Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބައްސާމްގެ ޝަރީއަތް

ބައްސާމަށް ކުރާ ދައުވާގެ ހެކިބަސް ނެގުމުގެ މަރުހަލާ ނިންމާލައިފި

ދައުވާތަކަށް އިންކާރުކޮށް ބައްސާމްގެ ވަކީލް ކުރިން ވިދާޅުވީ އެފްއޭއެމަށް ލިބުނު ފައިސާއަށް އޭނާ ހިޔާނަތްތެރިވެފައި ނުވާނެ ކަމަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 8 ސެޕްޓެމްބަރު 2025 | ހޯމަ 05:11
ބައްސާމް ކްރިމިނަލް ކޯޓު ކައިރީގައި - ފައިލް

ބައްސާމް ކްރިމިނަލް ކޯޓު ކައިރީގައި - ފައިލް | ރާއްޖެއެމްވީ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ހިންގާ ޝަރީއަތުގައި ހެކިބަސް ނެގުމުގެ މަރުހަލާ ނިންމާލައި، ދެން އޮތީ އެންމެ ތިން އަޑުއެހުން ކަމަށް މިއަދު ކްރިމިނަލް ކޯޓުން އަންގައިފިއެވެ.

އާދީއްތަ ދުވަހުގެ އަޑުއެހުމުގައި ހެކިބަސް ދިނީ އެފްއޭއެމްގެ އެކްސްކޯ މެންބަރު އަހުމަދު ޝަކީބު އެވެ. ހެކިބަސް ދެމުން ޝަކީބު ވިދާޅުވީ، ބައްސާމަށް މަހަކު 3،000 ޑޮލަރުގެ އެލަވަންސެއް ދިނުމަށް އެފްއޭއެމްގެ އެމަޖެންސީ ކޮމިޓީން ނިންމި ކަމަށެވެ. ނަމަވެސް އެ ނިންމުމާ އެއްގޮތަށް ގަވާއިދުން ފައިސާ ޖަމާކުރަމުން ދިޔަކަން އޭނާއަކަށް ނޭނގޭ ކަމަށެވެ.

Advertisement - newsAdvertisement

މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ވިދާޅުވީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް މި މަހުގެ 23 ވަނަ ދުވަހު އަޑުއެހުމެއް އޮންނާނެއެވެ. އަދި ހުލާސާ ބަޔާން ދެ ފަރާތުން އިއްވުމަށް މި މަހުގެ 29 ވަނަ ދުވަހު އަޑުއެހުމެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. ގާނޫނީ ގޮތުން ހުލާސާ ބަޔާނަށްފަހު އޮންނާނީ ހުކުމް އިއްވުމެވެ.

އެފްއޭއެމަށް ބޭރުގެ އެކި އިދާރާތަކުން ލިބިފައިވާ ފައިސާ އަށް ޚިޔާނާތްތެރިވެ، މަނީ ލޯންޑަރިން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މިހާރު ތަޙްޤީޤު ކުރިއަށް ދިޔަ ހިސާބުން 2 ދަޢުވާއެއް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެއެވެ. އެއީ ހިޔާނަތްތެރިވުމުގެ ކުށުގެ ދައުވާއާއި، މަނީ ލޯންޑަރިންގ ގެ ދައުވާއެވެ. ޕީޖީ އޮފީހުން ވަނީ ލޯންޑަރކުރުމަށް ބޭނުންކޮށްފައިވާ 10،000.00 (ދިހަހާސް އެމެރިކާ ޑޮލަރު) ދައުލަތަށް ނަގައިދިނުމަށްވެސް އެދިފައެވެ.

22 ޑިސެމްބަރު 2024 ގައި ބައްސާމުގެ މައްޗަށް ދައުވާކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑގެ އަމީން އެވެނިއު އިން އެޕާޓްމަންޓެއް ގަތުމަށް ފައިސާ ޖަމާކުރުމަށްޓަކައި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ USD 1,200,000 (އެއް މިލިއަން ދެލައްކަ އެމެރިކާ ޑޮލަރު) އަށް ޚިޔާނާތްތެރިވެފައިވާތީ އާއި އަމީން އެވެނިއުގެ ބްލޮކް A ގެ 12 އަދި 13 ވަނަ ފަންގިފިލާގެ 8 ކޮޓަރިއާއި 10 ފާހަނައިގެ ނަންބަރު A1205 އާއި A1206 އެޕަރޓްމަންޓް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ދަށުން، އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑއަށް ޖީ.އެސް.ޓީ ހިމެނޭ ގޮތަށް ދައްކަންޖެހޭ ޖުމްލަ -/25,000,000 (ފަންސަވީސް މިލިއަން ރުފިޔާ) ގެ ތެރެއިން ބުކިންގ ފީ އާއި ކޮމިޓްމަންޓް ފީ ހިމެނޭ ގޮތަށް އެތަނުގެ އަގަށްވާ ފައިސާގެ ގޮތުގައި އެފް.އޭ.އެމް.ގެ ޑޮލަރު އެކައުންޓުން އެކި އެކި ކުންފުނިތަކަށް ފައިސާ ފޮނުވައި، އެ ފައިސާ އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑއަށް ދައްކާފައިވާތީއެވެ.

އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި 2 މީހަކާއި ކުންފުންޏެއްގެ މައްޗަށް ވެސް ދައުވާ ކޮށްފައިވެއެވެ. އެއީ 19 ޖެނުއަރީ 2025 ގައެވެ. ދައުވާ ކޮށްފައިވާ ދެމީހުންގެ ތެރެއިން ގއ. ގެމަނަފުށި، ފެހިކުރި، މުޙައްމަދު ޢަޤީލްގެ މައްޗަށް ދައުވާ ކުރީ 2013 ވަނަ އަހަރުން ފެށިގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ގެ އެކައުންޓްސް ޑިޕާޓްމަންޓްގެ ހެޑްގެ ގޮތުގައި ހުރެ، ކ.މާލެ، ގ.ފަހިވާގެ، ބައްސާމު ޢަދީލް ޖަލީލް، 26 ޖަނަވަރީ 2021 ދުވަހު އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއު އެޕަރޓްމަންޓް ގަތުމަށް އެފް.އޭ.އެމްގެ އެކައުންޓުގައިވާ ފައިސާއިން އަމީން ކޮންސްޓްރަކްޝަނަށް ފައިސާ ދެއްކުމަށްޓަކައި، ޗެކު ތައްޔާރުކޮށްދީ، 14 އޭޕްރީލް 2021 ދުވަހު އެ ޗެކު މެދުވެރިކޮށް އަމީން ކޮންސްޓްރަކްޝަނަށް USD1,000,000 (އެއް މިލިއަން އެމެރިކާ ޑޮލަރު) ޖަމާކުރުމުން، އެ ފައިސާއަކީ ޑޮލަރު ވިއްކުމުގެ މުޢާމަލާތެއްކަމުގައި ދެއްކުމުގެ ގޮތުން އެ ޑޮލަރަށްވާ ދިވެހި ރުފިޔާ އެފް.އޭ.އެމްއަށް ލިބިފައިނުވަނީސް، އަމީން ކޮންސްޓްރަކްޝަނުން އެފް.އޭ.އެމްއަށް، ޖުމްލަ 15،420،000 (ފަނަރަ މިލިއަން ހަތަރުލައްކަ ވިހިހާސް ރުފިޔާ) ލިބުނުކަމަށް ސްޓޭމްޕް ޖަހައި ސޮއިކޮށް އެ ލިޔުން ތައްޔާރުކޮށްފައިވާތީއާއި، އެފް.އޭ.އެމްގެ ފައިސާ ބޭނުންކޮށްގެން، އަމީން އެވެނިއުގެ އެޕަރޓްމަންޓް ހޯދައި ލިބިގަތުމަށާއި މަނީ ލޯންޑަރކުރުމަށް ބައްސާމު ޢަދީލް ޖަލީލްއަށް އެހީތެރިވެދީފައިވާތީއެވެ.

އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައިގައި ބައްސާމު ޢަދީލް ޖަލީލްގެ މައްޗަށް، ޚިޔާނާތްތެރިވުމުގެ ކުށުގެ 2 ދަޢުވާއާއި، މަނީ ލޯންޑްރިންގގެ 2 ދަޢުވާ ކޯޓަށް ހުށަހެޅި ހިނގަމުން އެބަދެއެވެ.

ބައްސާމް އަދީލް ޖަލީލްއެފްއޭއެމް ކްރިމިނަލް ކޯޓްފީފާގްލޭސިއާ އިންވެސްޓްމަންޓްސްއަޙްމަދު ޝަކީލް

ކޮމެންޓް

އިތުރަށް ކިޔާލަން

ވާސްތަކެއްގައި މަސްތުވާތަކެތި އެތެރެކުރިކަން ސާބިތުވެ، އުމުރުން ދުވަސްވީ މީހަކު 25 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި

ވާސްތަކެއްގައި މަސްތުވާތަކެތި އެތެރެކުރިކަން ސާބިތުވެ، އުމުރުން ދުވަސްވީ މީހަކު 25 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި

07 ފެބުރުއަރީ 2026
ނަސޭހަތް ދީ ދޫކޮށްލުމަށްފަހު ހައްޔަރު ކުރި ދެ މީހުން އަބުރުވެރި ވަޒީފާއެއްގައި އުޅޭތީ އަނެއްކާ ވެސް ދޫކޮށްލައިފި!

ނަސޭހަތް ދީ ދޫކޮށްލުމަށްފަހު ހައްޔަރު ކުރި ދެ މީހުން އަބުރުވެރި ވަޒީފާއެއްގައި އުޅޭތީ އަނެއްކާ ވެސް ދޫކޮށްލައިފި!

04 ފެބުރުއަރީ 2026
ޓްރަމްޕް އަށް މެސެޖެއް ދިނުމުގެ ގޮތުން، ވާރލްޑް ކަޕް ބޮއިކޮޓް ކުރުމަށް ގެންގުޅުނު ވިސްނުން ޖަރުމަނުން ދޫކޮށްލައިފި

ޓްރަމްޕް އަށް މެސެޖެއް ދިނުމުގެ ގޮތުން، ވާރލްޑް ކަޕް ބޮއިކޮޓް ކުރުމަށް ގެންގުޅުނު ވިސްނުން ޖަރުމަނުން ދޫކޮށްލައިފި

03 ފެބުރުއަރީ 2026
އަމީން މިއާގެ މަރުގެ މައްސަލަގައި ހައްޔަރުކުރި ސްރީލަންކާ މީހާގެ ބަންދަށް ހަތް ދުވަސް ޖަހައިފި

އަމީން މިއާގެ މަރުގެ މައްސަލަގައި ހައްޔަރުކުރި ސްރީލަންކާ މީހާގެ ބަންދަށް ހަތް ދުވަސް ޖަހައިފި

02 ފެބުރުއަރީ 2026
އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައެއްގައި ދައުވާކޮށްފައިވާ އަގީލް ތައިލެންޑުގެ ބެންކޮކުން ހައްޔަރުކޮށްފި

އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައެއްގައި ދައުވާކޮށްފައިވާ އަގީލް ތައިލެންޑުގެ ބެންކޮކުން ހައްޔަރުކޮށްފި

30 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު