Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަނަސްގެ މަރުގެ މައްސަލަ

އަނަސްގެ މަރު: ސިމާހުއާއި ޖުނައިހުގެ ފަރާތުންވެސް ޙާދިސާ ހިނގި ތަނުގައި ނެތްކަމުގެ ދިފާއު

12 އެޕްރީލު 2022 | އަންގާރަ 08:55

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 އެޕްރީލު 2022 | އަންގާރަ 08:55
އަނަސް މަރާލާފައިވަނީ، 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ލިޓަސް ގަރާޖް ތެރޭ ވަޅިން ހަމަލާދީގެން

އަނަސް މަރާލާފައިވަނީ، 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ލިޓަސް ގަރާޖް ތެރޭ ވަޅިން ހަމަލާދީގެން | ނާޝިްތްސް ފޮޓޯސް

ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސްގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

އަންގާރަ ދުވަހު ބޭއްވި މި އަޑުއެހުމަކީ މި މައްސަލައިގައި ދައުވާ ލިބޭ ޖުނައިޙް އަބްދުﷲ އާއި ސިމާހު މޫސާގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެކެވެ.

Advertisement - newsAdvertisement

މިއީ އެ ދެމީހުންގެ ފަރާތުން ހުށައަޅާފައިވާ ދިފާއީ ހެކިންގެ ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމެކެވެ. ސަބަބަކީ މި މައްސަލައިގައި 17 ފެބްރުއަރީ 2022 ގައި ބޭއްވި ދިފާއީ ހެކިބަސް ނެގުމުގެއަޑުއެހުމުގައިއެދެމީހުންގެ ފަރާތުން ހުށައެޅި ހެކިންގެ ހެކިބަސް ނެގިފައިނުވާތީއެވެ.

ސިމާހު މޫސާ:

ސިމާހު މޫސާގެ ދިފާއީ ހެއްކެއްގެ ގޮތުގައި ފުރަތަމަ ހާޒިރުކުރީ އިބްރާހިމް ޝައިބާންއެވެ. އެގޮތުން ސިމާހުގެ ދިފާއީ ވަކީލު ހަމްޒާ ލަތީފް ކުރެއްވި ސުވާލުތަކަށް ޖަވާބުދެމުން އޭނާ ބުނެފައިވާ ގޮތުގައި ސިމާހުއަކީ އޭނާގެ ގާތް އެކުވެރިއެކެވެ. އަދި އަނަސްގެ މަރުގެ ޙާދިސާ ހިނގިއިރު، އޭނާއާއި ސިމާހުއާ އުޅުނީ އެއްކޮށްކަމަށް ޝައިބާން ބުންޏެވެ. އެރޭ މެންދަން ވަންދެން އެމީހުން އުޅުނީ އެކުގައިކަމަށް ޝައިބާން ބުންޏެވެ.

އަނަސް މަރާލާފައިވަނީ، 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ލިޓަސް ގަރާޖް ތެރޭ ވަޅިން ހަމަލާދީގެންނެވެ. 

ހެކިވެރިޔާ ބުނެފައިވާ ގޮތުގައި އެރޭ އެމީހުން ތިބީ ފިލުމު ބަލާށެވެ. ފިލުމު ބަލަން ތިބި ގޭގައި އިތުރު ދެ މީހަކުވެސް ތިބިކަމަށް އެ ހެކިވެރިޔާ ބުންޏެވެ. އެއީ އެ ގޭގައި ސިމާހުއާއެކު އުޅެމުންދިޔަ ދެމީހުންކަމަށް ހެކިވެރިޔާ ބުންޏެވެ.

ހެކިވެރިޔާ އާއި ދައުލަތުން ކުރި ސުވާލުތަކަށް ޖަވާބުދެމުން އޭނާ ބުނެފައިވާ ގޮތުގައި އެރޭ ބެލީ ކޮން ފިލުމުތަކެއްކަން އޭނާ ހަނދާނެއް ނެތެވެ.

ސިމާހު މޫސާގެ ފަރާތުން ދެން ހުށައެޅި 2 ހެކިން ތިބީ މާފުށީ ޖަލުގައެވެ. ނަމަވެސް އެ ދެ ހެކިންގެ ހެކިބަސް ނެގޭނެ އިންތިޒާމު ހަމަޖެހިފައި ނުވާތީ، އެ ހެކިންގެ ހެކިބަސް ނެގުން އެހެން ދުވަހަކަށް ވަނީ ފަސް ކުރައްވާފައެވެ.

ޖުނައިޙް އަބްދުﷲ:

ޖުނައިހުގެ ދިފާއީ ހެއްކެއްގެ ގޮތުގައި ފުރަތަމަ ހާޒިރުކުރީ ޝައްމާހު އަބްދުލް ރަޝީދުއެވެ. ޖުނައިހުގެ ވަކީލު އާދަމް އާސިފު ކުރެއްވި ސުވާލުތަކަށް ޖަވާބުދެމުން އޭނާ ބުނެފައިވާ ގޮތުގައި ޖުނައިހުއަކީ އޭނާ ދަންނަ އެކުވެރިއެއް ކަމަށެވެ.

ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ޖުނައިހު އާއި ދިމާވި ކަމަށާއި، އެރޭ އެމީހުން އުޅުނީ ރަށުގައި އެކުގައިކަމަށް އޭނާ ބުންޏެވެ. އެރޭ އެމީހުން ދިޔައީ ރަށު ކެފޭއަކަށް ކާންކަމަށްވެސް އޭނާ ބުންޏެވެ. އެރޭ ކާން ތިއްބައި ޖުނައިހުގެ މަންމަ ގުޅާތީ އޭނާ ދިޔައީކަމަށްވެސް ހެކިވެރިޔާ ބުންޏެވެ.

އަނަސްގެ މަރުގެ ޚަަބަރު ލިބުނުއިރުވެސް ޖުނައިހު ހުރީ ރަށުގައިކަމަށް ހެކިބަސް ދެމުން އޭނާ ވަނީ ބުނެފައެވެ. އޭނާ ބުނެފައިވާ ގޮތުން އަނަސްގެ މަރުގެ ޚަބަރު ލިބިގެންދިޔައީ ސޯޝަލް މީޑިއާއިންނެވެ.

ހެކިވެރިޔާ ބުނެފައިވާ ގޮތުގައި ޖުނައިހު މާލެ ދިޔައީ އެ ޙާދިސާ ހިނގުމުގެ ފަހުންނެވެ.

ދެން ހާޒިރުކުރި ހެކިވެރިޔާ އިސްމާއިލް ރަޝީދުވެސް ވަނީ ޖުނައިހުއަކީ އޭނާގެ އެކުވެރިއެއް ކަމަށާއި، އެއީ އެއް ރަށެއްގެ އެއް އަވަށެއްގެ ބައެއްކަމަށް ބުނެފައެވެ. އޭނާ ބުނި ގޮތުން 31 ޖުލައި ވަނަ ދުވަހުގެ ރޭ އެމީހުން އުޅުނީ އެކުގައެވެ. އޭނާވެސް ވަނީ އެރޭ ކާން ދިޔަ ކަމަށް ބުނެ ފުރަތަމަ ހެކިވެރިޔާ ދެއްކި ވާހަކަ ތަކުރާރުކޮށްފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.

އަނަސްގެ މަރުކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

ވަޒީރު އިހުސާނުގެ "ހަމަހިމޭންކަން" ބުނެދެނީ ކޮންވާހަކަ އެއް؟

2

"އަދަދު" އޮންލައިންގެ އެޑިޓަރުގެ މައްޗަށް ކުރާ ގަޒްފު ދައުވާގައި ރައީސް މުއިއްޒުއަކީ ހެއްކެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށް، އަދި އީޝާއަކީ ހެއްކެއް ކަމަށް ބަލައިގަނެވޭނެ ކަމަށް ނިންމައިފި

3

ޓީއެމްއޭގެ ސީޕްލޭނެއް ފުރަން އުޅުމުގެ ތެރޭގައި ނުރައްކާތެރި ހާދިސާއެއް ހިނގައި ކެބިން ކުރޫއަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ

4

ޕީއެންސީ މެންބަރު ހުސެންބެގެ މެސެޖު: ޒަޔަނިސްޓު އަނިޔާވެރިންގެ އެޖެންޓުންނަށް ރާއްޖޭގެ ވެލިފުކެއްގައިވެސް އަތްލުމުގެ ފުރުސަތު ދީގެންނުވާނެ، ގައުމުގެ ހައްގުގައި ހަމަހިމޭންކަން ހިޔާރުކުރުމަކީ ދުވަހެއްގެ ކޮޅުންވެސް ވާނެ ކަމެއް ނޫން

5

ޖީ.އެސް.ޓީގެ ގޮތުގައި މިލިއަނަށްވުރެ ގިނަ ފައިސާ ދައްކަންޖެހޭ 25 ފަރާތެއްގެ ނަން މީރާއިން ހާމަކޮށްފި

އިތުރަށް ކިޔާލަން

02 ނޮވެމްބަރު 2026

އަސީލުގެ މަރުގެ މައްސަލަ ކުރިއަށްދާތާ 12 އަހަރު: 4 މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ

02 ނޮވެމްބަރު 2026
އަސީލުގެ މަރުގެ މައްސަލަ ކުރިއަށްދާތާ 12 އަހަރު: 4 މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ
02 ނޮވެމްބަރު 2026

އާރަށު މައްސަލައިގައި ރައީސް ޔާމީންގެ އޯޑިއޯތަކެއްކަމަށް ބުނާ ރެކޯޑިންގތައް ބަލައިގަތް މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން ހައިކޯޓުން ބޭރުކޮށްލައިފި

02 ނޮވެމްބަރު 2026
އާރަށު މައްސަލައިގައި ރައީސް ޔާމީންގެ އޯޑިއޯތަކެއްކަމަށް ބުނާ ރެކޯޑިންގތައް ބަލައިގަތް މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން ހައިކޯޓުން ބޭރުކޮށްލައިފި
01 ނޮވެމްބަރު 2026

ތިނަދޫ ސިޓީގެ އާބާދީއާ ގުޅޭ މައްސަލައިގައި ވަކީލަކު އައްޔަނުކުރުމަށް މޭޔަރު ސައުދުއަށް ފުރުސަތު ދީފި

01 ނޮވެމްބަރު 2026
ތިނަދޫ ސިޓީގެ އާބާދީއާ ގުޅޭ މައްސަލައިގައި ވަކީލަކު އައްޔަނުކުރުމަށް މޭޔަރު ސައުދުއަށް ފުރުސަތު ދީފި
31 އޮކްޓޯބަރު 2026

މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި 3 ޒުވާނުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

31 އޮކްޓޯބަރު 2026
މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި 3 ޒުވާނުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި
29 އޮކްޓޯބަރު 2026

ނޭޕާލް ކޭޝިއަރަކަށް ވަޅިން ހަމަލާދިން ބަނގްލަދޭޝް މީހާ 18 އަހަރަށް ޖަލަށްލައި 7 މިލިއަނުން ޖޫރިމަނާކޮށްފި

29 އޮކްޓޯބަރު 2026
ނޭޕާލް ކޭޝިއަރަކަށް ވަޅިން ހަމަލާދިން ބަނގްލަދޭޝް މީހާ 18 އަހަރަށް ޖަލަށްލައި 7 މިލިއަނުން ޖޫރިމަނާކޮށްފި
29 އޮކްޓޯބަރު 2026

ކުށްވެރިއެއް ނޫންކަމަށް ކަނޑައެޅީ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ހުކުމް ކުރުމާއެކު ވަގުތުން ފެށީ ރޯން

29 އޮކްޓޯބަރު 2026
ކުށްވެރިއެއް ނޫންކަމަށް ކަނޑައެޅީ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ހުކުމް ކުރުމާއެކު ވަގުތުން ފެށީ ރޯން
27 އޮކްޓޯބަރު 2026

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

27 އޮކްޓޯބަރު 2026
ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!
23 އޮކްޓޯބަރު 2026

އެއް މައްސަލައެއްގައި އަހަރެއް ފަހުން ކުށް ސާބިތުވިއިރު، އެކިއެކި ބަހަނާތަކުގައި ހުކުމްކުރުން ލަސްވަނީ، މިއީތޯ ގާއިމުކުރުމަށް ވައުދުވީ އިންސާފު؟

23 އޮކްޓޯބަރު 2026
އެއް މައްސަލައެއްގައި އަހަރެއް ފަހުން ކުށް ސާބިތުވިއިރު، އެކިއެކި ބަހަނާތަކުގައި ހުކުމްކުރުން ލަސްވަނީ، މިއީތޯ ގާއިމުކުރުމަށް ވައުދުވީ އިންސާފު؟
23 އޮކްޓޯބަރު 2026

ފުލުސް އޮފިސަރު ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި 4 މީހަކު ހައްޔަރުކޮށް 30 ދުވަހަށް ބަންދުކޮށްފި

23 އޮކްޓޯބަރު 2026
ފުލުސް އޮފިސަރު ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި 4 މީހަކު ހައްޔަރުކޮށް 30 ދުވަހަށް ބަންދުކޮށްފި
18 އޮކްޓޯބަރު 2026

ޑްރަގް ކެފޭ އުސޫލުން މަސްތުވާތަކެތީގެ ޚިދުމަތް ދެމުންދިޔަ ދިޔަ އެޕާޓްމެންޓަކުން 6 މީހަކު ހައްޔަރުކޮށް ބަންދަށް 30 ދުވަސް ޖަހައިފި

18 އޮކްޓޯބަރު 2026
ޑްރަގް ކެފޭ އުސޫލުން މަސްތުވާތަކެތީގެ ޚިދުމަތް ދެމުންދިޔަ ދިޔަ އެޕާޓްމެންޓަކުން 6 މީހަކު ހައްޔަރުކޮށް ބަންދަށް 30 ދުވަސް ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް