Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔުގާންޑާ

ވެރިކަމަށް ކުރިމަތިލެވޭ އުމުރުގެ މައްސަލާގައި ޔުގާންޑާގެ މަޖިލިސް ހޫނުވެއްޖެ

28 ސެޕްޓެމްބަރު 2017 | ބުރާސްފަތި 07:41

ވެރިކަން ކުރާ ޕާޓީން ހުށަހަޅާފައިވަނީ 75 އަހަރުން މަތީގެ މީހުންނަށް ވެރިކަން ކުރެވޭ ގޮތަށް ޤާނޫނު އަސާސީ ބަދަލު ކުރުމަށް

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 28 ސެޕްޓެމްބަރު 2017 | ބުރާސްފަތި 07:41
ބުދަ ދުވަހު ބޭއްވި ޔުގާންޑާގެ ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ހަމަނުޖެހުން ހިންގަނީ

ބުދަ ދުވަހު ބޭއްވި ޔުގާންޑާގެ ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ހަމަނުޖެހުން ހިންގަނީ

ޔުގަންޑާގައި ވެރިކަމަށް ކުރިމަތިލެވޭ އުމުރާ ގުޅޭ ބިލެއް ހުށަހެޅުމާ އެކު އެޤައުމުގެ ޤާނޫނު ހަދާ މަޖިލިސް ހޫނުވެއްޖެ އެވެ.

ޔުގާންޑާގެ ޤާނޫނު އަސާސީ ބުނާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ކުރިމަތިލެވޭ އެންމެ މަތީ އުމުރަކީ 75 އަހަރެވެ.

މިހާރު އެޤައުމުގެ ވެރިކަމުގައި ހުންނެވި ޒަމާންވީ ލީޑަރ ޔޮވޭރީ މުސެވެނީ އަށް 73 އަހަރު ވެފައިވާއިރު، ދެން އެޤައުމުގައި ރިޔާސީ އިންތިޚާބެއް އޮންނާނީ 2021 ވަނަ އަހަރު އެވެ. ޤާނޫނު އަސާސީގައިވާ ގޮތުގެ މަތިން މިހާރު ވެރިކަމުގެ ފަސްވަނަ ދައުރު ފުރުއްވަމުން ގެންދަވާ މުސެވެނީ އަށް އިތުރު ދައުރަކަށް ކުރިމައްޗެއް ނުލެވޭނެ އެވެ.

އެމާއްދާ އުވާލުމަށް ޔުގަންޑާގައި ވެރިކަން ކުރާ ނޭޝަނަލް ރެޒިސްޓެންސް މޫވްމަންޓް އިން ޤާނޫނު ހަދާ މަޖިލީހަށް ހުށަހެޅި ބިލާ ގުޅިގެން މަޖިލިސް ހޫނުވެފައިވާއިރު، މިބަދަލަކީ ޚުދުމުޚްތާރު ލީޑަރ މުސެވެނީ ހަވަނަ ދައުރަކަށް ކުރިމަތިލެވޭނެ ގޮތް ހެދުމަށް ހުށަހެޅި އިސްލާހެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

މިމައްސަލާގައި ބޭއްވި ޤާނޫނު ހަދާ މަޖިލީހުގެ ދެ ޖަލްސާ ވެސް ހަމަނުޖެހުމަކަށް ބަދަލުވެގެން ދިޔައިރު، މިމައްސަލާގައި ޙައްޤުތަކަށް މަސައްކަތް ކުރާ ފަރާތްތަކާއި، އިދިކޮޅު ސިޔާސީ ފަރާތްތަކުގެ އިތުރުން ދީނީ ލީޑަރުން ވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ.

މި އިސްލާހާ ގުޅިގެން އަންގާރަ ދުވަހު ބޭއްވި ފުރަތަމަ ޖަލްސާގެ ކުރިން ޔުގާންޑާގެ ވެރިރަށް ކަމްޕާލާގައި އިދިކޮޅު ފަރާތްތަކާއި ކިޔަވާކުދިން ކުރި މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށް، 19 މީހަކު ހައްޔަރުކޮށްފައެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި އެޤައުމުގެ އިދިކޮޅު ލީޑަރެއް ކަމަށްވާ ކީޒާ ބެސިގިޔޭ ހިމެނެއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ޤާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެގަތުމަށް އެއްވުމުގެ ބައިވެރިންނަށް ހިތްވަރުދިން ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެ އެވެ. ކަމްޕަލާގެ އިތުރުން ޔުގާންޑާގެ އެކި ހިސާބުތަކުގައި މިކަމާ ދެކޮޅަށް މުޒާހަރާކޮށްފައިވާ ކަމަށް އެޤައުމުގެ މީޑީއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ.

ބުދަ ދުވަހު ބޭއްވި ދެވަނަ ޖަލްސާ ހޫނުވެ، މެމްބަރުންގެ މެދުގައި އަޑުގަދަކޮށް، މާރާމާރި ހިންގައި ހަމަނުޖެހުންތައް އިތުރުވުމާ ގުޅިގެން ޖަލްސާ ކުރިއަށް ގެންގޮސްފައި ވަނީ ސަލާމަތީ އޮފިސަރުންގެ އެހީތެރިކަމާއެކު ރިޔާސަތުން ނަން އިއްވި 25 މެމްބަރަކު މަޖިލީހުގެ ތަޅުމުން ބޭރު ކުރުމަށް ފަހު އެވެ.

ހަމަނުޖެހުންތަކާ އެކު ވެސް، ބުދަ ދުވަހު ބޭއްވި ޖަލްސާއިން ޤާނޫނު ހަދާ މަޖިލީހުގެ އިދިކޮޅު ލީޑަރު އަދި ފޯރަމް ފޯ ޑިމޮކްރެޓިކް ޗޭންޖްގެ މެމްބަރު ވިނީ ކީޒާ ވޯކް-އައުޓް ކުރުމާއެކު، ވެރިކަން ކުރާ ޕާޓީން ބޭނުންވި ގޮތަށް މަޖިލީހުން ވަނީ އެއިސްލާހު ފާސްކޮށްފައެވެ. މަޖިލީހުގެ ޖަލްސާއިން ނުކުމެވަޑައިގެންނެވުމަށް ފަހު ކީޒާ ވިދާޅުވީ، މުސެވެނީގެ އުމުރު ދުވަހުގެ ވެރިކަމުގެ ޕްރޮޖެކްޓްގައި ބައިވެރިވާން ބޭނުން ނުވާ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން މިއިސްލާހާ ދެކޮޅު ހެއްދެވި ނަމަވެސް، މުސެވެނީގެ ސަޕޯޓަރުން ވަނީ ޤާނޫނު އަސާސީ މިހާރު އޮތީ ދޮށީ އުމުރުގެ މީހުންނާ މެދު ތަފާތުކުރުން ގެންގުޅެވޭ ގޮތަށް ކަމަށް ބުނެ، އެކަމަށް ތާޢީދު އޮތްކަން ހާމަކޮށްފަ އެވެ.

އިސްލާހަށް ތާޢީދުކުރެއްވި މަޖިލީހުގެ މެމްބަރު މޫސާ ބަލޭކޫ ވަނީ، މީހެއްގެ އުމުރަކީ ޔޫގަންޑާގެ އެއްވެސް ރައްޔިތަކަށް އެޤައުމުގައި ވެރިކަން ކުރުމަށް ލިބޭ ޙައްޤާއި މިނިވަން ކަމަށް އޮތް ހުރަހަކަށް ވެގެން ނުވާނެ ކަމަށް ޤަބޫލްކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ޔުގާންޑާގެ ދާޚިލީ މިނިވަން ކަމަށް މަސައްކަތްކުރި އިދިކޮޅު ހަނގުރާމަވެރި ޖަމާއަތުގެ ލީޑަރެއްގެ ގޮތުގައި އެޤައުމުގައި ބާރު ހޯއްދެވި މުސެވެނީ އެޤައުމު ހިންގެވުމާއި ހަވާލުވެވަޑައިގެންފައި ވަނީ 1986ވަނަ އަހަރު އެވެ. ދިހަ އަހަރަށް ފަހު މުސެވެނީގެ ރިޔާސާތުގެ ދަށުން ފުރަތަމަ ފަހަރަށް އެޤައުމުގައި އިންތިޚާބެއް ބާއްވާފައި ވަނީ 1996 ވަނަ އަހަރު އެވެ. އެއިންތިޚާބު ކާމިޔާބުކޮށް ޔުގާންޑާގެ ރައީސްގެ އިންތިޚާބުވެ، ފުރަތަމަ ދެ ދައުރު ފުރިހަމަ ކުރުމަށް ފަހު، 2005 ވަނަ އަހަރު މުސެވެނީ ވަނީ ޤާނޫނު އަސާސީގެ ދަށުން އެޤައުމުގެ ވެރިކަމުގެ ދައުރު ކަނޑައެޅުމުގެ މާއްދާއަށް އިސްލާހު ގެނެސް، ވެރިކަމުގައި އިތުރަށް ހުންނެވޭނެ ގޮތަށް ޤާނޫނު ބަދަލުކޮށްފަ އެވެ. މިހާރު މުސެވެނީ ފުރުއްވަމުން ގެންދަވަނީ ވެރިކަމުގެ ފަސްވަނަ ދައުރެއެވެ.

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

15 ނޮވެމްބަރު 2017

މުގާބޭ ވެރިކަމުން ފައިބަނީ، ވަގުތީ ގޮތުން ވެރިކަމަށް ނަންގަގްވާ!

15 ނޮވެމްބަރު 2017
މުގާބޭ ވެރިކަމުން ފައިބަނީ، ވަގުތީ ގޮތުން ވެރިކަމަށް ނަންގަގްވާ!
07 ނޮވެމްބަރު 2017

ސައުދީ ކޮރަޕްޝަންގެ މައްސަލާގައި މީހުން ހައްޔަރު ކުރުމަކީ ފެށުމެއް: އެޓާނީ ޖެނެރަލް

07 ނޮވެމްބަރު 2017
ސައުދީ ކޮރަޕްޝަންގެ މައްސަލާގައި މީހުން ހައްޔަރު ކުރުމަކީ ފެށުމެއް: އެޓާނީ ޖެނެރަލް
04 ނޮވެމްބަރު 2017

ކޮރަޕްޝަންގެ މައްސަލާގައި އާޖެންޓީނާގެ ކުރީގެ ނައިބު ރައީސް ހައްޔަރުކޮށްފި

04 ނޮވެމްބަރު 2017
ކޮރަޕްޝަންގެ މައްސަލާގައި އާޖެންޓީނާގެ ކުރީގެ ނައިބު ރައީސް ހައްޔަރުކޮށްފި
21 އޮކްޓޯބަރު 2017

މިއުނިކްގައި ވަޅި ޖެހުމުގެ މައްސަލާގައި މީހަކު ހައްޔަރުކޮށްފި

21 އޮކްޓޯބަރު 2017
މިއުނިކްގައި ވަޅި ޖެހުމުގެ މައްސަލާގައި މީހަކު ހައްޔަރުކޮށްފި
09 އޮކްޓޯބަރު 2017

އުތުރު ކޮރެއާ މައްސަލާގައި ހިމެނޭ ހުރިހާ ފަރާތްތައް ހަމަޖެހިގެން ތިބުމަށް ރަޝިޔާ އިން ގޮވާލައިފި

09 އޮކްޓޯބަރު 2017
އުތުރު ކޮރެއާ މައްސަލާގައި ހިމެނޭ ހުރިހާ ފަރާތްތައް ހަމަޖެހިގެން ތިބުމަށް ރަޝިޔާ އިން ގޮވާލައިފި
07 އޯގަސްޓު 2017

އެމެރިކާގެ ނައިބު ރައީސް ވެރިކަމަށް ކުރިމަތިލައްވަން މަސައްކަތްޕުޅު ކުރައްވާ ވާހަކަ އަމަނިކުފާނު ދޮގުކުރައްވައިފި

07 އޯގަސްޓު 2017
އެމެރިކާގެ ނައިބު ރައީސް ވެރިކަމަށް ކުރިމަތިލައްވަން މަސައްކަތްޕުޅު ކުރައްވާ ވާހަކަ އަމަނިކުފާނު ދޮގުކުރައްވައިފި
31 ޖުލައި 2017

އުުތުރު ކޮރެއާ މައްސަލާގައި އދ ގެ ސެކިޔުރިޓީ ކައުންސިލްގެ ބައްދަލުވުމަކަށް ގޮވާނުލާނެ: އެމެރިކާ

31 ޖުލައި 2017
އުުތުރު ކޮރެއާ މައްސަލާގައި އދ ގެ ސެކިޔުރިޓީ ކައުންސިލްގެ ބައްދަލުވުމަކަށް ގޮވާނުލާނެ: އެމެރިކާ
22 ޖޫން 2017

ގަތަަރުގެ މައްސަލާގައި ސައުދީގެ އާ ވަލީއަހުދާއި ރައީސް ޓްރަމްޕް މަޝްވަރާކުރައްވަފި

22 ޖޫން 2017
ގަތަަރުގެ މައްސަލާގައި ސައުދީގެ އާ ވަލީއަހުދާއި ރައީސް ޓްރަމްޕް މަޝްވަރާކުރައްވަފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
13 ޖެނުއަރީ 2017

ބަން ކީ މޫން އެނބުރި އުފަން ގައުމަށް، ވެރިކަމަށް ކުރިމަތިލައްވާނެ ކަމަށް ބެލެވޭ

13 ޖެނުއަރީ 2017
ބަން ކީ މޫން އެނބުރި އުފަން ގައުމަށް، ވެރިކަމަށް ކުރިމަތިލައްވާނެ ކަމަށް ބެލެވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް