Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާޒްގެ ރައްދު

ޑރ އަފްރާޝީމާއި، ރިލްވާންގެ މައްސަލައަށް ސަރުކާރުން ސަމާލުކަން ދޭނަމަ ހާމަކުރެވޭނެ މައުލޫމާތު ހުންނާނެ: ރިޔާޒް

ކުރީގެ މައުލޫމާތުތައް ރައީސް ޔާމީނަށް ހޯއްދަވާ ހާމަކުރެއްވޭނެ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 24 އެޕްރީލު 2017 | ހޯމަ 20:39
ރިޔާޒް: ކުރީގެ ޕޮލިސް ކޮމިޝަނަރ

ރިޔާޒް: ކުރީގެ ޕޮލިސް ކޮމިޝަނަރ

ލާއިންސާނީ އަނިޔާތަކަކާއެކު މަރާލާފައިވާ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ އަފްރާޝީމް އަލީއާއި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން ޢަބްދުﷲގެ މަރާމެދު ސަރުކާރުން ސަމާލުކަން ދޭނަމަ މިހާރު ރައްޔިތުންނަށް ހާމަ ކުރެވޭނެ އިތުރު މައުލޫމާތު ހުންނަން ވާނެ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރ އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރ ޢަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ ކަންވެސް ކުރައްވާ ރިޔާޒް މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ 60 މިނިޓްގެ ތެރެއިން ވާހަކަ ދައްކަވަމުންނެވެ.

ރިޔާޒް ވިދާޅުވީ އެބޭފުޅާ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމްގައި ހުންނަވައިގެން ޑރ އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގެ ތަހުގީގް ކުރިއަށް ގެންދެވީ ލިބެންހުރި ހުރިހާ ވަސީލަތެއް ބޭނުން ކުރައްވައިގެން ކަމަށާއި އޭރު ލިބުނު ހުރިހާ މައުލޫމާތެއް ފުލުހުންގެ އިދާރާގައި ހުންނާނެ ކަމަށެވެ.

އެފަދަ މައުލޫމާތު ހުރިއްޔާ ފުލުހުންގެ ކުރީގެ ވެރިން ހާމަ ނުކުރެއްވީ ކީއްވެތޯ ރައީސް ޔާމީން ވިދާޅުވި ވިދާޅުވުމަށް އިޝާރާތް ކުރައްވާ ރިޔާޒް ވިދާޅުވީ މިވަގުތު ޕޮލިސް ކޮމިޝަނަރއަކީ ރިޔާޒް ކަމަށް ރައީސް ޔާމީން ޤަބޫލު ކުރައްވައިގެން ނުވާނެ ކަމަށާއި މިހާރު ހުންނެވި ޕޮލިސް ކޮމިޝަނަރ މެދުވެރިކުރައްވާ ޢާއްމު ނުކުރެއްވޭނަމަ އެއީ ރައީސް ޔާމީންއާއި ސަރުކާރުގެ ފެއިލިއަރއެއް ކަމަށެވެ.

ރިޔާޒް ވިދާޅުވީ ޑރ އަފްރާޝީމް އަލީއާއި ގެއްލިފައިވާ ރިލްވާންގެ މައްސަލަ ތަހުގީގް އޭރު ކުރެވެމުންދިޔައީ އެފްބީއައިގެ އެހީތެރިކަމާވެސް އެކުގައި ކަމަށާއި އޭރު ތަހުގީގް ކުރިގޮތައް ސަމާލުކަން ދީގެން ސަރުކާރުން ބެލިނަމަ މިހާރު ރައްޔިތުންނަށް ހާމަކުރެވޭނެ ވަރަށް ގިނަ މައުލޫމާތު ހުންނަންވާނެ ކަމަށެވެ. ރިޔާޒް ވިދާޅުވީ މިސަރުކާރަށް އެސަމާލުކަން ނުދެވުމުގެ ޒިންމާއިން ރެކިވަޑައިގެން ރައީސް ޔާމީން އެހެން ފަރާތްތަކުގެ ބޮލުގައި އަޅުވަން މަސައްކަތް ކުރައްވާ ކަމަށެވެ.

ރިޔާޒް ވިދާޅުވީ އެ ދެމައްސަލައިގާ ސަރުކާރުގެ އިހުމާލު ވަރަށް ބޮޑު ކަމަށާއި މަސްއޫލިއްޔަތު އަދާކުރެވިފައި ނުވާ ކަމަށެވެ. ރިޔާޒް ވިދާޅުވީ ސަރުކާރުގެ މުއައްސަސާތަކުން އިހުމާލުވެފައިވާ މިންވަރު ބަލާނެ އިންކުއަރީ ކޮމިޝަނެއް އުފައްދަނަ ވެއްޖެ ކަމަށާއި ބޭރުގެ ފަރާތްތަކުގެ ބެލުމުގެ ދަށުން އެއިންކުއަރީ ކުރިއަށް ގެންދެވިއްޖެނަމަ ސަރުކާރުގެ އިހުމާލު ވަރަށް ބޮޑަށް ފެންނަން ހުންނާނެ ކަމަށެވެ.

ރިލްވާން މައްސަލައިގާވެސް ބޮޑެތި އިހުމާލްތައް ހުރިއިރު ރަތްކާރުގެ ތެރެއިން ފެނުނު އިސްތަށީގެ ޑީއެންއޭއަކީ ހެއްކެތްކާއި ގުޅިގެން ހައްޔަރު ކުރެވުނު މީހުންގެ ތެރެއިން އެންމެ މީހަކަށްވެސް ދައުވާ ކުރެވިފައި ނުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ރިޔާޒް ވިދާޅުވީ އަދިވެސް އެދެމައްސަލައަށް ސަރުކާރުން ސަމާލުކަމެއް ދީގެން ރަނގަޅު ތަހުގީގެއް ކުރުމަށް ގޮވާލާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 އެޕްރީލު
އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި
20224 އަހަރު ކުރިން
މީހުން

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި
20215 އަހަރު ކުރިން
ރާއްޖެ

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!
20197 އަހަރު ކުރިން
ރާއްޖެ

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ
20188 އަހަރު ކުރިން
ރާއްޖެ

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު