Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވެނެޒުއޭލާ

ވެނެޒުއޭލާގެ އާ ގާނޫނު ހަދާ މަޖިލިސް އިފްތިތާހް ކުރުން ހުއްޓުވުމަށް ކޯޓަށް!

4 އޯގަސްޓު 2017 | ހުކުރު 07:24

އާ ގާނުނު ހަދާ މަޖިލީހެއް އިންތިޚާބު ކުރީ އަލުން ގާނޫނު އަސާސީ އެކުލަވާލުމަށްޓަކައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 4 އޯގަސްޓު 2017 | ހުކުރު 07:24
ވެނެޒުއޭލާގައި ދަނީ ބޮޑެތި ހަމަނުޖެހުންތައް ހިނގަމުން

ވެނެޒުއޭލާގައި ދަނީ ބޮޑެތި ހަމަނުޖެހުންތައް ހިނގަމުން

ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމަށްޓަކައި އަލަށް އިންތިޚާބު ކުރި ގާނޫނު ހަދާ މަޖިލިސް އިފްތިތާހްކުރުން ހުއްޓުވުމަށް އެދި އެގައުމުގެ ޕްރޮސިކިއުޓަރުގެ އޮފީހުން ކޯޓަށް ހުށަހަޅައިފިއެވެ.

ހުކުރު ދުވަހު ބާއްވާ އާ މަޖިލިސް އިފްތިތާހް ކުރުމުގެ ރަސްމިއްޔާތު ހުއްޓުވުމަށް އެދި ކޯޓަށް ހުށަހެޅީ އިންތިޚާބުގައި މަކަރު ހެދި ކަމަށް ބުނެއެވެ. ވެނެޒުއޭލާގެ ޗީފް ޕްރޮސިކިއުޓަރު ދަނީ އިންތިޚާބުގައި މަކަރު ހެދި ކަމަށް ކުރެވޭ ތުހުމަތު ތަހުގީގު ކުރަމުންނެވެ. ރައީސް ނިކޮލަސް މަޑޫރޯ ވަނީ އިންތިޚާބުގައި މަކަރުު ހެދި ކަމަށް ކުރެވޭ ތުހުމަތު ދޮގުކުރައްވާފައެވެ.

އާ މަޖިލިސްގެ އިންތިޚާބަށް ވޯޓިން ސިސްޓަމް ފޯރުކޮށްދިން ފާމަކުން ވެސް ވަނީ އިންތިޚާބުގެ ނަތީޖާ އޮޅުވާލި ކަމަށް ތުހުމަތުކޮށްފައެވެ. ގާނޫނު ހަދާ އާ މަޖިލީހުގެ އިންތިޚާބު ބޭއްވި ސަބަބުތަކެއް އެބަހުއްޓެވެ.

ރައީސް މަޑޫރޯ ގައުމުގައި ހަމަނުޖެހުން ހިނގާ ކަމަށް ގަބޫލުފުޅު ކުރައްވައެވެ. ސަރުކާރުގެ އެކި ވުޒާރާތަކުގެ މެދުގައި ގުޅުމާއި އެއްބާރުލުން އޮންނަން ޖެހޭ ވަރަށް ނެތްކަންވެސް ގަބޫލުފުޅު ކުރައްވައެވެ. ގައުމުގެ ހަމަޖެހުން ގާއިމު ކުރައްވައި އަދި ދައުލަތުގެ ވުޒާރާތަކުގެ މެދުގައި އެއްބައިވަންތަކަން ގާއިމު ކުރުމަށްޓަކައި މަޑޫރޯ ވިދާޅުވަމުން ގެންދެވީ އަލުން ގާނޫނު އަސާސީ އެކުލަވާލުމަށް ބޭނުންވާ ކަމަށެވެ. އެކަމަށްޓަކައި ގާނޫނު އަސާސީ އެކުލަވާލުމަށް ގާނުނު ހަދާ މަޖިލީހެއް ބޭނުންވާ ކަަމަށެވެ.

ވެނެޒުއޭލާގެ ނެޝަނަލް އިލެކްޓޯރަލް ކައުންސިލުން ބުނެފައި ވަނީ ރައީސް ނިކޮލަސް މަޑޫރޯގެ ވެރިކަންކުރާ ސޯޝަލިސްޓް ޕާޓީއަށް ގާނޫނު އަސާސީ އެކުލަވާލާ މަޖިލީހެއް ވުޖޫދަށް ގެނައުމަށް އަށް މިލިއަނަށް ވުރެ ގިނަ މީހުން އާނބަސް ދީފައިވާ ކަމަށެވެ. ކައުންސިލުގެ ރައީސް ޓިބިސޭ ލުސެނާ އިއުލާން ކުރައްވާފައި ވަނީ ވޯޓު ލާން ނިކުތް މީހުންގެ އަދަދަކީ 41.53 އިން ސައްތަ ކަމަށެވެ. އިންތިޚާބުގެ ނަތީޖާ އާއި ގުޅޭ ގޮތުން ރައީސް މަޑޫރޯ ވިދާޅުވެފައި ވަނީ އިންތިޚާބަކީ އިންގިލާބަށް ލިބުނު ކާމިޔާބެއް ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ ވޯޓުލާން ނިކުމެފައި ވަނީ ދެތިން މިލިއަނެއްހާ މީހުން ކަމަށެވެ. މިނިވަން އިތުބާރު ކުރެވޭ ދިރާސާއެއްގައި ބުނެފައި ވަނީ ވޯޓުލާން ނިކުމެފައި ވަނީ 3.6 މިލިއަނެއްހާ މީހުން ކަމަށެވެ.

ވެނެޒުއޭލާގެ ސިޔާސީ މަސްރަހު ހަަލަބޮލިވެފައިވާ އިރު ރައްޔިތުން ބޭއްވި ތަފާތު މުޒާހަރާތަކުގައި މިދިޔަ އޭޕްރިލްއިން ފެށިގެން އެ ގައުމުގައި މަދުވެގެން 122 މީހުން މަރުވެ އަދި 2000 އާ ގާތްކުރާ އަދަދަކަަށް މީހުން މަރުވެފައިވެއެވެ.

އިތުރަށް ކިޔާލަން

19 އެޕްރީލު 2017

ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި

19 އެޕްރީލު 2017
ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި
12 އެޕްރީލު 2017

ގާނޫނު ހަދާ މަޖިލިހުގެ އަޑަކަށް ވާން ވާނީ ރައްޔިތުންގެ އަޑު: ދެކުނު އެފްރިކާގެ ކުރީގެ ރައީސް ތާބޯ އެމްބެކީ

12 އެޕްރީލު 2017
ގާނޫނު ހަދާ މަޖިލިހުގެ އަޑަކަށް ވާން ވާނީ ރައްޔިތުންގެ އަޑު: ދެކުނު އެފްރިކާގެ ކުރީގެ ރައީސް ތާބޯ އެމްބެކީ
02 އެޕްރީލު 2017

ކުރުދީންގެ ދިދަ ނެގުން އިރާގު ޤާނޫނުހަދާ މަޖްލީހުން މަނާކޮށްފި

02 އެޕްރީލު 2017
ކުރުދީންގެ ދިދަ ނެގުން އިރާގު ޤާނޫނުހަދާ މަޖްލީހުން މަނާކޮށްފި
01 އެޕްރީލު 2017

ޕެރަގުއާއީ ގެ ގާނޫނު ހަދާ މަޖިލީހުގައި ރޯކޮށްލައިފި

01 އެޕްރީލު 2017
ޕެރަގުއާއީ ގެ ގާނޫނު ހަދާ މަޖިލީހުގައި ރޯކޮށްލައިފި
25 މާރިޗު 2017

މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް

25 މާރިޗު 2017
މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް
10 މާރިޗު 2017

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި
08 މާރިޗު 2017

ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި

08 މާރިޗު 2017
ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި
14 ފެބުރުއަރީ 2017

ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

14 ފެބުރުއަރީ 2017
ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
04 ޖެނުއަރީ 2017

ބަންގްލަދޭޝް މަޖިލިސް މެމްބަރެއް ގަޔަށް ބަޑިޖަހާ އަވާހަރަކޮށްލައިފި

04 ޖެނުއަރީ 2017
ބަންގްލަދޭޝް މަޖިލިސް މެމްބަރެއް ގަޔަށް ބަޑިޖަހާ އަވާހަރަކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް