Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިސާމް މަޤާމުން އިސްތިއުފާ ދެއްވުން

މަޤާމުން އިސްތިއުފާ ދިނީ އަމިއްލަ ސަބަބުތަކަށްޓަކައި - ވިސާމް

މިއަދުގެ ސަރުކާރުން ތަރައްޤީއަށްޓަކައި ކުރައްވަމުން އަންނަ ކަންކަަމަށް ތައުރީފު ޙައްގު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 6 އެޕްރީލު 2022 | ބުދަ 06:59
މެލޭޝިޔާއަށް ދިވެހިރާއްޖެއިން ކަނޑައެޅުއްވި ސަފީރު ވިސާމް ޢަލީ

މެލޭޝިޔާއަށް ދިވެހިރާއްޖެއިން ކަނޑައެޅުއްވި ސަފީރު ވިސާމް ޢަލީ

ސަފީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކަށްޓަކައި ކަމަށް ރާއްޖެއިން މެލޭޝިއާއަށް ކަނޑައެޅުއްވި ސަފީރު ވިސާމް އަލީ ވިދާޅުވެއްޖެއެވެ.

ވިސާމް އިސްތިއުފާ ދެއްވީ އަންގާރަ ދުވަހުއެވެ. އިސްތިއުފާއާއި ގުޅޭ ގޮތުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކަމަނާ ސަފީރުކަމުގެ މަޤާމުން އިސްތިއުފާދެއްވީ އަމިއްލަ ސަބަބުތަކަށްޓަކައި ކަމަށެވެ. އަދި މިއަދުގެ ސަރުކާރުން ތަރައްޤީއަށްޓަކައި ކުރައްވަމުން އަންނަ ކަންކަަމަށް ތައުރީފު ޙައްގު ކަމަށާއި، މި ފުރުޞަތުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަށް ޝުކުރު ދަންނަވާ ކަމަށެވެ.

މެލޭޝިޔާގައި ހުންނަވާ ރާއްޖޭގެ ސަފީރު ވިސާމް އަލީ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މަގާމުގައި ހުންނަވާ ވިސާމް ކޮށްދެއްވާފައިވާ ޚިދުމަތްތަކަށް ޝުކުރުއަދާކުރައްވާ ކަމަށެވެ. މިނިސްޓަރު ޝާހިދުގެ މިޓްވީޓް ރިޓްވީޓް ކުރައްވާ ވިސާމް ވިދާޅުވީ މަގާމުގައި ހުންނެވިއިރު ޝާހިދު ދެއްވި އެއްބާރުލުމާއި، އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ޝާހިދުގެ ލީޑަރޝިޕްގެ ދަށުން މަސައްކަތް ކުރައްވަން ލިބިވަޑައިގަތުމަކީ ޝަރަފެއް ކަމަށެވެ.

ވިސާމް މެލޭޝިޔާގެ ސަފީރުކަމަށް އައްޔަނުކުރައްވާފައިވަނީ 2019 ވަނަ އަހަރުގެ މާރޗް މަހުގެ 26 ވަނަ ދުވަހުއެވެ.

ސަފީރުކަން ކުރެއްވުމުގެ ކުރިން ވިސާމް ވަނީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ގޮނޑި ފުރުއްވާފައެވެ. ވިސާމަކީ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޑީއާރުޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ އަނބިކަނބަލުންނެވެ.

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

އެމްޑީޕީގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއްދިނީ ދީނީ ވަހުދަތު އާލާކުރަން:އަމީރު

24 ފެބުރުއަރީ 2017
އެމްޑީޕީގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއްދިނީ ދީނީ ވަހުދަތު އާލާކުރަން:އަމީރު
23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
22 ފެބުރުއަރީ 2017

ބިޝާމްއާ މެދު ހިތްހަމަނުޖެހިގެން ޕީޖީގެ ފުންނާބު އުސް ދެ ވަކީލަކު އިސްތިއުފާ ދީފި

22 ފެބުރުއަރީ 2017
ބިޝާމްއާ މެދު ހިތްހަމަނުޖެހިގެން ޕީޖީގެ ފުންނާބު އުސް ދެ ވަކީލަކު އިސްތިއުފާ ދީފި
15 ފެބުރުއަރީ 2017

ރައީސް ނަޝީދާ ވާދަކުރަން ޖެހިލުން ވުމަކީ އަމިއްލައަށް ބަލި ޤަބޫލު ކުރުން:ރިޔާޒް

15 ފެބުރުއަރީ 2017
ރައީސް ނަޝީދާ ވާދަކުރަން ޖެހިލުން ވުމަކީ އަމިއްލައަށް ބަލި ޤަބޫލު ކުރުން:ރިޔާޒް
07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު