Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގަތަރު-ރާއްޖެ

ގަތަރާ ގުޅުން ކަނޑާލި މައްސަލައަށް ބަހުސްނުކޮށް މަޖިލީހުން ބޭރުކޮށްލައިފި

ބަހުސް ކުރަން ފެންނަ ކަމަށް ވޯޓް ދެއްވީ 22 މެމްބަރުން

ހުސެން ފިޔާޒް
ހުސެން ފިޔާޒް | 7 ޖޫން 2017 | ބުދަ 10:52
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހުގެ ޖަލްސާއެއްގައި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހުގެ ޖަލްސާއެއްގައި

ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލި މައްސަލައިގައި ބަހުސްކުރަން ނުފެންނަ ކަމަށް ފާސްކޮށް، އެ މައްސަލަ ރައްުޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.

މަތިވެރީ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ހުށަހެޅުއްވި މި މައްސަލަ މަޖިލީހުގައި ބަހުސް ކުރަން ފެނޭތޯ ނެގި ވޯޓުގައި ފެންނަ ކަމަށް 22 މެމްބަރުން ވޯޓް ދެއްވިއިރު، ބަހުސް ކުރަން ފެނިވަޑައިނުގަންނަވާ ކަމަށް 40 މެމްބަރުން ވޯޓް ދެއްވި އެވެ.

ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މަތިވެރީ ދާއިރާގެ މެމްބަރު ހުށަހެޅުއްވި މި މައްސަލައިގައި ބުނެފައިވަނީ ގަތަރާ ގުޅުން ކަނޑާލުމުން ދިވެހި ރައްޔިތުންނަށް ލިބޭނެ ގެއްލުމެއް ކަމަށާއި އެހެންވެ މައްސަލަ ހުށަހެޅުއްވީ އެކަން ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ކަމަށެވެ.

ގަތަރަކީ އިސްލާމީ ގައުމަކަށް ވެފައި ކުރިން ސުރެ ގާތް ގުޅުމެއް އޮންނަ އަދި ރާއްޖޭގެ ތަރައްގީ އަށް ގިނަ މަސައްކަތްތަކެއް ކޮށްދެމުން އަންނަ ގައުމެއް ކަމަށް ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ. ގަތަރަކީ އިސްލާމީ ގައުމަކަށް ވެފައި، ރާއްޖެއިިން އެ ގައުމާ ގުޅުން ކަނޑާލުމަކީ ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖޭގެ ނަން ކިނލަބުވެގެންދާނެ ކަމެއް ކަމަށް ވެސް މައްސަލައިގައި ބުނެފައި ވެއެވެ.

ޖޫން 5 ވަނަ ދުވަހު ދިވެހިރާއްޖެއިން ގަތަރާ ގުޅުން ކަނޑާލީ، ސައުދީ އާއި އަރަބި ބައެއް ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލުމާ ގުޅިގެންނެވެ.

މިހާތަނަށް ގަތަރާ ގުޅުން ކަނޑާލާފައި ވަނީ ރާއްޖެއާ އެކު ޖުމުލަ ހަތް ގައުމަކުންނެވެ.

ގަތަރާ ގުޅުން ކަނޑާލި މައްސަލައިގައި ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެފައި ވަނީ ރާއްޖެ އަކީ ޓެރަރިޒަމާއި ހައްދުފަހަނަ އެޅުމުގެ ފިކުރަށް ހިތްވަރު ދޭ ގައުމެއް ނޫން ކަމަށާއި އެފަދަ ކަންކަމަށް ހިތްވަރުދީ ވާގިވެރިވާ ފަރާތްތަކަށް ވެސް ތާއިދު ނުކުރާ ކަމަށެވެ.

ގަތަރާ ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1984 ގަ އެވެ. ގަތަރާއި ރާއްޖޭގެ ގުޅުމަށް 33 އަހަރުވެފައިވާއިރު، އެ ގުޅުން ކުއްލި އަކަށް ކަނޑާލީ، ދެ ގައުމުގެ ގުޅުން ބަދަހި ކުރަން މަޝްވަރާކުރެވުނުތާ 13 ގަޑިއިރު ފަހުންނެވެ.

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

ޑރ އަފްރާޝީމާއި، ރިލްވާންގެ މައްސަލައަށް ސަރުކާރުން ސަމާލުކަން ދޭނަމަ ހާމަކުރެވޭނެ މައުލޫމާތު ހުންނާނެ: ރިޔާޒް

24 އެޕްރީލު 2017
ޑރ އަފްރާޝީމާއި، ރިލްވާންގެ މައްސަލައަށް ސަރުކާރުން ސަމާލުކަން ދޭނަމަ ހާމަކުރެވޭނެ މައުލޫމާތު ހުންނާނެ: ރިޔާޒް
21 އެޕްރީލު 2017

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ބޭނުންވާ 42 ވޯޓު ހަމަވެއްޖެ: އެމްޕީ ފައްޔާޒް

21 އެޕްރީލު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ބޭނުންވާ 42 ވޯޓު ހަމަވެއްޖެ: އެމްޕީ ފައްޔާޒް
03 އެޕްރީލު 2017

ކަނޑާލި އިނާޔަތްތައް އަނބުރާ މަޚުލޫފަށް ދޭން ޖެހިއްޖެ

03 އެޕްރީލު 2017
ކަނޑާލި އިނާޔަތްތައް އަނބުރާ މަޚުލޫފަށް ދޭން ޖެހިއްޖެ
03 އެޕްރީލު 2017

ފިރިހެން ކުއްޖަކާއެކު ގަދަކަމުން ޖިންސީގުޅުން ހިންގި މީހަކު ވޭމަންޑޫން ހައްޔަރުކޮށްފި

03 އެޕްރީލު 2017
ފިރިހެން ކުއްޖަކާއެކު ގަދަކަމުން ޖިންސީގުޅުން ހިންގި މީހަކު ވޭމަންޑޫން ހައްޔަރުކޮށްފި
22 މާރިޗު 2017

ރާއްޖެޓީވީއަށް އިންޒާރުދިން މައްސަލައަށް 20 ދުވަސް، ތަހުގީގު ދަނީ ކުރިއަށް: ޕޮލިސް

22 މާރިޗު 2017
ރާއްޖެޓީވީއަށް އިންޒާރުދިން މައްސަލައަށް 20 ދުވަސް، ތަހުގީގު ދަނީ ކުރިއަށް: ޕޮލިސް
13 މާރިޗު 2017

ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި

13 މާރިޗު 2017
ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި
13 މާރިޗު 2017

ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ

13 މާރިޗު 2017
ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ
26 ފެބުރުއަރީ 2017

މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލައަށް ބަހުސް ކުރުން މާދަމާ

26 ފެބުރުއަރީ 2017
މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލައަށް ބަހުސް ކުރުން މާދަމާ
17 ފެބުރުއަރީ 2017

މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން

17 ފެބުރުއަރީ 2017
މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު