Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަކަރާ ހީލަތުގެ މައްސަލަތައް

އެކި އުކުޅުތައް ބޭނުންކޮށްގެން މަކަރާ ހީލަތުން މުދާ ހޯދާކަމަށް ބުނާ މީހަކު ބަންދުކޮށްފި

3 އެޕްރީލު 2022 | އާދީއްތަ 07:35

އޭނާއަކީ ކުށުގެ ރެެކޯޑުވެސް އޮތް މީހެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 އެޕްރީލު 2022 | އާދީއްތަ 07:35
ކްރިމިނަލް ކޯޓް- ކްރިމިނަލް ކޯޓުގައި މި މައްސަލަ ނިންމެވީ ގާޒީ މުޙައްމަދު މިސްބާޙު

ކްރިމިނަލް ކޯޓް- ކްރިމިނަލް ކޯޓުގައި މި މައްސަލަ ނިންމެވީ ގާޒީ މުޙައްމަދު މިސްބާޙު

އެކި އުކުޅުތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދާކަމަށް ބުނާ މީހަކު ކްރިމިނަލް ކޯޓުން ބަންދުކޮށްފިއެވެ.

ކޯޓުން ބަންދު ކޮށްފައިވަނީ ކ މާލެ ޒައިދާން މުޙައްމަދު ހާޝިމްއެވެ.

Advertisement - newsAdvertisement

އެ މައްސަލައިގައި ބޭއްވި ބަންދު މަޖިލީހުގައި ފުލުހުން ބުނެފައިވަނީ، އެ ބާވަތުގެ ގިނަ މައްސަލަތަކެއް އޭނާގެ މައްޗަށް ތުހުމަތު ކުރެވިގެން ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެފަދަ މައްސަލައެއް 31 މާރޗް 2022 ވަނަ ދުވަހު ޕްރޮސިކިއުޝަނަށް ބަލައިގެންފައިވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވެއެވެ. އެގޮތުން އެ މައްސަލައަކީ ޖިނާއީ ބޮޑު މައްސަލައެއް ކަމަށާއި، އިތުރު ފަރާތަކަށް މިފަދަ ކުށެއްގެ ޝިކާރައަކަށް ވިޔަ ނުދިނުމަށްޓަކައި އޭނާ ބަންދުގައި ބަހައްޓައި ދިނުމަށް އެދޭކަމަށް ދައުލަތުން ބުނެއެވެ.

އޭގެ އިތުރުން، އޭނާ ބަދަލު ދޭންޖެހޭ އެއްވެސް ފަރާތަކަށް މިހާތަނަށް ބަދަލު ދީފައި ނުވާކަމަށް ޕީޖީ ވަކީލު ފާހަގަ ކުރައްވައެވެ.

މި މައްސަލައިގައި ފުލުހުން ފާހަގަ ކޮށްފައިވާ ގޮތުގައި "ހޯމްވޯރކް" ފިހާރައިން ބޮޑެތި ޢަދަދުތަކުން ގަނެވިއްކުމުގެ މުޢާމަލާތް އޭނާ ވަނީ ކޮށްފައެވެ. އަދި މުދަލުގެ އަގަށް ވަގުތުން ފައިސާ ދޭންޖެހޭއިރު، އޭނާގެ ނަމުގައިވެސް ނުވަތަ އޭނާގެ ކުންފުނީގެ ނަމުގައިވާ އެއްވެސް އެކައުންޓެއްގައިވެސް އެ މިންވަރަށް ފައިސާ ނެތްކަމަށް މި މައްސަލައިގެ އައިއޯއިން ވަނީ ފާހަގަކޮށްފައެވެ.

ހޯމްވޯރކް ފިހާރައިން އޮޅުވާލައިގެން ނެގިކަމަށް ބެލެވޭ ފިލާތައް ހުރީ ރަޖިސްޓްރީ ނުކުރާ ކުންފުންޏެއްގެ ނަމުގައި ވިއްކާފައިވާކަމަށް ބެލެވޭ ހެކިތަކެއް ތަހުޤީޤަށް ލިބިފައިވާކަމަށް އައިއޯއިން ވަނީ ބުނެފައެވެ. އަދި މިއީ އަނިޔާވެރިކަމެއް ހިމެނިފައިނުވާ ކުށެއް ކަމުގައި ވީނަމަވެސް، އޭނާއަކީ އެކި އެކުޅުތައް ބޭނުން ކޮށްގެން އޮޅުވާލައިގެން ތަކުރާރުކޮށް މަކަރާހީލަތް ހަދަމުންދާ މީހެއްކަމަށް ބެލެވޭކަމަށް ފުލުހުން ބުނެއެވެ.

ވުމާއެކު، އޭނާ މުޖުތަމަޢުގެ ތެރެއަށް ދޫވުމަކީ މުޖުތަމަޢުގައި އުޅޭ އަފްރާދުންނަށް ނުރައްކަލެއް އޮންނާނެ ކަމެއްގެ ގޮތުގައި ޝަރީއަތަށް ބުރަވެވޭކަން ޝަރީއަތުން ވަނީ ފާހަގަކޮށްފައެވެ. އަދި އޭނާ ފްލައިވުޑް ފިލާ ގަންނަން މުޢާމަލާތު ކޮށްފައިވަނީ އަގު އަދާކުރާނެ ގޮތެއް ނެތިކަމަށް ބުރަވެވޭކަންވެސް ޝަރީއަތުން ފާހަގަ ކުރެއެވެ.

ޝަރީއަތުން ފާހަގަކުރާ ގޮތުގައި އެ ކަންކަމުން އޭނާ މި މުޢާމަލާތް ކޮށްފައިވަނީ ކުށްކުރުމުގެ ނިޔަތުގައިކަމަށް ބެލެވެއެވެ.

އެކަންކަމާއި ގުޅިގެން އޭނާ ކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އޭނާ ބަންދުން ދޫކޮށްލާތާ 1 މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ޚަލާޞް ކުރާނެކަމަށް ވަނީ ބުނެފައެވެ. އަދި އެއީ މަދަނީ މުޢާމަލާތުތަކެއް ކަމަށާއި، ބަންދު ކޮށްފިނަމަ ފައިސާ ނުދެއްކި އިތުރަށް ލަސްވާނެކަމަށް އޭނާގެ ފަރާތުން ވަނީ ބުނެފައެވެ.

އޭނާއަކީ ކުށުގެ ރެެކޯޑުވެސް އޮތް މީހެކެވެ. ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ނިންމެވީ ގާޒީ މުޙައްމަދު މިސްބާޙުއެވެ.

މި އަޑުއެހުން ތާވަލުކޮށްފައި އޮތީ އާދިއްތަ ދުވަހުގެ ހެނދުނު 10:30 އަށެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް