Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސީޕްލޭން ޓާމިނަލް

އައު ސީޕްލޭން ޓާމިނަލް ހުޅުވުން މެއި މަހަށް ފަސްކޮށްފި

11 އެޕްރީލު 2022 | ހޯމަ 02:21

ކުރިން ސީޕްލޭން ޓާމިނަލް ހުޅުވާ ގޮތަށް ނިންމާފައިވަނީ މި އަހަރުގެ އޭޕްރީލް މަހު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 11 އެޕްރީލު 2022 | ހޯމަ 02:21
އަލަށް އިމާރާކުރި ސީޕްލޭން ޓާމިނަލް

އަލަށް އިމާރާކުރި ސީޕްލޭން ޓާމިނަލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އިމާރާތްކޮށްފައިވާ އައު ސީޕްލޭން ޓާމިނަލް ހުޅުވުން މެއި މަހަށް ފަސްކޮށްފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީލް) ބުނީ ޓާމިނަލް ހުޅުވާ ތާރީޚު މިހާރު އަންނަ މަހުގެ 15އަށް ބަދަލުކޮށްފައިވާ ކަމަށެވެ. ޓާމިނަލްގައި ކުރަންޖެހޭ ބައެއް މަސައްކަތްތައް އަދިވެސް ކުރިއަށްދާ ކަމަށާއި ކޮވިޑާއި ގުޅިގެން މަސައްކަތަށް ލަސްކަމެއް އައިކަމަށް އެމްއޭސީއެލުން ވަނީ ފާހަގަކޮށްފައެވެ.

ކުރިން ސީޕްލޭން ޓާމިނަލް މި އަހަރުގެ އޭޕްރީލް މަހުގައި ހުޅުވާ ގޮތަށް ވަނީ ނިންމާފައެވެ. ޗައިނާގެ ބީޔޫސީޖީ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއުގެ އަގަކީ 55 މިލިއަން ޑޮލަރު (848.1 މިލިއަން ރުފިޔާ)އެވެ. މި ޓާމިނަލް އިމާރާތް އެޅުމަށް ހުޅުލޭ އިރުމަތީ ފަރާތުން 2.3 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އައު ޓާމިނަލާއެކު އޮންނަ ފަޅުގެ ސަރަހައްދަކީ އެ ތަނުގައި އެއްފަހަރާ 100 މަތިންދާ ބޯޓަށް ޚިދުމަތް ދެވޭނެ ޖާގައިގެ ތަނަވަސްކަން ހުރި ތަނެކެވެ.

އިމާރާތް ނިންމައި މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ހަތަރު ވަނަ ދުވަހު ބީޔޫސީޖީިން ވަނީ އެމްއޭސީއެލްއާއި ޓާމިނަލް ހަވާލުކޮށްފައެވެ. އެމްއޭސީއެލް އިން ބުނެފައިވަނީ އިމާރާތް އެއްކޮށް އެއް ކުންފުންޏަކާއި ހަވާލުނުކޮށް އޮޕަރޭޓުކުރާނީ އެމްއޭސީއެލް އިން ކަމަށެވެ.

ރާއްޖޭގައި ސީޕްލޭންގެ ޚިދުމަތް ތިން ކުންފުންޏަކުން މިހާރު އަންނަނީ ދެމުންނެވެ. އެއީ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)، މަންތާ އެއާ އަދި މޯލްޑިވިއަންއެވެ.

އައު ސީޕްލޭން ޓާމިނަލެއް ހަދާފައި މިވަނީ ޓީއެމްއޭއިން މިހާރު ބޭނުންކުރާ ސީޕްލޭން ޓާމިނަލްގެ ސަބަބުން އެއާޕޯޓުގައި އަލަށް ހަދާފައިވާ ރަންވޭ ބޭނުން ނުކުރެވޭތީ އެވެ. އައު ރަންވޭ ބޭނުން ކުރެވެން އަންނަނީ ސީޕްލޭން ޓާމިނަލް ނަގައި އެ ސަރަހައްދު ސާފުކުރުުމުންނެވެ. އައު ރަންވޭ ބޭނުންކުރަން ފެށުމުން އެއާޕޯޓުގެ ތޮއްޖެހުމުގެ މައްސަލައަށް ލުއި ލިބޭނެކަމަށް ލަފާކުރެވެއެވެ.

ސީޕްލޭން ޓަރމިނަލް އެމްއޭސީއެލް

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2025

ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު

23 އޮކްޓޯބަރު 2025
ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު
22 އޮކްޓޯބަރު 2025

އެމްއޭސީއެލް އިން ބިންހިއްކަން ނިންމި ހިސާބުން އެއީ ބުއްދި ގަބޫލު ކުރެވޭ ކަމެއް ނޫންކަމަށް ބުނެ ފާޑުކިޔާފައި ވަނިކޮށް ރިޔާޒް ކުންފުނީގެ ބޯޑުން ވަކި ކޮށްފި

22 އޮކްޓޯބަރު 2025
އެމްއޭސީއެލް އިން ބިންހިއްކަން ނިންމި ހިސާބުން އެއީ ބުއްދި ގަބޫލު ކުރެވޭ ކަމެއް ނޫންކަމަށް ބުނެ ފާޑުކިޔާފައި ވަނިކޮށް ރިޔާޒް ކުންފުނީގެ ބޯޑުން ވަކި ކޮށްފި
21 އޮކްޓޯބަރު 2025

އެމްއޭސީއެލްއާއި ހަވާލުކުރީ 5 ތަރީގެ ރިސޯޓަކާއި ހޮޓެލް ސްކޫލެއް ތަރައްގީކުރަން

21 އޮކްޓޯބަރު 2025
އެމްއޭސީއެލްއާއި ހަވާލުކުރީ 5 ތަރީގެ ރިސޯޓަކާއި ހޮޓެލް ސްކޫލެއް ތަރައްގީކުރަން
21 އޮކްޓޯބަރު 2025

މި ސަރުކާރުން ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފައި އޮތް ކައްދޫ އެއަރޕޯޓް ތަރައްގީކުރަން އެމްއޭސީއެލްއާ ވެސް ހަވާލުކޮށްފި

21 އޮކްޓޯބަރު 2025
މި ސަރުކާރުން ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފައި އޮތް ކައްދޫ އެއަރޕޯޓް ތަރައްގީކުރަން އެމްއޭސީއެލްއާ ވެސް ހަވާލުކޮށްފި
17 އޮކްޓޯބަރު 2025

ރައީސް ޞާލިހުގެ ސަރުކާރުން ހަނިމާދޫގައި ތަރައްގީކުރަން ފެށި އެއަރޕޯޓުގެ އައު ޓާމިނަލް ބޭނުންކުރަން ފަށައިފި

17 އޮކްޓޯބަރު 2025
ރައީސް ޞާލިހުގެ ސަރުކާރުން ހަނިމާދޫގައި ތަރައްގީކުރަން ފެށި އެއަރޕޯޓުގެ އައު ޓާމިނަލް ބޭނުންކުރަން ފަށައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
14 އޮކްޓޯބަރު 2025

ބިލެތްފަހީގެ އެއަރޕޯޓުގެ ބިންހިއްކަން ކުރިން ހަވާލު ކުރި ކޮންޓްރެކްޓަށް ވީ ގޮތެއް ނޭނގޭ، ދެ އަހަރު ފަހުން އަލުން އެ މަސައްކަތް އެމްއޭސީއެލް އާ ހަވާލު ކޮށްފި!

14 އޮކްޓޯބަރު 2025
ބިލެތްފަހީގެ އެއަރޕޯޓުގެ ބިންހިއްކަން ކުރިން ހަވާލު ކުރި ކޮންޓްރެކްޓަށް ވީ ގޮތެއް ނޭނގޭ، ދެ އަހަރު ފަހުން އަލުން އެ މަސައްކަތް އެމްއޭސީއެލް އާ ހަވާލު ކޮށްފި!
09 އޮކްޓޯބަރު 2025

ނޮވެމްބަރު 9 ގައި ހަނިމާދޫ އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވަނީ

09 އޮކްޓޯބަރު 2025
ނޮވެމްބަރު 9 ގައި ހަނިމާދޫ އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވަނީ
26 ސެޕްޓެމްބަރު 2025

މި ސަރުކާރުގައި އެމްއޭސީއެލް ވަނީ ފެނަކައާ އެއް ދަރަޖައަކަށް ވައްޓާލާފައި: އަމްރު

26 ސެޕްޓެމްބަރު 2025
މި ސަރުކާރުގައި އެމްއޭސީއެލް ވަނީ ފެނަކައާ އެއް ދަރަޖައަކަށް ވައްޓާލާފައި: އަމްރު
24 ސެޕްޓެމްބަރު 2025

ވީއައިއޭ ޕާކިން ޒޯން ކައިރީ އޮންނަ މަގުން އެއްކޮޅަށް ދުއްވޭ ގޮތަށް ހަދައި، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް

24 ސެޕްޓެމްބަރު 2025
ވީއައިއޭ ޕާކިން ޒޯން ކައިރީ އޮންނަ މަގުން އެއްކޮޅަށް ދުއްވޭ ގޮތަށް ހަދައި، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް