Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ލައިފް ސްޓައިލްބަދިގެ 1443

އެޕަލް ބިސްކަޓް ފަޖް

މި ރެސިޕީ ތައްޔާރުކޮށްލަން މާ ގިނަ ބާވަތެއް ބޭނުމެއް ނުވާނެ

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 3 އެޕްރީލު 2022 | އާދީއްތަ 08:51
އެޕަލް ބިސްކަޓް ފަޖް

އެޕަލް ބިސްކަޓް ފަޖް

މިއީ ފަސޭހައިން ތައްޔާރުކޮށްލެވިދާނެ ފޮނިކާއެއްޗެކެވެ.

އެންމެ ފުރަތަމަ އެއް އާފަލު ގާނާލުމަށްފަހު، އޭގެ ތެރެއަށް ދެ ސަމުސާ ހަކުރާއި، ސިނަމަން ޕައުޑަރ އާއި ބަޓަރު އަޅައިގެން އެއްކޮށްލާށެވެ. އެއަށްފަހު 13 މިނިޓް ވަންދެން ކައްކާށެވެ. ކައްކާނީ އާފަލްތައް މަޑުވަންދެންނެވެ. ބޭނުންވާ ވަރަށް އާފަލްތައް މަޑުވުމުން ބިސްކޯދު ފުޑުކޮށްފައި، ބިސްކޯދާއި ވޯލްނަޓް އަޅައިގެން އެއްކޮށްލާށެވެ. ދެން ޓްރޭއެއްގައި ފަތުރާލާށެވެ.

އެއަށްފަހު ބޯތައްޓަކަށް ކޯން ފްލަރ އާއި އެއް ޖޯޑު މިލްކު އަޅައިގެން ރަނގަޅަށް ގިރާލާށެވެ. ކުރިން ތައްޔާރުކޮށްފައިހުރި އާފަލް ޓްރޭގެ ޓޮޕްލޭޔަރ ތައްޔާރުކޮށްލުމަށް އާފަލެއް ކިއުބްކޮށް ކޮށާލުމަށްފަހު، ތަވައެއްގައި ބަޓަރު ކޮޅަކާއި 2 ސަމުސާ ހަކުރާއި ކުޑަ ސިނަމަން ޕައުޑަރ އަޅައިގެން މަޑު ގިނީގައި 8 ނުވަތަ 10 މިނިޓް ވަންދެން ކައްކާށެވެ. އޭރަށް އާފަލްތައް މަޑުވާނެވެ. މަޑުވުމުން އާފަލުކޮޅެއް ނަގާފައި ބަހައްޓާށެވެ. އެއީ ފަހުން ބޭނުންކޮށްލާށެވެ. ދެން ކުރިން ގިރާލި މިލްކް އާއި ހަކުރު ކޮޅެއް އަޅައިގެން އާފަލް އޮލަވަންދެން ކައްކާށެވެ. އެއަށްފަހު ކުރިން ތައްޔާރުކުރި އެޕަލް ޓްރޭގެ މައްޗަށް އަޅާލާށެވެ. ދެން ކުރިން ކިއުބްކޮށް ކެއްކި އާފަލުން އެތިކޮޅަކާއި ޗޮޕް ކޮށްފައި ހުރި ވޯލްނަޓުން ގާނިޝް ކޮށްލާށެވެ.

ބަދިގެ 1443

އިތުރަށް ކިޔާލަން

28 އެޕްރީލު 2022

ޕައިނެޕަލް ސްޓަފިން

28 އެޕްރީލު 2022
ޕައިނެޕަލް ސްޓަފިން
27 އެޕްރީލު 2022

ޒުވާރި ޕުޑިން

27 އެޕްރީލު 2022
ޒުވާރި ޕުޑިން
27 އެޕްރީލު 2022

ސޮސެޖް ބޯލްސް

27 އެޕްރީލު 2022
ސޮސެޖް ބޯލްސް
26 އެޕްރީލު 2022

ސްޕައިސީ ގްރިލްޑް ޝްރިމްޕް

26 އެޕްރީލު 2022
ސްޕައިސީ ގްރިލްޑް ޝްރިމްޕް
26 އެޕްރީލު 2022

ބަޓަރޑް ނޫޑްލްސް

26 އެޕްރީލު 2022
ބަޓަރޑް ނޫޑްލްސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު