަލާމަތްވެވޭނެ ގޮތެއް ސީދާ އަދިވެސް ނޭނގެއެވެ. ވީމާ މާހިރުން ވިދާޅުވާ ގޮތުގައި މިކަމުގައި އޮތްގޮތަކީ ކޮންމެ މީހަކުވެސް އަމިއްލަ ހާލަތާމެދު ވިސްނާ އަމިއްލަ ހާލަތު ރަނގަޅު ކުރުމަށްޓަކައި، މާހިރުންގެ އެންގުންތަކަށް ސަމާލުވެ ތިބެ، އެޅެން އޮތް ފިޔަވަލުތައް އަޅަމުން ގެންދިޔުމެވެ.

ލޯންގ ކޮވިޑް ޖެހުނު މީހުން ބުނާ ގޮތުގައި މިއީ ކޮވިޑް19 ގެ ނުރައްކާތެރިކަން އިތުރަށް ހަނދާންކޮށްދޭ އެންމެ މައިގަޑު އެއްކަންތަކެވެ. މިބައްޔަކީ ހަގީގީ ބައްޔެއް ކަމާއި، ވައިރަސް ހަށިގަނޑަށް ވަނުމަށްފަހު އެއިން އަދި އެހާ ފަސޭހައިން ސަލާމަތް ނުވެވޭކަން ހަނދާންކޮށް ދެނީ ލޯންގ ކޮވިޑްއެވެ. މިއީ ވަރަށް ބޮޑަށް ކަންބޮޑުވާނަޖެހޭ ކަމެކެވެ. ސަމާލުކަންދޭން ޖެހޭ ކަމެކެވެ.  

އެމެރިކާގައިވެސް މިކަމަށް ސީދާ ފަރުވާއެއް އަދިވެސް ނުހޯދޭކަމަށް ވެއެވެ.  

ދެން އޮތް އެންމެ ބޮޑު ސުވާލަކީ ރާއްޖޭގައި މިކަން އެބައޮތްތޯ؟ އަދި އޮތްނަމަ އޮތީ ކިހާ ވަރަކަށްތޯ؟ މި ސުވާލެވެ. މިސުވާލުގެ ޖަވާބު ޑޮކްޓަރުން ދެއްވާނެ ކަމަށް އުންމީދު ކުރަމެވެ.

ކޮވިޑް-19

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު