Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖަޕާނުން ރަޝިޔާއާ ދެކޮޅަށް ފިޔަވަޅުއެޅުން

ރަޝިޔާއިން ބޯޓުދެލި އެތެރެކުރުން ނިމުމަކަށް ގެނެސް، ޖަޕާނުން ރަޝިޔާއާ ދެކޮޅަށް އިތުރު ފިޔަވަޅުތަކެއް އަޅަނީ

ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝީޑާ ވިދާޅުވީ، ރަޝިޔާއިން ހިންގަމުންދާ ޖަރީމާތަކަށް މައާފެއް ނެތްކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 9 އެޕްރީލު 2022 | ހޮނިހިރު 02:29
މި ނިންމުމާއެކު ޖަޕާނުގެ ހަކަތަ އުފެއްދުމުގެ ނިޒާމަށް ބަދަލުތަކެއް އަންނާނެ

މި ނިންމުމާއެކު ޖަޕާނުގެ ހަކަތަ އުފެއްދުމުގެ ނިޒާމަށް ބަދަލުތަކެއް އަންނާނެ

ޔޫކްރެއިންގެ އާންމު ރައްޔިތުންނަށް އަމާޒުކޮށް ރަޝިޔާއިން ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު އަމަލުތަކުގެ ސަބަބުން, ރަޝިޔާއިން ބޯޓުދެލި އެތެރެކުރުން ހުއްޓާލައި އިތުރު ފިޔަވަޅުތައް އަޅަން ނިންމާފައިވާކަމަށް ޖަޕާނުން ހާމަކޮށްފިއެވެ.

އެގޮތުން ރަޝިޔާގެ 8 ޑިޕްލޮމެޓެއް ޖަޕާނުން ފޮނުވާލުމަށް ހަމަޖެހިފައިވާކަމަށް ޖަޕާނުން ވަނީ ބުނެފައެވެ. ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާދޭން ފެށުމާއެކު ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ އެމެރިކާއާއި ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކާ ޖަޕާނުން މިބައިވެރިވީ ހަނގުރާމައިގެ ޖަރީމާތަކެއް ރަޝިޔާއިން ހިންގަމުންދާކަމަށް ބުނެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝީޑާ ވިދާޅުވީ ރަޝިޔާއިން ހިންގަމުންދާ ޖަރީމާތަކަށް މައާފެއް ނެތްކަމަށެވެ.

ޖަޕާނު އޮތީ ޔޫކްރެއިންގެ ރައްޔިތުންނާއެކު ކަމަށާއި, ޖަޕާނުން ދުވަހަކުވެސް ރަޝިޔާގެ މިއަމަލުތައް ގަބޫލުނުކުރާނެކަން ބައިނަލްއަގުވާމީ މުޖުތަމައުއަށް ސާފުކޮށްދެއްވާކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

މީގެކުރިން ޖަޕާނުން ވަނީ ރަޝިޔާގެ 8 ޑިޕްލޮމެޓުން އެގައުމުން ފޮނުވާލާކަން ހާމަކޮށްފައެވެ. ޖަޕާނުން ރަޝިޔާއާ ދެކޮޅަށް އަޅާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ ރަޝިޔާއިން އުފައްދާ ބައެއް ތަކެތި އެތެރެކުރުން މަނާކުރުމާއި ރަޝިޔާ ސަރުކާރުގެ އިސްވެރިންގެ އެސެޓްތައް ފްރީޒްކުރުމެވެ.

ޖަޕާނަކީ ދުނިޔޭގައި ތިން ވަނައަށް އެންމެ ގިނަ އަދަދަކަށް ބޯޓު ދެލި އެތެރެކުރާ ގައުމެވެ. އެހެންކަމުން ޖަޕާނުގެ މިނިންމުމާއެކު އެގައުމުގައި ހަކަތަ އުފައްދާގޮތަށް ބަދަލުތަކެއް އަންނާނެއެވެ.

ޖަޕާނުގެ ޓްރޭޑް މިނިސްޓަރ ވިދާޅުވީ ރަޝިޔާއިން އެތެރެކުރާ ބޯޓުދެލި މަޑުމަޑުން މަދުކުރަމުން ގެންދާނެކަމަށާއި, ބޯޓު ދެލި އެތެރެކުރެވޭނެ އިތުރު ގޮތްތައް ޖަޕާނުން ހޯދާނެކަމަށެވެ.

ޑާޓާތަކުން ހާމަވާގޮތުގައި 2021 ވަނަ އަހަރު ޖަޕާނަށް އެތެރެކުރި ބޯޓުދެލީގެ 11 އިންސައްތަ ހިއްސާކުރަނީ ރަޝިޔާއެވެ. އަނެއްކޮޅުން ޖަޕާނަކީ 2021 ވަނަ އަހަރު ރަޝިޔާއިން ފަސް ވަނައަށް އެންމެ ގިނައިން ކްރޫޑް އޮއިލާއި ނެޗުރަލް ގޭސް އެތެރެކުރި ގައުމެވެ.

މިނިސްޓަރ ވިދާޅުވީ މިބަދަލާއެކު ޖަޕާނުގެ އެކި އިންޑަސްޓްރީތަކަށް ދިމާވާނެ ދަތިތައް ހައްލުކުރެއްވުމަށް މަސައްކަތްކުރައްވާނެކަމަށެވެ.

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2017

ސޫރިޔާގައި ރަޝިޔާއިން ދިން ޙަމަލާއެއްގައި 53 މީހުން މަރުވެއްޖެ

27 ނޮވެމްބަރު 2017
ސޫރިޔާގައި ރަޝިޔާއިން ދިން ޙަމަލާއެއްގައި 53 މީހުން މަރުވެއްޖެ
12 ނޮވެމްބަރު 2017

ކެޓަލޯނިއާގެ މައްސަލަ: ވަކިވެ ގަތުމުގެ ރޫހު ނިމުމަކަށް ގެންނާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވެއްޖެ

12 ނޮވެމްބަރު 2017
ކެޓަލޯނިއާގެ މައްސަލަ: ވަކިވެ ގަތުމުގެ ރޫހު ނިމުމަކަށް ގެންނާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވެއްޖެ
19 އޮކްޓޯބަރު 2017

ކެންޔާގެ ރިޔާސީ އިންތިޚާބު އަލުން ބޭއްވުމަށްޓަކައި ގެންނަން ޖެހޭ އިސްލާހުތައް ގެނެސްފިނަމަ ބައިވެރިވެވަޑައިގަތުމާމެދު ވިސްނާނަން: ރައިލާ އޮޑިންގާ

19 އޮކްޓޯބަރު 2017
ކެންޔާގެ ރިޔާސީ އިންތިޚާބު އަލުން ބޭއްވުމަށްޓަކައި ގެންނަން ޖެހޭ އިސްލާހުތައް ގެނެސްފިނަމަ ބައިވެރިވެވަޑައިގަތުމާމެދު ވިސްނާނަން: ރައިލާ އޮޑިންގާ
12 އޮކްޓޯބަރު 2017

މަސްތުވާތަކެއްޗާއި ދެކޮޅަށް ފިލިޕީންސް ފުލުހުން ހިންގި އޮޕަރޭޝަން ނިމުމަކަށް

12 އޮކްޓޯބަރު 2017
މަސްތުވާތަކެއްޗާއި ދެކޮޅަށް ފިލިޕީންސް ފުލުހުން ހިންގި އޮޕަރޭޝަން ނިމުމަކަށް
21 ޖުލައި 2017

ރަޝިޔާ އާއި އެމެރިކާގެ ރައީސުން ޖީ20 ސަމިޓްގައި "ސިއްރު" ބައްދަލުވުމެއް ބޭއްވި ކަމަށް ދެކެވޭ ވާހަކަ ރަޝިޔާއިން ދޮގުކޮށްފި

21 ޖުލައި 2017
ރަޝިޔާ އާއި އެމެރިކާގެ ރައީސުން ޖީ20 ސަމިޓްގައި "ސިއްރު" ބައްދަލުވުމެއް ބޭއްވި ކަމަށް ދެކެވޭ ވާހަކަ ރަޝިޔާއިން ދޮގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު