Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާނުގެ ސިޔާސީ މަސްރަހު

ޕާކިސްތާންގެ މަޖިލިސް އުވާލެއްވީ ގާނޫނާ ޚިލާފަށްކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

7 އެޕްރީލު 2022 | ބުރާސްފަތި 16:42

ދެ ދުވަސްތެރޭގައި މަޖިލިސް އަލުން ހުޅުވުމަށް ކޯޓުން ވަނީ އަންގާފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 7 އެޕްރީލު 2022 | ބުރާސްފަތި 16:42
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން އެގައުމުގެ ގާނޫނު ހަދާ މަޖިލިސް އުވާލެއްވީ ގާނޫނާ ޚިލާފަށް ކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ވަނީ މަޖިލިސް އުވާލާފައިވަނީ ގާނޫނާ ޚިލާފަށްކަމަށް ނިންމައި, ދެ ދުވަސްތެރޭގައި މަޖިލިސް އަލުން ހުޅުވުމަށް މެމްބަރުންނަށް އަންގާފައެވެ.

ޕާކިސްތަނުގެ ގާނޫނު ހަދާ މަޖިލިސް އުވާލާފައި ވަނީ ބޮޑުވަޒީރު އިމްރާން ޚާންގެ އިތުބާރުނެތްކަމުގެ ވޯޓު ނަގަންއުޅެ އެކަން މަޖިލީހުން ބޭރުކޮށްލި ދުވަސްކަމަށްވާ މިހަފްތާގެ އާދީއަތަ ދުވަހުއެވެ..މަޖިލީހުގެ މަސައްކަތްތައް އަލުން ފަށައިފިނަމަ ބޮޑުވަޒީރުގެ އިތުބާރުނެތްކަމުގެ ވޯޓުނެގުމުގެ ކަންތައް ކުރިއަށްގެންދަން ޖެހޭނެއެވެ.

މަޖިލީހުގެ އަޣުލަބިއްޔަތު އިމްރާން ޚާނަށް މިހާރު ގެއްލިފައިވާއިރު، އިތުބާރުނެތްކަމުގެ ވޯޓު ނަގައިފިނަމަ މަގާމު ގެއްލުން ވަރަށްގާތެވެ.

ސުޕްރީމްކޯޓުން ވަނީ މަޖިލީހުގައި އިމްރާން ޚާންގެ އިތުބާރުނެތްކަމުގެ ވޯޓުނަގަން ފުރުސަތު ނުދީ އެމައްސަލަ ބޭރުކޮށްލާފައި ވަނީވެސް ގާނޫނާ ޚިލާފަށްކަމަށް ބުނެފައެވެ. މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިމްރާން ޚާންގެ ޕާޓީގެ މެމްބަރު ވަނީ, އޭނާގެ އިތުބާރު ނެތްކަމުުގެ ވޯޓުނަގަން މަސައްކަތްކުރަނީ ބޭރުގެ ނުފޫޒުން ކަމަށާއި, އެއީ ގާނޫނާ ޚިލާފުކަމެއް ކަމަށް ބުނެ މައްސަލަ ބޭރުކޮށްލާފައެވެ.

އިމްރާން ޚާން ގެ ގޮވާލެއްވުމަށް ޕާކިސްތާންގެ މަޖިލިސް އުވާލެވުނީ އޭގެ ފަހުންނެވެ. އަލުން އިންތިޚާބް ބޭއްވުމަށްވެސް އޭނާވަނީ ގޮވާލައްވާފައެވެ.

ޕާކިސްތާނުގެ ސިޔާސީ މަސްރަހު ހޫނުވެފައިވާއިރު މީގެ ސަބަބުން އެގައުމަށް އިގުތިސާދީ އަދި އިޖުތިމާއީ ގޮންޖެހުންތަކާ ކުރިމަތިލާން ވަނީ ޖެހިފައެވެ.މިގޮތުން ގައުމުގެ ފޮރިން ރިޒަރވް ދަށްވެ ބުރާސްފަތިދުވަހުވެސް ޕާކިސްތާން ފައިސާގެ އަގު ވަރަށް ބޮޑަށް ދަށަށް ވެއްޓިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

23 ޑިސެމްބަރު 2017

ގާނޫނާއި ޚިލާފަށް ބަޖެޓް ބޭނުންކޮށްގެން 8000 އަށްވުރެ ގިނަ މީހުންނަށް ޗައިނާއިން އަދަބު ދީފި

23 ޑިސެމްބަރު 2017
ގާނޫނާއި ޚިލާފަށް ބަޖެޓް ބޭނުންކޮށްގެން 8000 އަށްވުރެ ގިނަ މީހުންނަށް ޗައިނާއިން އަދަބު ދީފި
22 ޑިސެމްބަރު 2017

ކެޓަލޯނިއާގެ ޤަނޫނު ހަދާ މަޖިލިސް އަނެއްކާ ވެސް ވަކިވެގަންނަން ބޭނުންވާ ޕާޓީތަކަށް

22 ޑިސެމްބަރު 2017
ކެޓަލޯނިއާގެ ޤަނޫނު ހަދާ މަޖިލިސް އަނެއްކާ ވެސް ވަކިވެގަންނަން ބޭނުންވާ ޕާޓީތަކަށް
28 ސެޕްޓެމްބަރު 2017

ވެރިކަމަށް ކުރިމަތިލެވޭ އުމުރުގެ މައްސަލާގައި ޔުގާންޑާގެ މަޖިލިސް ހޫނުވެއްޖެ

28 ސެޕްޓެމްބަރު 2017
ވެރިކަމަށް ކުރިމަތިލެވޭ އުމުރުގެ މައްސަލާގައި ޔުގާންޑާގެ މަޖިލިސް ހޫނުވެއްޖެ
25 ސެޕްޓެމްބަރު 2017

ޖަޕާނުގެ ޤާނޫނު ހަދާ މަޖިލިސް އުވާލުމަށް ބޮޑުވަޒީރު އަބޭ ނިންމަވައިފި

25 ސެޕްޓެމްބަރު 2017
ޖަޕާނުގެ ޤާނޫނު ހަދާ މަޖިލިސް އުވާލުމަށް ބޮޑުވަޒީރު އަބޭ ނިންމަވައިފި
05 އޯގަސްޓު 2017

ވެނެޒުއޭލާގެ ގާނޫނު ހަދާ އާ މަޖިލިސް އިފްތިތާހް ކޮށްފި

05 އޯގަސްޓު 2017
ވެނެޒުއޭލާގެ ގާނޫނު ހަދާ އާ މަޖިލިސް އިފްތިތާހް ކޮށްފި
04 އޯގަސްޓު 2017

ވެނެޒުއޭލާގެ އާ ގާނޫނު ހަދާ މަޖިލިސް އިފްތިތާހް ކުރުން ހުއްޓުވުމަށް ކޯޓަށް!

04 އޯގަސްޓު 2017
ވެނެޒުއޭލާގެ އާ ގާނޫނު ހަދާ މަޖިލިސް އިފްތިތާހް ކުރުން ހުއްޓުވުމަށް ކޯޓަށް!
28 ޖުލައި 2017

އާ ގާނޫނު ހަދާ މަޖިލިސް އިންތިޚާބާ ދިމާކޮށް އެކަމަށް އެއްވެސް "ހުރަސް" އެޅޭ މުޒާހަރާއެއް ކުރުން ވެނެޒުއޭލާގައި މަނާކޮށްފި

28 ޖުލައި 2017
އާ ގާނޫނު ހަދާ މަޖިލިސް އިންތިޚާބާ ދިމާކޮށް އެކަމަށް އެއްވެސް "ހުރަސް" އެޅޭ މުޒާހަރާއެއް ކުރުން ވެނެޒުއޭލާގައި މަނާކޮށްފި
19 ޖުލައި 2017

އާ ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް ހޮވުން ކުރިއަށް ދާނެ: ވެނެޒުވޭލާ ސަރުކާރު

19 ޖުލައި 2017
އާ ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް ހޮވުން ކުރިއަށް ދާނެ: ވެނެޒުވޭލާ ސަރުކާރު
25 މާރިޗު 2017

މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް

25 މާރިޗު 2017
މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް
04 ޖެނުއަރީ 2017

ބަންގްލަދޭޝް މަޖިލިސް މެމްބަރެއް ގަޔަށް ބަޑިޖަހާ އަވާހަރަކޮށްލައިފި

04 ޖެނުއަރީ 2017
ބަންގްލަދޭޝް މަޖިލިސް މެމްބަރެއް ގަޔަށް ބަޑިޖަހާ އަވާހަރަކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް