Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުން

އީސީން ޕާޓީތަކުގެ މެމްބަރުން ވަގަށް ނަގާކަމަށް ބުނާ ވާހަކައިގެ ހަގީގަތަކީ ކޮބާ؟

ކޮމިޝަނުގެ މަސައްކަތްތަކަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް އީސީން ގެންދަނީ ކުރަމުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 9 އެޕްރީލު 2022 | ހޮނިހިރު 07:44
އިލެކްޝަންސް ކޮމިޝަން- އޮޅުވާލައިގެން ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުން ވަނީ އާންމުވެފައި

އިލެކްޝަންސް ކޮމިޝަން- އޮޅުވާލައިގެން ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުން ވަނީ އާންމުވެފައި

މި ފަހަކަށް އައިސް ޕާޓީތަކަށް ވަނުމަށް ހުށަހަޅާ ފޯމު އެމީހަކަށް ނޭނގި ހުށަހަޅާ މައްސަލަތައް ވަނީ އިތުރުވެފައެވެ. އެގޮތުން އެކި ޕާޓީތަކުން ފޯމު ހުށަހަޅާއިރު، އެކަމާގުޅިގެން އާންމު ރައްޔިތުންގެ ފަރާތުން ޝަކުވާ އަންނަ މިންވަރުވެސް ވަނީ އިތުރުވެފައެވެ.

މި މުޅި މައްސަލައަށް ހައްލެއް ހޯދުމަށް އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތްތަކަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް އީސީން ގެންދަނީ ކުރަމުންނެވެ. އެގޮތުން ޕާޓީތަކަށް ވަނުމަށް ފޯމު ހުށަހަޅާ ފަރާތްތަކުގެ ނަންތައް ކޮމިޝަނުގެ ވެބްސައިޓުގައި އާންމު ކުރުމަށް މިހާރު ކޮމިޝަނުން ވަނީ ނިންމާފައެވެ.

އެހިސާބުން އެއްވެސް މީހެއްގެ ޝަކުވާއެއް ލިބިއްޖެނަމަ، އެ މައްސަލައެއް ބަލައި، އެކަމާގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން އެ ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގު ވިދާޅުވިއެވެ.

ފުވާދު ވިދާޅުވާ ގޮތުގައި, މިހާރުވެސް މި މައްސަލައާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކާ އީސީން ގެންދަނީ މަޝްވަރާ ކުރަމުންނެވެ.

ގިނަ ފަހަރު މި މައްސަލައާ ގުޅިގެން ސިޔާސީ ޕާޓީތައް ޒިންމާދާރު ކުރުވުމުގެ މަސައްކަތުގައި ޕާޓީތަކުން ލިބޭ ޖަވާބަކީ މިއީ ޕާޓީގެ ސަޕޯޓަރުން ފޮނުވާ ފޯމުތަކެއް ކަމާއި، އެކަށީގެންވާ ގޮތެއްގައި ފޯމުތައް ޗެކް ނުކުރެވޭކަމަށެވެ.

އެހެންނަމަވެސް، އެއަށްވުރެ ބޮޑަށް ސިޔާސީ ޕާޓީތައް ޒިންމާދާރުވާން ޖެހޭކަމަށް ފުވާދު ވިދާޅުވިއެވެ.

މި ކަމަކީ ސިޔާސީ ޕާޓީތަކުން އެކަމުގެ ޒިންމާ ނަގަންޖެހޭ ކަމެއްކަމަށް ފުވާދު ވިދާޅުވިއެވެ. ސަބަބަކީ ފޯމުތައް ހުށައަޅަނީ ޕާޓީތަކުން ޗެކްކޮށް، ޕާޓީގެ ފަރާތުން އެއީ ސައްހަ ފޯމުކަމަށް ސޮއި ކުރުމަށްފަހު ކަމަށްވާތީއެވެ.

ފުވާދު އެ ވިދާޅުވާ ފަދައިން، އިލެކްޝަންސް ކޮމިޝަނަށް ޕާޓީން ހުށައަޅާ ކޮންމެ ފޯމަކަށް ޕާޓީން ޒިންމާވާނެކަމަށް ބަޔާންކޮށް، ފޯމުގައި ދެ ހެކިވެރިއަކު ސޮއިކޮށްފައިވެސް އޮވެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ނިންމާފައިވަނީ ޕާޓީތަކުގައި ރަޖިސްޓްރީވެފައިވާ ހުރިހާ މެމްބަރުންގެ ނަންތައް މި އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި އާންމު ކުރުމަށެވެ. އެގޮތުން ނަމާއެކު، އެމީހެއްގެ އައިޑީ ކާޑުގެ 3 ޑިޖިޓް ހިމެނިފައިވާނެއެވެ. މިއީވެސް، އެމީހަކަށް ނޭނގި ޕާޓީ ބަދަލުކުރުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް އީސީން ނިންމާފައިވާ ނިންމުމެކެވެ.

ސިޔާސީ ޕާޓީތަކަށް ވަނުމަށްޓަކައި ފޯމު ފުރުމުގެ ކަންކަން ކުރިއަށް ގެންދަނީ ސިޔާސީ ޕާޓީތަކުންނެވެ. އެ ފޯމު ކޮމިޝަނަށް ހުށަހަޅަނީ އެ ސިޔާސީ ޕާޓީއަކުންނެވެ.

ސިޔާސީ ޕާޓީތަކުގެ މެމްބަރަކަށް ވުމަށް އެދި ހުށަހަޅާ ފޯމަށް ބަލާއިރު، ޕާޓީތަކުން ހުށަހަޅާ ކޮންމެ ފޯމަކަށް އެ ޕާޓީން ޒިންމާވާނެކަމަށް ބަޔާން ކޮށްފައިވެއެވެ. މާނައަކީ، ސައްހަނޫން ފޯމު ހުށައެޅި ނަމަވެސް، ނުވަތަ އޮޅުވާލައިގެން މީހެއްގެ ނަމުގައި ފޯމު ހުށައެޅި ނަމަވެސް، އެކަމުގެ ޒިންމާއިން އެ ޕާޓީތަކަށްވެސް ރެކެވޭނެ ގޮތެއް ނެތެވެ.

އެހިސާބުން ދެން އުފެދޭ ސުވާލަކީ އެކަމުގައި އީސީގެ ޒިންމާއަކީ ކޮބައިތޯއެވެ؟ އާންމު ރައްޔިތުމީހާ އުފައްދާ ސުވާލަކީ އީސީއަށް ހުށައަޅާ ފޯމުތަކުގެ މައުލޫމާތުގެ ސައްހަކަން އީސީން ކަށަވަރުނުކުރަނީ ކީއްވެތޯއެވެ.

މިއީ އަބަދުވެސް ހިނގާ ކަމެއް ނަމަވެސް، ޕާޓީތަކަށް ވަނުމަށް އެދި ހުށަހަޅާ ފޯމުގައި އެންމެ ފުރަތަމަ ފިންގަރ ޕްރިންޓް ޖެހުމަށް ލާޒިމުކުރި ހިސާބުން މި މައްސަލަ ކޮންމެވެސް ވަރަކަށް މަދުވެގެން ދިޔައެވެ.

އޭރު ފިންގަރ ޕްރިންޓާ ގުޅިގެން މައްސަލައެއް ދިމާވެއްޖެނަމަ ފުލުހުންގެ އެހީތެރިކަންވެސް އީސީން ގެންދިޔައީ ހޯދަމުންނެވެ. އެހެންނަމަވެސް، ފުލުހުންގެ އަތުގައިވެސް ހުރިހާ އެންމެންގެ ފިންގަރ ޕްރިންޓެއް ނުހުރެއެވެ.

ފުލުހުންނެކޭ އެއްގޮތަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އަދި އިލެކްޝަންސް ކޮމިޝަނުގައިވެސް އެކަށީގެންވާ ފިންގަރ ޕްރިންޓް ޑޭޓާބޭސްއެއް ނުހުރެއެވެ. ވުމާއެކު، މައްސަލައެއް އުފެދިއްޖެ ހާލަތެއްގައި ކަމެއް ސާބިތު ކުރުމަށް އެކަށީގެންވާ ނިޒާމެއް ރާއްޖޭގައި ގާއިމުވެފައެއް ނެތެވެ.

އެކަމާ ގުޅޭގޮތުން ފުވާދު ތައުފީގު ވިދާޅުވީ، އީސީން މޯލްޑިވްސް އިމިގްރޭޝަނާ ވާހަކަ ދައްކައިގެން، އެކަމާ ގުޅޭ މަޝްވަރާތަކެއްވެސް ކުރެވުނު ކަމަށެވެ.

ފުވާދު ވިދާޅުވާގޮތުގައި ފިންގަރ ޕްރިންޓް ވެރިފިކޭޝަން ހެދުމަށްފަހު ފޯމުތައް ޕްރޮސެސް ކުރުމަށް އެކަށީގެންވާ ނިޒާމެއް ގާއިމުކުރުމަކީ، އުނދަގޫ, އަދި ގޮންޖެހުންބޮޑު ކަމަކަށް ވާނެއެވެ.

މި މައްސަލައާ ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ، ފިންގަރ ޕްރިންޓް ވެރިފިކޭޝަންގެ ގާބިލުކަން އެ ކޮމިޝަނުގައި ނެތްކަމަށެވެ. ވުމާއެކު، ހުށަހެޅޭ ފޯމުގައި ޖަހާފައިވާ ފިންގަރ ޕްރިންޓަކީ "ރީޑަބަލް" އަދި ސާފު ފިންގަރ ޕްރިންޓެއް ނަމަ، އަދި އެ ފޯމަށް ޒިންމާވެ ފޯމު ހުށައެޅި ސިޔާސީ ޕާޓީން އެކަމުގެ ޔަގީންކަންދީ ހެކިވެރިން ސޮއިކޮށްފައިވާނަމަ، އީސީން ބަލަނީ އެއީ ސައްހަ ފޯމެއް ކަމަށެވެ.

އެހާހިސާބުން އީސީން ބަލަނީ އެ ފިންގަރ ޕްރިންޓަކީ ތަހުގީގީ މަރުހަލާއަކަށް ދާން ޖެހިއްޖެ ހާލަތުގައި ބޭނުންކުރެވޭ ފަދަ ފިންގަރ ޕްރިންޓެއްތޯއެވެ.

ފިންގަރ ޕްރިންޓް ވެރިފިކޭޝަން ނެތްނަމަވެސް، އީސީއަށް ހުށަހަޅާ ފޯމުގައިވާ މައުލޫމާތުތަކަކީ ސައްހަ މައުލޫމާތުތޯ އެ ކޮމިޝަނުން ޗެކް ކުރެއެވެ. މާނައަކީ މީހާގެ ނަމާއި އައިޑީކާޑު ދިމާވޭތޯއާއި، އޭނާގެ މައުލޫމާތުތައް ސައްހަތޯ އީސީން ޗެކްކުރެއެވެ. އެއަށްފަހު ސައްހަ ފޯމެއް ނަމަ، އެ ފޯމެއް ޕްރޮސެސްކުރަނީ ސިޔާސީ ޕާޓީން ދީފައިވާ ޔަގީންކަމުގެ މައްޗަށެވެ. ދެން އެ ފޯމު ސެޓު ހުށައަޅާ ޕާޓީއެއް އެކަމުގެ ޒިންމާއިން ބަރީއަވެވޭކަށް ހަގީގަތުގައި ނޯންނާނެއެވެ.

މީގެ ކުރިން އީސީން ގެންދިޔައީ ސައްހަ ނޫން ފޯމު ހުށަހަޅާނަމަ ކޮންމެ ފޯމަކަށް 5000 ރުފިޔާގެ ޖޫރިމަނާއެއްގެ މަގުން އެ ސިޔާސީ ޕާޓީއެއް ޖޫރިމަނާވެސް ކުރަމުންނެވެ. ނަމަވެސް އެެކަންވެސް ވަކި ހިސާބަކުން ހުއްޓާލާފައިވަނީ ސިޔާސީ ޕާޓީތަކަށް އުފުލަންޖެހޭ ބުރަ ކުޑަކުރުމަށެވެ.

މިހާރު އީސީން އެފަދަ ވިސްނުމެއް ގެންގުޅޭކަން ދާދި ފަހުން އެ ކޮމިޝަނުގެ ރައީސް ވަނީ ހާމަ ކުރައްވާފައެވެ. އެއީ ގާނޫނުން އީސީއަށް ލިބިދޭ ބާރެއްވެސްމެއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ކޮންމެ އަހަރެއްގެވެސް ބަޖެޓު ފާސްކުރާ ދުވަސްކޮޅާ ދިމާކޮށް ޕާޓީތަކަށް މީހުން ވެއްދުން އިތުރުވެގެން ދެއެވެ. އަތޮޅު ތެރެއިންވެސް އެތައް ފޯމުސެޓުތަކެއް ފޮނުވައެވެ.

ގާނޫނު ބުނާ ގޮތުން 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭން އެބަޖެހެއެވެ. ވުމާއެކު، ރަށްރަށުންވެސް ފޯމުސެޓުތައް ގެނެސް އީސީއަށް ހުށަހަޅަނީއެވެ. އަދި މައްސަލައެއް ޖެހުމުން, އެއީ ރަށްރަށުން ފޮނުވި ފޯމުސެޓުތަކަށްވުމާއެކު، އެކަށީގެންވާ ގޮތެއްގައި ޗެކް ނުކުރެވުނީކަމަށްވެސް ބައެއް ޕާޓީތަކުން ބުނެއެވެ. ޕާޓީން ޒިންމާވާނެކަމަށް ބަޔާންކޮށް ހެކިވެރިން ކުރާ ސޮޔަކީވެސް އެއްވެސް އެއްޗަކަށް ނުވަނީއެވެ.

އީސީން މިހާރު ވަނީ ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ބަހާނެ ގޮތް ބަދަލު ކުރުމަށް ގާނޫނަށް ބަދަލުތަކެއް ގެނައުމަށްވެސް ހުށަހަޅާފައެވެ.

ހަގީގަތުގައި ސިޔާސީ ޕާޓީތަކުން މިހާރަށްވުރެ ޒިންމާދާރުވާން ޖެހެއެވެ. ޕާޓީތަކުން ހުށަހަޅާ ފޯމުތަކަށް ޒިންމާވާން ޖެހެއެވެ. ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމުގެ ޕްރޮސީޖަރ އޮންނަ ގޮތް ކޮންމެ ޕާޓީއަކަށްވެސް އެނގޭނެއެވެ. ވީއިރު، ރައްޔިތުންގެ މެދުގައި މިކަން އޮތްގޮތް އޮޅޭގޮތަށް, ކޮމިޝަނުން މެމްބަރުން "ވަގަށް ނަގާކަމަށް" ބުނަމުން ދިއުމަކީ އެންމެ ޒިންމާދާރު ކަމެއް ނޫނެވެ. އެކަމުގެ ސަބަބުން ކޮމިޝަނުގެ މުވައްޒަފުންނަށްވެސް އެކި ކަހަލަ ފުރައްސާރައާ ކުރިމަތިވާކަން ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބަރުލަމާނީ ބަހުސް: ރައީސް ނަޝީދުގެ ވިސްނުންފުޅާއި ދެކޮޅަށް އެމްޑީޕީގެ ބައެއް މަޖިލީސް މެމްބަރުން، ނަތީޖާ ކިހިނެއްވާނެބާ؟

ބަރުލަމާނީ ބަހުސް: ރައީސް ނަޝީދުގެ ވިސްނުންފުޅާއި ދެކޮޅަށް އެމްޑީޕީގެ ބައެއް މަޖިލީސް މެމްބަރުން، ނަތީޖާ ކިހިނެއްވާނެބާ؟

08 ޖޫން 2018
އެމްޑީޕީގައި އޮތީ އާއްމު މެމްބަރުންގެ ބާރު، ޕީޕީއެމްގައި ހަމައެކަނި ރައީސް ޔާމީން ބާރު!

އެމްޑީޕީގައި އޮތީ އާއްމު މެމްބަރުންގެ ބާރު، ޕީޕީއެމްގައި ހަމައެކަނި ރައީސް ޔާމީން ބާރު!

23 މެއި 2018
ޝަރީފް 'އުޑުގަ ޖެހިފަ، ބިމުގަ ޖެހުނަސް' މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށްވާނެތަ!

ޝަރީފް 'އުޑުގަ ޖެހިފަ، ބިމުގަ ޖެހުނަސް' މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށްވާނެތަ!

03 މެއި 2018
އަދީބުގެ ފައިސާ އިން ހޮވުނު މެމްބަރުން އިސްތިއުފާއެއް ނުދިން، މައްސަލަ ވެސް ނުބަލާ!

އަދީބުގެ ފައިސާ އިން ހޮވުނު މެމްބަރުން އިސްތިއުފާއެއް ނުދިން، މައްސަލަ ވެސް ނުބަލާ!

03 އެޕްރީލު 2018
މެމްބަރުންނަށް: އަރައި އިންނެވި "ގޮފިގަނޑު" އަމިއްލަ އަށް ކަނޑާނުލައްވާ

މެމްބަރުންނަށް: އަރައި އިންނެވި "ގޮފިގަނޑު" އަމިއްލަ އަށް ކަނޑާނުލައްވާ

13 މާރިޗު 2018

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު