Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޕީޕީއެމް ރިޔާސީ ޓިކެޓް

އެމްޑީޕީގައި އޮތީ އާއްމު މެމްބަރުންގެ ބާރު، ޕީޕީއެމްގައި ހަމައެކަނި ރައީސް ޔާމީން ބާރު!

އެމްޑީޕީގެ ރިޔާސީ ޓިކެޓް ދެނީ އާއްމު މެމްބަރުން ކަނޑައަޅާ ބޭފުޅަކަށް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 23 މެއި 2018 | ބުދަ 02:28
ރައީސް ޔާމީން

ރައީސް ޔާމީން

ކުރިއަށް މިއޮތް ރިޔާސީ އިންތިޚާބަށް ޕީޕީއެމްއިން ނެރޭނެ ކެންޑިޑޭޓަކީ ރައީސް ޔާމީންކަމަށް އެޕާޓީއިން ނިންމިއިރު، މީގެ 10 ވަރަކަށް މަސް ދުވަސް ކުރިން ރައީސް ޔާމީން ވަނީ ޕީޕީއެމްއިން ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅާނީ ޕްރައިމަރީއަކުން ކަމަށް ވިދާޅުވެފައެވެ. ގަދަބާރުން ސަރުކާރު މުވައްޒަފުންނާއި، ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުން ލައްވައި ޕީޕީއެމްއަށް ސޮއެކުރުވާ ވާހަކަ ދެކެވެމުންދިޔަ އެދުވަސްވަރު، ރައީސް ޔާމީން އެހެން ވިދާޅުވުމުން، އެއީ ހަމަ ހަޤީގަތުގައިވެސް އިޚްލާސްތެރިކަމެއް ހުރެގެން ދެއްކެވި ވާހަކަފުޅެއް ބާވައޭ އޭރުވެސް ހިތަށް އެރިއެވެ.

މިއަދު އެނގިގެން މިދިޔައީ އިޚްލާސްތެރިކަމެއް ނެތްކަމެވެ. ޕީޕީއެމްގެ މެމްބަރުންގެ އަދަދު 50 ހާހަށް އަރާކަމަށް ބުނެ އަޑު ހަރުކޮށް އެޕާޓީއަށް ނިސްބަތްވާ ބައެއް އިސް ބޭފުޅުން ވާހަކަ ދައްކަވާއިރު، އެދަންނަވާ 50 ހާސް މެމްބަރުންނަށް އޮތީ ކޮން އުފަލެއްތޯއެވެ؟ ސިޔާސީ ގޮތުން ޚިޔާލު ފާޅުކުރުމުގެ ފުރުސަތެއް ނޯވެއެވެ. ޕާޓީގެ ސިޔާސީ މާބޮޑު ޙަރަކާތްތެރިކަމެއް ނެތެވެ. އާދައިގެ ރައްޔިތަކަށް ޕާޓީގެ އިސް މަޤާމަށް އާދެވޭކަމަށް ނުވެއެވެ. މެމްބަރުންގެ ސޮއެ ހޯދުމަށްފަހު ދެން މެމްބަރުން ތިބޭކަން ހަނދާންވަނީ އަނެއްކާވެސް ޖަލްސާއެއް ބާއްވަން ވީމައެވެ. ދިވެހި ރައްޔިތުން އަތުން ގަދަކަމުން ސޮއެ ހޯދައިގެން ޕީޕީއެމްއިން ކުރާހާވެސް ކަމެއްގެ ގޮތުގައި މިފެންނަނީ އޭގެ ތެރެއިން ކޮންމެ ސޮޔަކަށް އެތައް ސަތޭކަ ރުފިޔާއެއް އިލެކްޝަންސް ކޮމިޝަނުން ކޮންމެ އަހަރަކު ހޯދުމެވެ. އާޚިރުގައި އަހަރު ނިމިގެންދާއިރު، އާއްމު މެމްބަރުންނަށް ޕާޓީއިން ކޮށްދޭ އެއްވެސް ކަމެއް ނެތެވެ.

ޕީޕީއެމްގެ ކަންކަން ނިންމުމުގެ ބާރު އޮންނަ ކައުންސިލަކީ އެއްކޮށްކަހަލަ ގޮތަކަށް ޕާޓީގެ ރައީސް އައްޔަންކުރާ ބައެކެވެ. ޤަވާޢިދުން ކޮންގްރެސް ނުބާއްވައެވެ. ރިޔާސީ ޓިކެޓް އަމިއްލަފުޅަށް ރައީސް ޔާމީން އެހޯއްދެވީ އެމަނިކުފާނު އެކި ވަޒީފާތައް ދެއްވާފައި ތިއްބެވި ބޭބޭފުޅުންނާއި މަޖިލިސް މަދު މެމްބަރުންކޮޅެއް ހިމެނޭ ކައުންސިލަކުން ނިންމައިގެންނެވެ. ޕާޓީގެ އާއްމު މެމްބަރުން ކުރެން ހޭ ވެސް އަހައިނުލައެވެ. މިއީ އެބޭފުޅުން ދަންނަ ޑިމޮކްރަސީއެއް ނޫންކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

އެހެން ނަމަވެސް، އެއާއި ޚިލާފަށް އެމްޑީޕީ ފެންނަނީ އާއްމު މެމްބަރުންގެ ބާރާއި ނުފޫޒު ގަދަ ޕާޓީއެއްގެ ގޮތުގައެވެ. ޕާޓީގެ ޤައުމީ މަޖިލީހަކީ މުޅި ރާއްޖެ ތަމްސީލް ކުރާ މެމްބަރުން ތިއްބަވާ، ސީދާ އާއްމު މެމްބަރުންނާއި ގުޅިފައިވާ މަޖިލީހެކެވެ. ދާއިރާގެ މެމްބަރުންގެ ރޫޙާއި ޚިލާފަށް ދާނަމަ ޤައުމީ މަޖިލީހުގެ ގޮނޑި ދެން ފަހަރަކުން ނުލިބޭނެކަން ޔަޤީންވާތީ ކޮންމެ މެމްބަރަކަށްވެސް ދާއިރާގެ އާއްމު މެމްބަރުންގެ އަޑުތައްވެސް އަހަން ޖެހެއެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ދެނީވެސް ސީދާ އާއްމު މެމްބަރުންނެވެ. އެއީ ޕާޓީއެއްގެ ކައުންސިލުން ކުރަން ޖެހޭ ކަމެއް ނޫންކަން އެމްޑީޕީގެ ޤައުމީ މަޖިލީހުން އެއޮތީ ޕީޕީއެމްގެ ކައުންސިލަށް ދައްކައިދީފައެވެ. އެމްޑީޕީގެ ރިޔާސީ ޓިކެޓަށް އެންމެ ބޭފުޅަކު ވާދަކުރައްވަން ނިންމެވުމުންވެސް، އެބޭފުޅާއަށްވެސް ރުހުން އޮތްތޯ ބަލަން ވޯޓު ނަގައެވެ. ރައްޔިތުންގެ ބާރަކީ އެއީއެވެ. ޕާޓީީއެއްގެ ހުރިހާ މެމްބަރުންނަށް އަސަރުކުރާ ނިންމުންތައް ނިންމުމުގައި، އެމެމްބަރުންގެ ވިންދާއި ރޫޙު ހުރީ ކިހިނެއްތޯ ބަލަން ޖެހެއެވެ. އެހެން ނޫނީ ފަހުން ނިކުންނަ ނަތީޖާ ގޯސްވާނެއެވެ.

އިތުރަށް ކިޔާލަން

20 ޖޫން 2017

ސަރުކާރުގެ ތެރޭގައި ހަމަ ރަނގަޅަށްވެސް ހަމަ ނުޖެހުން އޮތީހެއްޔެވެ!

20 ޖޫން 2017
ސަރުކާރުގެ ތެރޭގައި ހަމަ ރަނގަޅަށްވެސް ހަމަ ނުޖެހުން އޮތީހެއްޔެވެ!
23 މެއި 2017

ތިންބާރު ވަކިވުމުން ކަން ހިނގާގޮތް އޮޅިއްޖެއެވެ!

23 މެއި 2017
ތިންބާރު ވަކިވުމުން ކަން ހިނގާގޮތް އޮޅިއްޖެއެވެ!
11 މެއި 2017

މޯބައިލް ފޯނު ފޭރުން އާއްމުވެފައި

11 މެއި 2017
މޯބައިލް ފޯނު ފޭރުން އާއްމުވެފައި
08 މެއި 2017

ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

08 މެއި 2017
ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!
17 އެޕްރީލު 2017

ގަދަބާރުން ހޯދޭނެ އިތުބާރެއް ނޯންނާނެ!

17 އެޕްރީލު 2017
ގަދަބާރުން ހޯދޭނެ އިތުބާރެއް ނޯންނާނެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު