Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ވެނެޒުއޭލާ

ވެނެޒުއޭލާގެ ގާނޫނު ހަދާ އާ މަޖިލިސް އިފްތިތާހް ކޮށްފި

ރައީސް މަޑޫރޯއާ އިދިކޮޅު ސިޔާސީ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 5 އޯގަސްޓު 2017 | ހޮނިހިރު 09:45
ރައީސް ނިކޮލަސް މަޑޫރޯ، އެމަނިކުފާނަށް ވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައި

ރައީސް ނިކޮލަސް މަޑޫރޯ، އެމަނިކުފާނަށް ވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައި

ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމަށްޓަކައި އަލަށް އިންތިޚާބު ކުރި ގާނޫނު ހަދާ މަޖިލިސް އިފްތިތާހްކޮށްފިއެވެ.

ގާނޫނު ހަދާ މަޖިލިސް އިފްތިތާހްކުރުން އޮތީ ހުކުރު ދުވަހު ވެރިރަށް ކަރާކަސް ގައެވެ. ވެނެޒުއޭލާގެ އާ ގާނޫނު ހަދާ މަޖިލީހުގައި ރައީސް ނިކޮލަސް މަޑޫރޯގެ އަނބިކަނބަލުންނާއި އަދި ފިރިހެން ދަރިފުޅު ވެސް ހިމެނެއެވެ. ގާނޫނު ހަދާ މަޖިލީހުގައި 545 މެމްބަރުން ހިމެނެއެވެ.

ވެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމަށްޓަކައި އަލަށް އިންތިޚާބު ކުރި ގާނޫނު ހަދާ މަޖިލިސް އިފްތިތާހްކުރުން ހުއްޓުވުމަށް އެދި އެގައުމުގެ ޕްރޮސިކިއުޓަރުގެ އޮފީހުން ކޯޓަށް ވެސް ހުށަހެޅިއެވެ. އެހެން ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. ހުކުރު ދުވަހު ބޭއްވި ގާނޫނު ހަދާ އާ މަޖިލިސް އިފްތިތާހް ކުރުމުގެ ރަސްމިއްޔާތު ހުއްޓުވުމަށް އެދި ކޯޓަށް ހުށަހެޅީ އިންތިޚާބުގައި މަކަރު ހެދި ކަމަށް ބުނެއެވެ. ވެނެޒުއޭލާގެ ޗީފް ޕްރޮސިކިއުޓަރު ދަނީ އިންތިޚާބުގައި މަކަރު ހެދި ކަމަށް ކުރެވޭ ތުހުމަތު ތަހުގީގު ކުރަމުންނެވެ. ރައީސް ނިކޮލަސް މަޑޫރޯ ވަނީ އިންތިޚާބުގައި މަކަރުު ހެދި ކަމަށް ކުރެވޭ ތުހުމަތު ދޮގުކުރައްވާފައެވެ.

ގާނޫނު ހަދާ މަޖިލީހުގެ އާ ރައީސް ކަމަށް ނޮމިނޭޓްކުރައްވާފައި ވަނީ ކުރީގެ ފޮރިން މިނިސްޓަރު ޑެލްސީ ރޮޑްރިގޭޒް އެވެ. އެ މަޖިލީހުގެ ބައްދަލުވުމެއް ހޮނިހިރު އޮންނާނެއެވެ. ރޮޑްރިގޭޒް ވިދާޅުވެފައި ވަނީ ރައީސް މަޑޫރޯއާ އިދިކޮޅު ސިޔާސީ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

އާ ގާނޫނު ހަދާ މަޖިލިސް އިންތިޚާބާ ބެހޭ ގޮތުން އެމެރިކާގެ ސްޓޭޭޓް ޑިޕާޓްމަންޓުން ބުނެފައި ވަނީ އެކަމަކީ ޚުދުމުހުތާރު ވެރިކަމަކާ ދިމާލަށް އެޅުނު ފިޔަވަޅެއް ކަމަށެވެ. އިންތިޚާބުގެ ކުރިންނާއި އަދި އިންތިޚާބަށް ފަހު ވެސް ވެނެޒުއޭލާގައި ބޭއްވުނު އިންތިޅާބަށް ދަނީ އިންތިހާ އަށް ފާޑުކިޔުން އަމާޒުވެފައެވެ. ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބާ ބޭހޭ ގޮތުން އާރޖެންޓީނާ، ކެނެޑާ، ކޮލަމްބިއާ، މެކްސިކޯ އަދި އެމެރިކާ އިން ބުނެފައި ވަނީ އެ އިންތިޚާބު ބަލައިނުގަންނަ ކަމަށެވެ. ވެނެޒުއޭލާ އިން އަލުން ގާނޫނު އަސާސީ އެކުލަވާލުމަށް ކުރާ މަސައްކަތާ ގުޅިގެން އެމެރިކާ އިން ވަނީ އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަަށް ވެސް އިންޒާރުދީފައެވެ. ވެނެޒުއޭލާގެ ފޮރިން މިނިސްޓަރު ސެމިއުއެލް މޮންކަޑާ މިކަމާ ބެހޭ ގޮތުން ވިދާޅުވެފައި ވަނީ ގާނޫނު އަސާސީ އަލުން އެކުލަވާލުމަށްޓަކައި ބަޔަކު އިންތިޚާބު ކުރުމަކީ އެގައުމަށް ލިބެގެންވާ ސިޔާސީ މިނިވަންކަމުގެ ތަރަހައިގެ ތެރެއިން ލިބިދޭ ހައްގެއް ކަމަށެވެ.

ވެނެޒުއޭލާގެ ސިޔާސީ މަސްރަހު ހަަލަބޮލިވެފައިވާ އިރު ރައްޔިތުން ބޭއްވި ތަފާތު މުޒާހަރާތަކުގައި މިދިޔަ އޭޕްރިލް އިން ފެށިގެން އެގައުމުގައި މަދުވެގެން 122 މީހުން މަރުވެ އަދި 2,000 އާ ގާތްކުރާ އަދަދަކަަށް މީހުން މަރުވެފައިވެއެވެ.

އިތުރަށް ކިޔާލަން

19 އެޕްރީލު 2017

ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި

19 އެޕްރީލު 2017
ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި
12 އެޕްރީލު 2017

ގާނޫނު ހަދާ މަޖިލިހުގެ އަޑަކަށް ވާން ވާނީ ރައްޔިތުންގެ އަޑު: ދެކުނު އެފްރިކާގެ ކުރީގެ ރައީސް ތާބޯ އެމްބެކީ

12 އެޕްރީލު 2017
ގާނޫނު ހަދާ މަޖިލިހުގެ އަޑަކަށް ވާން ވާނީ ރައްޔިތުންގެ އަޑު: ދެކުނު އެފްރިކާގެ ކުރީގެ ރައީސް ތާބޯ އެމްބެކީ
02 އެޕްރީލު 2017

ކުރުދީންގެ ދިދަ ނެގުން އިރާގު ޤާނޫނުހަދާ މަޖްލީހުން މަނާކޮށްފި

02 އެޕްރީލު 2017
ކުރުދީންގެ ދިދަ ނެގުން އިރާގު ޤާނޫނުހަދާ މަޖްލީހުން މަނާކޮށްފި
01 އެޕްރީލު 2017

ޕެރަގުއާއީ ގެ ގާނޫނު ހަދާ މަޖިލީހުގައި ރޯކޮށްލައިފި

01 އެޕްރީލު 2017
ޕެރަގުއާއީ ގެ ގާނޫނު ހަދާ މަޖިލީހުގައި ރޯކޮށްލައިފި
25 މާރިޗު 2017

މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް

25 މާރިޗު 2017
މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު