Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޗައިނާގެ ސެންޓްރަލް ބަޖެޓް

ގާނޫނާއި ޚިލާފަށް ބަޖެޓް ބޭނުންކޮށްގެން 8000 އަށްވުރެ ގިނަ މީހުންނަށް ޗައިނާއިން އަދަބު ދީފި

މީގެ ކުރިން  ވަނީ ޚިޔާނާތުގެ ތުހުމަތުގައި 1.3 މިލިއަން އޮފިޝަލުންނަށް އަދަބު ދީފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 23 ޑިސެމްބަރު 2017 | ހޮނިހިރު 21:51
ޗައިނާގެ ސަރުކާރުގެ އޮޑިޓް އޮފީހުގެ ވެރިޔާ ހޫ ޒެޖަން

ޗައިނާގެ ސަރުކާރުގެ އޮޑިޓް އޮފީހުގެ ވެރިޔާ ހޫ ޒެޖަން

2016 ވަނަ އަހަރަށް ކަނޑައެޅި ޗައިނާގެ މަރުކަޒީ ބަޖެޓުން ގާނޫނާއި ޚިލާފަށް ފައިސާ ބޭނުންކޮށްގެން 8،123 މީހަކަށް އަދަބު ދީފައިވާކަމަށް އެ ގައުމުން ބުނެފިއެވެ.

ޒިންހުއާ ނޫސް އެޖެންސީން ބުނެފައިވަނީ 2016 ވަނަ އަހަރުގެ ބަޖެޓު ފައިސާއިން ގާނޫނާއި ޚިލާފު ކަންތައްތަކެއް ހިންގާފައިވާކަން ހާމަވެގެންދިޔައީ އޮޑިޓްކުރުމުން ކަމަށެވެ. ޗައިނާގެ ނެޝަނަލް އޮޑިޓް އޮފީހުގެ ވެރިޔާ ހޫ ޒެޖަން ހުކުރުދުވަހު ޗައިނާގެ ޕާލަމެންޓަށް ދެއްވި ބަޔާނެއްގައި ވިދާޅުވީ 8123 މީހުންނަށް އަދަބު ދީފައިވާކަމަށެވެ.

ހޫ ވިދާޅުވީ 8123 މީހުންގެ ތެރެއިން އަދަބު ދީފައިވާ 970 މީހުންނަކީ ޗައިނާއިން 2020 ވަނަ އަހަރުގެ ނިޔަލަށް އެގައުމުން ފަގީރުން މަދުކުރުމަށް ހިންގާ ކެންޕެއިނަށް ކަނޑައެޅި ފައިސާއަށް ޚިޔާނާތްތެރިވި މީހުން ކަމަަށެވެ. އަދި 1363 މީހުންނަކީ ޗައިނާގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަނޑައެޅި ބަޖެޓުގެ ފައިސާ އަށް ޚިޔާނާތްތެރިވި މީހުންކަމަށް ހޫ ވަނީ ވިދާޅުވެފައެވެ.

ގާނޫނާއި ޚިލާފަށް ބަޖެޓް ބޭނުންކޮށްގެން 8،123 މީހަކަށް އަދަބު ދީފައިވާކަމަށް ހޫ ވިދާޅުވިނަމަވެސް ދީފައިވަނީ ކިހާވަރެއްގެ އަދަބެއްކަމެއް ވިދާޅެއް ނުވެއެވެ.

ޗައިނާގައި ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ ތެރޭގައި ތިބިކަމަށް ބުނާ ޚިޔާނާތުގެ ތުހުމަތު ކުރެވޭ އޮފިޝަލުން ބޭރުކުރުމަށް ކުރާ މަސައްކަތުގައި މީގެ ކުރިން ވަނީ 1.3 މިލިއަން އޮފިޝަލުންނަށް އަދަބުދީފައެވެ. އޭގެ ތެރެއިން ބައެއް އޮފިޝަލުން ދިގު މުއްދަތަކަށް ޖަލަށް ލާފައިވާއިރު އަނެއްބައި އޮފިޝަލުން ވަނީ ތަހުގީގަށް ގޭ ބަންދުކޮށްފައެވެ.

ކޮރަޕްޝަން އިންތިހާއަށް ބޮޑުވެފައިވާ ޗައިނާގައި ކޮރަޕްޝަން ނައްތާލުމަށް މުހިއްމު މަސައްކަތްތަކެއް ކުރަމުންދާކަމަށް ރައީސް ޝީ ޖިންގްޕިންގ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނަރވް އެޖެންޓް ބޭނުންކޮށްގެން ޙަމަލާދިން ރަޝިޔާގެ ޖާސޫސުގެ ޙާލު އަންނަނީ ރަނގަޅުވަމުން: އިނގިރޭސިވިލާތް

ނަރވް އެޖެންޓް ބޭނުންކޮށްގެން ޙަމަލާދިން ރަޝިޔާގެ ޖާސޫސުގެ ޙާލު އަންނަނީ ރަނގަޅުވަމުން: އިނގިރޭސިވިލާތް

06 އެޕްރީލު 2018
ބަޖެޓް ފާސްކުރުމުގައި އެއްބަސްވުމަކަށް ގޮސް އެމެރިކާ ސަރުކާރު ބަންދުން ވީއްލިއްޖެ

ބަޖެޓް ފާސްކުރުމުގައި އެއްބަސްވުމަކަށް ގޮސް އެމެރިކާ ސަރުކާރު ބަންދުން ވީއްލިއްޖެ

22 ޖެނުއަރީ 2018
ބަޖެޓް ފާސްކޮށްނުދީގެން އެމެރިކާ ސަރުކާރު ހުއްޓުމަކަށް!

ބަޖެޓް ފާސްކޮށްނުދީގެން އެމެރިކާ ސަރުކާރު ހުއްޓުމަކަށް!

20 ޖެނުއަރީ 2018
އދ. ގެ ބަޖެޓް ކުޑަކުރުމުން އެމެރިކާއިން ތައުރީފުކޮށްފި

އދ. ގެ ބަޖެޓް ކުޑަކުރުމުން އެމެރިކާއިން ތައުރީފުކޮށްފި

25 ޑިސެމްބަރު 2017
އދ. ގެ ނިންމުމާއި ޚިލާފަށް ގުއަޓެމާލާގެ އެމްބަސީ ގުދުސް އަށް ބަދަލުކުރަން ނިންމައިފި

އދ. ގެ ނިންމުމާއި ޚިލާފަށް ގުއަޓެމާލާގެ އެމްބަސީ ގުދުސް އަށް ބަދަލުކުރަން ނިންމައިފި

25 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު