Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބައްސާމްގެ ހުކުމް

ބައްސާމަށް މަހެއްގެ މައްޗަށް 34،000 ޑޮލަރު ޖަމާވެފައިވޭ، އެ ފައިސާ އިން ބޭރުން ވިޔަފާރިކޮށް އަމިއްލަ ބޭނުމަށް ހަރަދުކުރި: ހުކުމް

ފީފާއިން ފުޓްބޯޅަ ކުރިއެރުވުމަށް ދީފައިވާ ގިނަ ފައިސާތަކެއް ބައްސާމު ޢަދީލް ޖަލީލް އަމިއްލަ ކަންކަމަށް ބޭނުންކޮށްފައިވޭ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 8 އޮކްޓޯބަރު 2025 | ބުދަ 17:37
ބައްސާމް ކްރިމިނަލް ކޯޓު ކައިރީގައި މަޑުކޮށްލައިގެން - ފައިލް

ބައްސާމް ކްރިމިނަލް ކޯޓު ކައިރީގައި މަޑުކޮށްލައިގެން - ފައިލް

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް މަގާމުގައި ހުރި 8 ވަނަ އަހަރު މަހެއްގެ މައްޗަށް 34،965.75 އެމެރިކާ ޑޮލަރު ޖަމާވަމުން ދިޔަކަން އޭނާގެ މައްޗަށް އިއްވި ހުކުމުން އެނގިއްޖެއެވެ.

ބައްސާމްގެ މައްޗަށް އިއްވި ހުކުމުގައި ބުނެފައިވަނީ ބައްސާމްގެ އަމިއްލަ އެކައުންޓަށް 10,000 ޔޫއެސް ޑޮލަރު ޖަމާކޮށްފައި ވަނީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއްގެ ގޮތުގައި ކަމަށް ވާއިރު، މި މުއާމަލާތާ ގުޅިގެން އެފްއޭއެމް އަށް ދައްކަންޖެހޭ އެއްވެސް ފައިސާ އެއް ބައްސާމް މިހާތަނަށް ދައްކާފައިނުވާކަން އެނގޭ ކަމަށެވެ. އަދި، މި ފައިސާ އަކީ ބައްސާމް ދައްކަންޖެހޭ ފައިސާ އެއް ނޫންކަން ތަކުރާރުކޮށް ޝަރީއަތުގައި އޭނާ ފާހަގަކޮށްފައިވާ ކަމަށް ހުކުމުގައި ވެއެވެ.

Advertisement - newsAdvertisement

ހުކުމުގައި އިތުރަށް ބުނެފައި ވަނީ މި ފައިސާ ބައްސާމް ބޭންކް އެކައުންޓަށް ޖަމާވުމުން، އެ ފައިސާ އޭނާ ހޭދަކޮށްފައި ވަނީ އަމިއްލަ ބޭނުންތަކަށް ކަމަށެވެ. އެގޮތުން ބައްސާމުގެ ހިއްސާ އޮންނަ ގްލޭޝިއަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގަމުން އަންނަ ވިޔަފާރިތަކަށް ހަރަދުކޮށްފައިވާ ކަމާއި، ފޮރިން ޕާޗޭސްގެ ގޮތުގައި ރާއްޖެ އިން ބޭރުން ވިޔަފާރި ކޮށްފައި ވާކަން ބައްސާމް ގެ ނަމުގައިވާ އެކައުންޓްތަކުގައި ފައިސާ ދައުރު ވެފައިވާ ގޮތަށް ބެލުމުން ފާހަގަވާ ކަމަށް ހުކުމުގައި ވެއެވެ. މި ފައިސާ ޖަމާވި ދުވަސްވަރު މި އެކައުންޓުން ސިންގަޕޫރުގެ އެކި ފިހާރަތަކުން އަގުހުރި މުދާ ގަނެފައިވާކަން ބޭންކް ސްޓޭޓްމަންޓުން އެނގޭ ކަމަށް ވެސް ހުކުމުގައި ވަނީ ފާހަގަ ކޮށްފައެވެ.

މި މުއާމަލާތާ ގުޅިގެން ފުލުހުން ތައްޔާރުކޮށްފައިވާ ފައިނޭންޝަލް އެސެސްމަންޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި ބައްސާމް ބޭންކްތަކުގައި ޑިކްލެއަރކޮށްފައިވާ އަދަދުތަކާ ނުބައްދަލު މިންވަރަކަށް ޑޮލަރުގެ މުއާމަލާތްތައް ކޮށްފައިވެއެވެ. އެގޮތުން އޭނާ މަހެއްގެ މައްޗަށް ލިބޭ އާމްދަނީ އަކީ 5,000 ޑޮލަރު ކަމަށް ބޭންކް އޮފް މޯލްޑިވްސްގައި ޑިކްލެއަރކޮށްފައި ވާއިރު، އޭނާގެ ނަމުގައި އެ ބޭންކްގައި ހުޅުވާފައިވާ އެކައުންޓަށް 2018 ވަނަ އަހަރު މަހެއްގެ މައްޗަށް ގާތްގަނޑަކަށް 34,965.75 (ތިރީސް ހަތަރުހާސް ނުވަސަތޭކަ ފަސްދޮޅަސް ފަސް ޔޫއެސް ޑޮލަރު ހަތްދިހަ ފަސް ސެންޓް) ޖަމާވެފައިވާކަން އެކައުންޓް ސްޓޭޓްމަންޓުން އެނގޭކަމަށް މި ރިޕޯޓުގައި ބަޔާން ކޮށްފައި ވެއެވެ.

ފީފާ އިން އެފްއޭއެމް އަށް ދޭ ފައިސާ އަކީ ފުޓުބޯޅަ އިން ދިވެހިރާއްޖެ ކުރިއަރުވާ ތަރައްގީ ކުރުމަށް ދޭ ފައިސާ ކަމާއި، މި ގޮތަށް ދެވޭ ފައިސާ އަކީ ދިވެހިރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވާ ތަރައްގީކުރުމަށް މުހިއްމު ގިނަ މަސައްކަތްތަކެއް ކުރުމަށް އަމާނާތްތެރި ކާމާއެކު ބެލެހެއްޓުމަށް ހަވާލު ކުރެވޭ ފައިސާ ކަމަށް ހުކުމުގައި ވެއެވެ. އެހެން ނަމަވެސް މި ފައިސާ ބޭނުން ކޮށްފައި ވަނީ އަމިއްލަ ބޭނުން ތަކަށް ކަމަށް ހުކުމުގައި ވެއެވެ.

އަދި ދިވެހިރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް ހަވާލުކުރެވޭ މިފަދަ ގިނަ ފައިސާތަކާ ގުޅިގެން ބައްސާމް އާ ދެކޮޅަށް ތުހުމަތުގެ އިނގިލި ދިއްކުރެވޭ ގޮތަކަށް ފައިސާގެ މުއާމަލާތުތައް ކޮށްފައި ހުރިކަން ފައިނޭންޝަލް އެސެސްމަންޓް ރިޕޯޓުން ފާހަގަކުރެވެއެވެ. އަދި މި ސަބަބުތަކުގެ މައްޗަށް ރިއާޔަތްކޮށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު 1003 ވަނަ މާއްދާ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލު ކުރާނެ އުސޫލުގެ 6 ވަނަ ނަންބަރާއި ހަވާލާދީ، އަދަބު މަތިކުރުމުގައި ފަނޑިޔާރަށް ލިބިދެވޭ އިހުތިޔާރުގެ ދަށުން މި ކުށަށް ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަބު ދިނުމަށް ނިންމި ކަމަށް ގާޒީ ވަނީ ވިދާޅުވެފައެވެ. އެގޮތުން 4 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

ބައްސާމް އަދީލް ޖަލީލްއެފްއޭއެމް

ކޮމެންޓް

އިތުރަށް ކިޔާލަން

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ

ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ

16 ނޮވެމްބަރު 2025
މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް

މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް

30 އޮކްޓޯބަރު 2025
އެފްއޭއެމްގެ ފައިސާ އިން އަމީން އެވެނިއުގެ އެޕާޓްމަންޓު ގަތް މައްސަލައިގައި ބައްސާމަށް ކުރާ ދައުވާގެ އަދަބު ބޮޑުވާ އިސްލާހެއް ބަލައިގެންފި

އެފްއޭއެމްގެ ފައިސާ އިން އަމީން އެވެނިއުގެ އެޕާޓްމަންޓު ގަތް މައްސަލައިގައި ބައްސާމަށް ކުރާ ދައުވާގެ އަދަބު ބޮޑުވާ އިސްލާހެއް ބަލައިގެންފި

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު