Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެކްސީ ޑްރައިވަރު ޤާސިމްގެ މަރު

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

13 އެޕްރީލު 2022 | ބުދަ 07:07

މިހާރު ކުރިއަށްދަނީ ދައުލަތުން ހުށައަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމުގެ މަރުޙަލާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 13 އެޕްރީލު 2022 | ބުދަ 07:07
ގާސިމްގެ މަރުގެ މައްސަލަ- ޤާސިމް މަރާލާފައިވަނީ 2019 ވަނަ އަހަރު

ގާސިމްގެ މަރުގެ މައްސަލަ- ޤާސިމް މަރާލާފައިވަނީ 2019 ވަނަ އަހަރު

ޓެކްސީ ޑްރައިވަރު، 59 އަހަރުގެ ގާސިމް ހަސަން މަރާލި މައްސަލައިގައި، ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ، ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމު މުހައްމަދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ދައުލަތުން ހުށައަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމުގެ މަރުޙަލާއެވެ. އެގޮތުން އޭޕްރިލް މަހުގެ 11 ވަނަ ދުވަހު ބޭއްވިއަޑުއެހުމުގައިވެސް ދައުލަތުން ހުށައަޅާފައިވާ 3 ހެއްކެއްގެ ހެކިބަސް ނަގާފައިވެއެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ. ގާޒީ ވިދާޅުވި ގޮތުގައި ބުދަ ދުވަހުގެ އަޑުއެހުމަށްވެސް 3 ހެއްކެއްގެ ހެކިބަސް ނެގުމަށް ހަމަޖެހިފައިވެއެވެ.

ވަޅި ފެނުނީ ހުޅުމާލޭ ގަސްތަކެއްގެ ތެރޭގައި ހުރި ވަޅުގަނޑަކުން:

މި އަޑުއެހުމުގައި އެންމެ ފުރަތަމަ ހާޒިރުކުރި ހެކިވެރިޔާއަކީ ފުލުހުންގެ ސީން އޮފް ކްރައިމް އޮފިސަރެކެވެ. އޭނާއަކީ ޤާސިމްގެ މަރާއި ގުޅިގެން އެ ސަރަޙައްދު ބަލައި ފާސްކުރުމަށް ދިޔަ އޮފިސަރެކެވެ. އެއީ ހުޅުމާލޭގެ ކޮންސްޓްރަކްޝަން ސައިޓެއް ހުރި ސަރަޙައްދެކެވެ. އެ ހެކިވެރިޔާ ބުނެފައިވާ ގޮތުގައި އެ ސަރަޙައްދަށް ދިޔައިރު، ފުލުހުން އޮތީ އެތަން ކޯޑޮންކޮށްފައެވެ. އެއީ ބޮޑު ސަރަޙައްދަކަށްވާތީ އޭނާ އިސްކޮށް ހުރެ، އެ ތަން ފުލުހުންގެ ޓީމަކާއެކު ބަލައި ފާސްކުރިކަމަށް އޭނާ ބުންޏެވެ.

އެތަނުގައި އެވަގުތު ހިމެނެނީ ފުލުހުންގެ ސްޕެޝަލް އޮފަރޭޝަންސް ޓީމަކާއި، ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ފުލުހުންކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ.

ހެކިވެރިޔާ ބުނެފައިވާ ގޮތުގައި އެ ސަރަޙައްދު ޒޯނުތަކަކަށް ބަހާލުމަށްފަހު، ފުލުހުންގެ ޓީމު އެ ސަރަޙައްދުތަކަށް ރުކުރުވާލީ ޙާދިސާއާ ގުޅުން އޮތް އެއްޗެއް ފެނިދާނެކަމަށެވެ. އެގޮތުން ޙަރަކާތެރިވި ޓީމަކަށް ވަނީ ކުރިކީލަމަގު ހުޅަނގު ފަރާތުގައި ހުރި ގަސްތަކުގެ ތެރޭގައި ހުރި ވަޅުގަނޑަކުން ކިވީ ބްރޭންޑުގެ ވަޅިއެއް ފެނިފައެވެ. އެ ވަޅުގަނޑަކީ ފައުންޑޭޝަނެއް އެޅުމަށްޓަކައި ކޮނެފައިވާ ވަޅެއްކަމަށް އޭނާ ބުންޏެވެ. އަދި އެތަނުން ނެގި ވަޅިއަކީ ގާތްގަނޑަކަށް 12 އިންޗީގެ ވަޅިއެއްކަމަށްވެސް ހެކިވެރިޔާ ފާހަގަކުރިއެވެ.

ވަޅި ނެގިއިރު، ބޭރުފުށުން ފާހަގަވާފަދަ އެއްވެސް އެއްޗެއް ވަޅީގައި ނެތްކަމަށްވެސް ހެކިވެރިޔާ ބުންޏެވެ.

ޤާސިމްގެ މަރާ ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ:

ދެވަނައަށް ހާޒިރުކުރި ހެކިވެރިޔާއަކީ ޑީއެންއޭ ތަހުލީލު ރިޕޯޓު ތައްޔާރުކުރި އޮފިސަރެވެ. އެއީ ކުށުގެ ވެށިން ނަގާފައިވާ މާއްދީ ހެކިތަކާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. އެގޮތުން މި މައްސަލައިގައި ގިނަ އަދަދެއްގެ މާއްދީ ހެކި ހުށައެޅުނުކަން ފާހަގަކޮށް އޭނާ ބުނީ، ޙާދިސާ ހިނގި ސަރަޙައްދާއި، ޤާސިމް ދުއްވި ކާރުންވެސް ގިނަ ސާމްޕަލްތަކެއް ނެގިފައިވާ ކަމަށެވެ.

ހަމައެއާއެކު، ޤާސިމް ޙަސަންގެ ލޭގެ ސާމްޕަލްއެއްވެސް ހިމެނޭކަން އޭނާ ފާހަގަކުރިއެވެ. އެހެންނަމަވެސް، އަދުހަމްގެ ޑީއެންއޭ ސާމްޕަލްއެއް މި މައްސަލަ އާއި ގުޅިގެން ހުށައެޅިފައިނުވާއިރު، އެ ދުވަސްވަރު އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ފޭރުމުގެ މައްސަލައަކާއި ގުޅިގެން ނެގިފައިވާ ރިފަރެންސް ސާމްޕަލް މި މައްސަލައިގައި ބޭނުން ކޮށްފައިވާނެކަމަށް އޭނާ ބުންޏެވެ. ޑީއެންއޭ ސާމްޕަލްއަކީ ބަދަލުނުވާނެ އެއްޗެއްކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

މިވަޅިން ސާމްޕަލްތަކެއް ނެގިފައިވާއިރު، އޭގެ ތެރޭގައި 3 މީހެއްގެ ޑީއެންއޭ ހިމެނެއެވެ. އެއީ އަދުހަމްގެ ޑީއެންއޭއާއި، ޤާސިމް ޙަސަންގެ ޑީއެންއޭއާއި ކާކު ކަން ނޭނގޭ މީހެއްގެ ޑީއެންއޭއެއްކަމަށް އޭނާ ބުންޏެވެ. މިއީ އާންމުކޮށް ދިމާވާ ކަމެއް ކަމަށާއި، ތަހުލީލުތަކުގައި އަޅާ ކިޔަނީ އެ ޑީއެންއޭ ޕްރޮފައިލްގައި ހިމެނޭ ފަރާތްތައްކަމަށް އޭނާ ބުންޏެވެ.

ހެކިވެރިޔާ ވަނީ އެ ވަޅީގައި އަދުހަމާއި ޤާސިމްގެ ޑީއެންއޭ ހިމެނޭކަން ޔަޤީން ކޮށްދެއްވާފައެވެ.

ޙާދިސާ ހިނގި ދުވަހު އަދުހަމް 3 ސަރަޙައްދަކުން ފެންނަ ވީޑިއޯތަކެއް:

ތިންވަނައަށް ހާޒިރުކުރި ހެކިވެރިޔާއަކީ ވީޑިއޯ އެންޑް އިމޭޖް އެނާލިސިސް ރިޕޯޓު ތައްޔާރު ކުރެއްވި އޮފިސަރެވެ. އޭނާ މަސައްކަތް ކުރަނީ ފުލުހުންގެ ޑިޖިޓަލް އެވިޑެންސް ލެބޯޓަރީގައެވެ. އޭނާ ބުނެފައިވާ ގޮތުގައި ކޭސްގެ ވީޑިއޯ ފުޓޭޖްތަކެއް އޭނާ ވަނީ އެނަލައިޒް ކޮށްފައެވެ. އޭގެ ތެރޭގައި މައްސަލައިގެ ދައުވާ ލިބޭ އަދުހަމާއި ގުޅޭ ފުޓޭޖުތަކެއްވެސް ހިމެނެއެވެ.

މި އެނާލިސިސްގެ ހޯދުންތަކަށް އަލިއަޅުވާލައި އޭނާ ބުނެފައިވާ ގޮތުގައި އަދުހަމް 3 ސަރަޙައްދަކުން ފެންނަ ވީޑިއޯތަކެއް ހިމެނެއެވެ. އެއީ ޙާދިސާ ހިނގި ދުވަހުގެ މެންދުރު ގަޑީގައި ޕިކަޕެއްގެ ތެރޭގައި އިންނަ މަންޒަރަކާއި، ހުޅުމާލޭގައި އެ ދުވަހު އުޅެނިކޮށް ނަގާފައިވާ މަންޒަރަކާއި އެރޭގެ ވަގުތެއްގެ މަންޒަރެކެވެ. އެއީ އަދުހަމްކަން އޭނާ ޔަޤީން ކޮށްދިނެވެ.

އޭނާ ބުނެފައިވާ ގޮތުން ޕިކަޕު ދަތުރު ކުރަމުން ގޮސް، މާލޭ މާފަންނު ބަސް ޓާމިނަލް ކައިރިން، ހުޅުމާލެއާ ވީކޮޅަށް ދަތުރުކުރާތަން ފެނެއެވެ. ދެން އަދުހަމް ފެންނަނީ އެ ދުވަހު ހުޅުމާލެއިންނެވެ. އެއަށްފަހު އޭނާ ޓެކްސީއަކަށް އަރާ މަންޒަރުވެސް ހަވީރު ގަޑީގައި ނަގާފައިވާ މަންޒަރުތަކުގެ ތެރޭގައި ހިމެނެއެވެ. އެއަށްފަހު ރޭގަނޑު ގަޑީގެ މަންޒަރުތަކުގައި ފެންނަނީ އޭނާ ގަމީސް ބަދަލުކޮށްގެން ހުޅުމާލޭގައި ޙަރަކާތްތެރިވާ މަންޒަރެވެ.

ދައުލަތުގެ ހެކިންގެ ތެރެއިން ބާކީ އަދި 3 ހެކިންގެ ހެކިބަސް ނެގުން އެބައޮތެވެ. އެއީ ޑޮކްޓަރަކާއި، ފުލުހުންގެ އޮފިސަރަކާއި އާންމުންގެ މީހެކެވެ.

ގާސިމް މަރާލާފައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ 2019 ވަނަ އަހަރު ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ 21:07 ހާއިރުއެވެ.

ކްރިމިނަލް ކޯޓްމަރުމޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް