Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރޭޑިއަންޓް ވަރުގަދަ ކުރުން

ކުޑައްޓޭ ރޭޑިއަންޓަށް ކުޅެން އެއްބަސްވެއްޖެ

7 އެޕްރީލު 2022 | ބުރާސްފަތި 02:59

ކުޑައްޓޭއަކީ ނިއުރޭޑިއަންޓްގެ ލެޖެންޑެއް

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 7 އެޕްރީލު 2022 | ބުރާސްފަތި 02:59
ކުޑައްޓޭ ރޭޑިއަންޓަށް ސޮއިކުރުމަށްފަހު: ފޮޓޯ-ރޭޑިއަންޓް

ކުޑައްޓޭ ރޭޑިއަންޓަށް ސޮއިކުރުމަށްފަހު: ފޮޓޯ-ރޭޑިއަންޓް

ނިއުރޭޑިއަންޓް ސަސްޕެންޑްކޮށްފައިވާތީ އެކްލަބްގެ ސަޕޯޓަރުން އެއްތަންކުރުމަށް އުފެއްދި ރޭޑިއަންޓަށް ކުޅެން މުޙައްމަދު ޝިފާން (ކުޑައްޓޭ) ސޮއިކޮށްފިއެވެ.

ނިއުރޭޑިއަންޓުން ކެރިއަރު ފަށާ, އެކްލަބްގައި ކާމިޔާބު ކެރިއަރެއް ހޭދަކުރި މިޑްފީލްޑަރ ވަނީ ތިންވަނަ ޑިވިޝަންގައި ރޭޑިއަންޓަށް ކުޅެން އެއްބަސްވެފައެވެ. ކުޑައްޓޭއަކީ ނިއުރޭޑިއަންޓް އޭއެފްސީކަޕް ސެމީފައިނަލަށް ދަތުރުކުރިއިރު މުހިއްމު ކުޅުންތެރިއެކެވެ. ސާފް ޗެމްޕިއަންޝިޕް 2008 ވަނަ އަހަރު ހޯދި ޓީމްގައިވެސް ކުޑައްޓޭގެ ދައުރު ބޮޑެވެ. ފަހުން އޭނާ ފެނުނީ ވިކްޓްރީންނެވެ. ކުޑައްޓޭއަކީ ނިއުގެ ނުލާއި ހުދުގެ ޖަރޒީން ގަލޮޅު ދަނޑަށް ނިކުމެ, ރާއްޖޭގެ އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރެއިން ޖާގަ ހޯދި ކުޅުންތެރިއެކެވެ. ޑިފެންސިވް މިޑްފީލްޑަރެއްގެ އިތުރުން ކުޑައްޓޭއަކީ މޮޅު ޑިފެންޑަރެކެވެ. އެކަމަކު އޭނާ އަލުން ޖަރޒީ މިލަނީ ކުޅުން ހުއްޓާލައިގެން ހުރުމަށްފަހުއެވެ. ކުޑައްޓޭ ދެފަހަރެއްގެ މަތީން 9 އަހަރު ނިއުރޭޑިއަންޓަށް ކުޅެ, އެކްލަބްގެ ސަޕޯޓަރުންގެ ހިތްތަކުން ޖާގަ ހޯދިއެވެ.

ރޭޑިއަންޓުން ވަނީ ނިއުރޭޑިއަންޓާއެކު ކާމިޔާބު ހޯދި ކުޅުންތެރިޔާ އަދި ކޯޗު ސޮބާހު މުޙައްމަދު ކޯޗަކަށް ހަމަޖައްސާފައެވެ. އަދި ނިއުރޭޑިއަންޓްގެ ކުރީގެ ކެޕްޓަން އަހުމަދު މުޙައްމަދު (އައްމަޑޭ) ކުޅުންތެރިއެއްގެ ގޮތުގައާއި އެސިސްޓެންޓް ކޯޗުގެ ގޮތުގައި ހަމަޖައްސާފައެވެ. ނިއުރޭޑިއަންޓްގައި ކުޅުންތެރިންނަށް ދޭންޖެހޭ މުސާރައާއި, ޖޫރިމަނާ ހިމެނޭ ގޮތަށް ބޮޑު ދަރަންޏެއް އެބައޮތެވެ. އެހެންކަމުން އެކްލަބް އަބުރާ ގެނައުމަކީ އުނދަގޫ ކަމެކެވެ. ރޭޑިއަންޓަކީ ނިއުރޭޑިއަންޓް ނެތުމުގެ ފަޅުކަމަށް ކޮންމެސް ހައްލެއް ގެނައުމަށް ނިއުރޭޑިއަންޓްގެ ސަޕޯޓަރުންގެ ތެރެއިން ބަޔަކު އުފެއްދި ކްލަބެކެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

15 މާރިޗު 2017

ބާސާ އަށް ދެން ބަދަލުނުވާނަން، ކުޅެން ބޭނުމީ އިދިކޮޅަށް: ޑެނީ އަލްވޭޒް

15 މާރިޗު 2017
ބާސާ އަށް ދެން ބަދަލުނުވާނަން، ކުޅެން ބޭނުމީ އިދިކޮޅަށް: ޑެނީ އަލްވޭޒް
14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
23 ފެބުރުއަރީ 2017

ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި

23 ފެބުރުއަރީ 2017
ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި
19 ފެބުރުއަރީ 2017

އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ

19 ފެބުރުއަރީ 2017
އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ
09 ފެބުރުއަރީ 2017

ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ

09 ފެބުރުއަރީ 2017
ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ
03 ފެބުރުއަރީ 2017

ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި

03 ފެބުރުއަރީ 2017
ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި
01 ފެބުރުއަރީ 2017

ހިލޭޖެހުން ނަގަން ފަރިތަ ނުކުރާކަމަށް ޑޭވިޑް ލުއިޒް އެއްބަސްވެއްޖެ

01 ފެބުރުއަރީ 2017
ހިލޭޖެހުން ނަގަން ފަރިތަ ނުކުރާކަމަށް ޑޭވިޑް ލުއިޒް އެއްބަސްވެއްޖެ
30 ޖެނުއަރީ 2017

މާސޭއަށް ޕަޔެޓް ވިއްކާލުމަށް ވެސްޓްހަމް އިން އެއްބަސްވެއްޖެ

30 ޖެނުއަރީ 2017
މާސޭއަށް ޕަޔެޓް ވިއްކާލުމަށް ވެސްޓްހަމް އިން އެއްބަސްވެއްޖެ
20 ޖެނުއަރީ 2017

ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ

20 ޖެނުއަރީ 2017
ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް