Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފެނާންޑީނިއޯ ސިޓީގައި ފަހު ސީޒަން

މިއީ ސިޓީގައި ފެނާންޑީނިއޯގެ ފަހު ސީޒަން، ގާޑިއޯލާއަށްވީ ސަޕްރައިޒަކަށް!

13 އެޕްރީލު 2022 | ބުދަ 01:52

ފެނާންޑީނިއޯ ބޭނުންވަނީ ގިނަ ވަގުތު ކުޅެން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 13 އެޕްރީލު 2022 | ބުދަ 01:52
ފެނާންޑީނިއޯ ޕްރެކްޓިސްގައި: ފޮޓޯ-ފެނާންޑީނިއޯ ޓްވީޓަރ

ފެނާންޑީނިއޯ ޕްރެކްޓިސްގައި: ފޮޓޯ-ފެނާންޑީނިއޯ ޓްވީޓަރ

މިއީ މެންޗެސްޓަރ ސިޓީގައި ހޭދަކުރާ ފަހު ސީޒަންކަން ކްލަބްގެ ކެޕްޓަން ފެނާންޑީނިއޯ އިއުލާންކޮށްފިއެވެ. އޭނާ މިކަން އިއުލާންކުރީ ޗެމްޕިއަންސްލީގު ކްއާޓަރ ފައިނަލް ދެވަނަ ލެގުގެ ޕްރީމެޗު ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަމުންނެވެ. ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެމުން ބްރެޒިލްގެ ފެނާންޑީނިއޯ ބުނީ ޤަވާއިދުން ކުޅެން އޭނާ ބޭނުންވާކަމަށެވެ. މިސީޒަންގައި އޭނާ ސިޓީއަށް ކުޅެދިނީ 23 މެޗެވެ. އޭގެތެރެއިންވެސް ފުރުތަމަ އެގާރައިން ފުރުޞަތު ލިބުނީ ހަ މެޗުގައެވެ.

މިސީޒަންގެ ބާކީ އޮތްބައިގައި އޭނާގެ %100 ކްލަބަށް ދޭނެކަމަށާއި, ކެޕްޓަނެއްގެ ޒިންމާ ފުރިހަމައަށް އަދާކުރާނެކަމަށްވެސް އޭނާ ބުންޏެވެ. އަދި ކްލަބް ބަދަލުކުރުމުގެ ވާހަކަތައް ދައްކާނީ އޭގެފަހުންކަމަށް 36 އަހަރުގެ މިޑްފީލްޑަރު ބުންޏެވެ.

ފެނާންޑީނިއޯގެ އެޖަވާބާއި ގުޅިގެން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ އެކަން އޭނާއަށް ނޭންގޭ ކަމަށާއި, ސީޒަން ނިމުމުން ވާގޮތް ބަލާނެ ކަމަށެވެ. އަދި ވާނެ ގޮތް ނޭންގޭ ކަމަށެވެ. ގާޑިއޯލާ ބުނީ ފެނާންޑީނިއޯއަކީ ކިހާ މުހިއްމު ކުޅުންތެރިއެއްކަން އޭނާ އެތައް ފަހަރަކު ބުނެފައިވާނެ ކަމަށާއި, އަދިވެސް އޭނާގެ ކެޕްޓަނާއި ވާހަކަދައްކާނެ ކަމަށެވެ.

ގާޑިއޯލާ ބުނީ ފެނާންޑީނިއޯއަކީ އާދަޔާހިލާފު ކުޅުންތެރިއެއް ކަމަށާއި, ފެނާންޑީނިއޯއާ ގުޅޭ ގޮތުން އެހެން މީހުންނަށް ނޭންގޭ ގިނަ ކަންތައްތަކެއްވެސް އޭނާއަށް އިނގޭކަމަށެވެ. މިދިޔަ ސީޒަން ނިމުމުން ސިޓީއާއެކު ފެނާންޑީނިއޯ ސޮއިކުރީ އެއް އަހަރުގެ އެއްބަސްވުމެއްގައެވެ. މިސީޒަންގެ ނިޔަލަށް އެ އެއްބަސްވުން ހަމަވާނެއެވެ. ސިޓީގައި ހޭދަކުރި މުއްދަތުގައި އޭނާ ވަނީ 4 ޕްރިމިއަރ ލީގު ކާމިޔާބުކޮށްފައެވެ. އަދި އެއް އެފްއޭކަޕާއި, 6 ލީގުކަޕް އުފުލާލިއެވެ.

2013 ވަނަ އަހަރު ސިޓީއާއި ގުޅުނު މިޑްފީލްޑަރު ކްލަބް ދޫކޮށްލާނީ ކްލަބްގެ ލެޖެންޑެއްގެ ގޮތުގައެވެ.

މެންޗެސްޓަރ ސިޓީ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
03 ނޮވެމްބަރު 2025

ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

03 ނޮވެމްބަރު 2025
ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް
19 އޮކްޓޯބަރު 2025

ހާލަންޑުގެ ދެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ

19 އޮކްޓޯބަރު 2025
ހާލަންޑުގެ ދެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ
06 އޮކްޓޯބަރު 2025

ހާލަންޑުގެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ

06 އޮކްޓޯބަރު 2025
ހާލަންޑުގެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ
28 ސެޕްޓެމްބަރު 2025

ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ބާންލީ ބަލިކޮށްފި

28 ސެޕްޓެމްބަރު 2025
ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ބާންލީ ބަލިކޮށްފި
25 ސެޕްޓެމްބަރު 2025

ހަޑްސްފީލްޑް ޓައުން ބަލިކޮށް ސިޓީ ވެސް ގަދަ 16 އަށް

25 ސެޕްޓެމްބަރު 2025
ހަޑްސްފީލްޑް ޓައުން ބަލިކޮށް ސިޓީ ވެސް ގަދަ 16 އަށް
22 ސެޕްޓެމްބަރު 2025

ފަހު ވަގުތު އާސެނަލް އިން ސިޓީއާ އެއްވަރު ކޮށްފި

22 ސެޕްޓެމްބަރު 2025
ފަހު ވަގުތު އާސެނަލް އިން ސިޓީއާ އެއްވަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް