Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭޝިއަން ފުޓްސަލް ކަޕް ކޮލިފައިން

އިންޑޯ ޕްރެކްޓިސްއެއް ނުކޮށް، 12 ފަހަރުގެ ޗެމްޕިއަން އަތުން ބަލިވުމަކީ މައްސަލައެއް ނޫން: މަހްލޫފް

10 އެޕްރީލު 2022 | އާދީއްތަ 21:22

އީރާނާއި ވާދަކޮށް ރާއްޖެ ބަލިވީ 17-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 10 އެޕްރީލު 2022 | އާދީއްތަ 21:22
މިނިސްޓަރު މަހްލޫފް ގައުމީ ފުޓްސަލް ޓީމާއެކު

މިނިސްޓަރު މަހްލޫފް ގައުމީ ފުޓްސަލް ޓީމާއެކު

ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު ޕްރެކްޓިސް ކުރާނެ އިންޑޯއެއް ނެތި ފުރަތަމަ ކޮލިފިކޭޝަންގައި 12 ފަހަރުގެ ޗެމްޕިއަން އަތުން ބަލިވުމަކީ މައްސަލައެއް ނޫންކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިންގެ ފުރަތަމަ މެޗުގައި އާދީއްތަ ދުވަހުގެ ހަވީރު އީރާނާއި ވާދަކޮށް ރާއްޖެ ބަލިވީ 17-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއާއެކު ބައެއް ފަރާތްތަކުގެ ފާޑުކިޔުން ދިވެހި ޓީމަށް އަމާޒުވި ނަމަވެސް، ގިނަ ބަޔަކު ދިވެހި ޓީމަށް ހިތްވަރު ދިނެވެ.

ފުޓްސަލްގައި ދުނިޔޭގެ ރޭންކިންގެ 6 ވަނައިގައި އޮތް އީރާންއަކީ އޭޝިޔާގެ ފުޓްސަލް މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަންއެވެ. މި މުބާރާތް 15 ފަހަރު ބާއްވާފައިވާއިރު، އޭގެ ތެރެއިން 12 މުބާރާތް އީރާނުން ކާމިޔާބު ކޮށްފައިވެއެވެ. މުބާރާތް ކާމިޔާބު ނުކުރެވުނު ތިން ފަހަރުގެ ތެރެއިން ދެފަހަރު އީރާނުން ވަނީ މުބާރާތުގެ ތިންވަނަ ހޯދާފައެވެ. އަދި އެއްފަހަރު މުބާރާތުގެ ރަނަރއަޕްކަން ހޯދިއެވެ.

ކޮލިފައިންގައި ރާއްޖެ ދެން ބައްދަލުކުރަން ޖެހޭނީ ކިރިގިސްތާންއާއެވެ. މި މެޗު އޮންނާނީ މާދަމާ ރޭ ރާއްޖެ ގަޑިން 19:00 ގައެވެ. އޭގެފަހުން ކޮލިފައިންގެ ފަހު މެޗުގައި އަންގާރަ ދުވަހުގެ ހަވީރު 16:00 ގައި ރާއްޖެ ބައްދަލުކުރާނީ ތުރުކުމެނިސްތާނާއެވެ.

މިއީ ރާއްޖެއިން ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފައިންގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

މި މެޗާއި ގުޅޭ ގޮތުން ފޭސްބުކްގައި މިނިސްޓަރު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕްރެކްޓިސް ކުރާނެ އިންޑޯއެއް ނެތި ފުރަތަމަ ކޮލިފިކޭޝަންގައި 12 ފަހަރުގެ ޗެމްޕިއަން އަތުން ބަލިވުމަކީ މައްސަލައެއްނޫން ކަމަށެވެ. އަދި ފުޓުބޯޅަ އާއި ފުޓްސަލްގެ ތަފާތު ނޭންގޭ ބަޔަކު ކުރާ މަލާމާތަށް ނުބަލާ މަސައްކަތް ކުރީމައި ރަނގަޅުވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖޭގައި ފުޓްސަލް އިންޑޯއެއް ތަރައްގީކުރުން އަވަސްކޮށްދޭން މަސައްކަތް ކުރައްވާނެ ކަމުގެ އުފާވެރި ޚަބަރު މިނިސްޓަރު ދެއްވިއެވެ.

އެފްއޭއެމް އަހުމަދު މަޚްލޫފް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
20 ނޮވެމްބަރު 2025

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި
16 ނޮވެމްބަރު 2025

ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ

16 ނޮވެމްބަރު 2025
ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ
21 އޮކްޓޯބަރު 2025

އެފްއޭއެމްގެ ފައިސާ އިން އަމީން އެވެނިއުގެ އެޕާޓްމަންޓު ގަތް މައްސަލައިގައި ބައްސާމަށް ކުރާ ދައުވާގެ އަދަބު ބޮޑުވާ އިސްލާހެއް ބަލައިގެންފި

21 އޮކްޓޯބަރު 2025
އެފްއޭއެމްގެ ފައިސާ އިން އަމީން އެވެނިއުގެ އެޕާޓްމަންޓު ގަތް މައްސަލައިގައި ބައްސާމަށް ކުރާ ދައުވާގެ އަދަބު ބޮޑުވާ އިސްލާހެއް ބަލައިގެންފި
08 އޮކްޓޯބަރު 2025

ބައްސާމަށް މަހެއްގެ މައްޗަށް 34،000 ޑޮލަރު ޖަމާވެފައިވޭ، އެ ފައިސާ އިން ބޭރުން ވިޔަފާރިކޮށް އަމިއްލަ ބޭނުމަށް ހަރަދުކުރި: ހުކުމް

08 އޮކްޓޯބަރު 2025
ބައްސާމަށް މަހެއްގެ މައްޗަށް 34،000 ޑޮލަރު ޖަމާވެފައިވޭ، އެ ފައިސާ އިން ބޭރުން ވިޔަފާރިކޮށް އަމިއްލަ ބޭނުމަށް ހަރަދުކުރި: ހުކުމް
08 އޮކްޓޯބަރު 2025

ބައްސާމް 4 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

08 އޮކްޓޯބަރު 2025
ބައްސާމް 4 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
29 ސެޕްޓެމްބަރު 2025

ބައްސާމުގެ މައްސަލައިގެ އަޑުއެހުންތައް ނިންމައި ހުކުމް އިއްވަން ތައްޔާރުވެއްޖެ

29 ސެޕްޓެމްބަރު 2025
ބައްސާމުގެ މައްސަލައިގެ އަޑުއެހުންތައް ނިންމައި ހުކުމް އިއްވަން ތައްޔާރުވެއްޖެ
08 ސެޕްޓެމްބަރު 2025

ބައްސާމަށް ކުރާ ދައުވާގެ ހެކިބަސް ނެގުމުގެ މަރުހަލާ ނިންމާލައިފި

08 ސެޕްޓެމްބަރު 2025
ބައްސާމަށް ކުރާ ދައުވާގެ ހެކިބަސް ނެގުމުގެ މަރުހަލާ ނިންމާލައިފި
22 ޑިސެމްބަރު 2024

އެފްއޭއެމް އަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ބައްސާމުގެ އަތުން އެއް މިލިއަން ދެލައްކަ ޑޮލަރު ނަގައިދިނުމަށް އެދިއްޖެ

22 ޑިސެމްބަރު 2024
އެފްއޭއެމް އަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ބައްސާމުގެ އަތުން އެއް މިލިއަން ދެލައްކަ ޑޮލަރު ނަގައިދިނުމަށް އެދިއްޖެ
24 ޖުލައި 2024

މޫލާފައިވާ ވަކިތަކުން ފުޓްބޯޅަ ސަލާމަތް ކުރަން ކުރަންހުރި މަސައްކަތް އަދިވެސް މަދެއްނޫން - ޓޮމް

24 ޖުލައި 2024
މޫލާފައިވާ ވަކިތަކުން ފުޓްބޯޅަ ސަލާމަތް ކުރަން ކުރަންހުރި މަސައްކަތް އަދިވެސް މަދެއްނޫން - ޓޮމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް