Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮވިޑް-19އާއެކު ސަރުކާރުން އެޅި ފިޔަވަޅުތައް

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ރޯދަމަސް

2020 ވަނަ އަހަރުގެ ރަމަޟާން މަހު މުޅި މާލެ ސަރަހައްދު އޮތީ ލޮކްޑައުންގައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 3 އެޕްރީލު 2022 | އާދީއްތަ 04:44
ރޯދަ މަހުގެ ފުރަތަމަ ދުވަހު މާލޭގެ މަގުމަތި

ރޯދަ މަހުގެ ފުރަތަމަ ދުވަހު މާލޭގެ މަގުމަތި

2020 ވަނަ އަހަރުގެ މާރޗް މަހު ރާއްޖެއިން ކޮވިޑް-19ގެ ކޭސްތައް ފެންނަން ފެށުމާއެކު، އެއަހަރުގެ އޭޕްރީލް މަހުގެ 17 ވަނަ ދުވަހު މުޅި މާލެ ސަރަހައްދު ލޮކްޑައުންކުރިއެވެ. އެއާއެކު އާންމު ދިރިއުޅުމުގައި ކުރަމުން އައި އެތައް ކަމަކަށް ހުއްޓުން އައެވެ. އެއްވުންތައް ބޭއްވުމާއި، ބޭރަށް ނިކުމެ އުޅުމާއި އޮފީސްތައް ބަންދުކޮށް، ގޭގައި ތިބެގެން އޮންލައިންކޮށް މަސައްކަތް ކުރުންފަދަ ދަތި އެތައް ކަމަކާއި ކުރިމަތިލާން ޖެހުނެވެ. އަދި ޒަރޫރީ ބޭނުމެއްގައި ބޭރަށް ނިކުންނަން ހުއްދަ ދިން ނަމަވެސް އެއީ ވަރަށް ކުޑަ ވަގުތުކޮޅެކެވެ.

އެފަދަ ހާލަތެއްގައި އުޅެނިކޮށް އޭޕްރީލް މަހުގެ 23 ވަނަ ދުވަހު އެ އަހަރުގެ ރަމަޟާން މަސް ފެށުނެވެ. ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރެއް ނަމަވެސް މިއީ އާއިލާއާއި ރައްޓެހިންނާ ދިމާވެލައި، ހިތްހަމަޖައްސާލުމަށް ލިބޭ ފުރުސަތެއްވެސް މެއެވެ. މިގޮތުން މާހެފުންތައް ބޭއްވުމާއި، ރޯދަ ވީއްލުމާއި، ތަރާވީހަށްފަހު އާއިލާގެ އެންމެން އެކުވެލައި އުޅުން ފަދަ ކަންކަން ކުރެއެވެ. އެހެންނަމަވެސް 2020 ވަނަ އަހަރުގެ ރަަމަޟާން މަހު މިފަދަ އެއްވެސް ކަމެއް ކޮށްލުމުގެ ފުރުސަތެއް ލިބިގެނެއް ނުދިޔައެވެ. އެއަށްވުރެ ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ގޯހެވެ. އެ ދުވަސްވަރު އާއިލާގެ މީހަކާއި ބައްދަލުކޮށްލަން ބޭނުންނަމަ އެކަން ކުރެވެނީ ވީޑިއޯ ކޯލަކުންނެވެ.

އެ ދުވަސްވަރު ދިވެހިން ކުރަންޖެހުނީ އުނދަގޫ ތަޖުރިބާއެކެވެ. އެހެންނަމަވެސް ބޭރަށް ނިކުމެ ނޫޅެވުނަސް، ގެއަށް ބޭނުންވާ މުދާ ހޯދުމުގައި އެއްވެސް ކަހަލަ ދައްޗަކާއި ކުރިމަތިލާކަށް ނުޖެހުނެވެ. ރެސްޓޯރެންޓަކަށް ގޮސް ކާލާނެ ފުރުސަތު ނުލިބުނަސް ތަންތަނުން އެއްޗެހި ގެނެސްގެން ކެއުމުގެ ފުރުސަތު ލިބުނެވެ. ގޭގައި ކައްކާ އެއްޗެއް އާއިލާގެ އެހެން ގޭގެއަށް ނުފޮނުވުނަސް، ރެސްޓޯރެންޓުތަކުންނާއި، ކުދި ކުދި އޮންލައިން ވިޔަފާރިތަކުން ގެންދިޔައީ އެމީހަކު ބުނި ތަނަކަށް އެ ބޭނުންވާ އެއްޗެއް ޑެލިވަރީ ކޮށްދެމުންނެވެ. އަދި ކޮޗިޑް-19ގެ ހާލަތުގައި ރާއްޖޭގެ އިގްތިސާދަށް ކިތަންމެ ބޮޑު ހީނަރުކަމެއް އައިކަމުގައިވިޔަސް ސަރުކާރުން ގެންދިޔައީ އެއްވެސް ރައްޔިތަކަށް އެއްޗަކަށް ދަތިނުވެ އުޅެވޭކަން ޔަގީންކުރަމުންނެވެ.

އާއިލާގެ މީހަކާއި، ގާތް ރަހުމަތްތެރިއަކާވެސް ބައްދަލުނުވެ އެ އަހަރުގެ ރަމަޟާން މަސް ނިމިގެން ދިޔައީއެވެ. އެއަށްފަހު 2021 ވަނަ އަހަރުގެ ރަމަޟާން މަސް ބައްދަލުކުރިއިރުވެސް ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދެއެވެ. އެހެންނަމަވެސް ކުރިން އަޅާފައިވާ ގިނަ ފިޔަވަޅުތަކަކަށް ލުއި ދީފައިވެއެވެ. އެޗްޕީއޭއިން ކަނޑައަޅާފައިވާ އަދަދަށް މީހުން ބައިވެރިކޮށްގެން އެއްވުންތައް ބޭއްވުނެވެ. އެހެންނަމަވެސް މާސްކު އެޅުމާއި ގައިދުރުކަން ބަހައްޓަން ޖެހުނެވެ. 2021 ވަނަ އަހަރުގެ ރަމަޟާން މަހަކީ އޭގެ ކުރީ ރަމަޟާން މަހާއި އަޅާ ބަލާއިރު ފަސޭހަ ރަމަޟާން މަހެކޭ ބުނެވިދާނެއެވެ. އާއިލާގެ އެންމެން އެކުވެ އެއްވުންތައްވެސް ބޭއްވުނެވެ. އެހެންނަމަވެސް ފިޔަވަޅުތަކަކާއި އެކުއެވެ.

މިދިޔަ ދެ އަހަރާއި އަޅާ ބަލާއިރު މިއަހަރުގެ ރަމަޟާން މަސް ހާސްބައި ތަފާތެވެ. މިދިޔަ މާޗް މަހުން ފެށިގެން އެޗްޕީއޭއިން ވަނީ ކޮވިޑް-19 ގެ ހާލަތާއެކު ރާއްޖޭގައި ހިންގާފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާފައެވެ. އަދި އެއާއެކު އަޅާފައިވާ ހުރިހާ ފިޔަވަޅުތަކެއް ވެސް ވަނީ އުވާލާފައެވެ. މާސްކު އަޅަން މަޖުބޫރުނުވެ، އެއްވުންތައް ބޭއްވުމަށް ހުއްދަ ލިބިގެންދިޔައެވެ. މިއާއެކު މިއަހަރުގެ ރަމަޟާން މަސް ފެށިގެން އައީ ދިވެހިންގެ އާދައާއި އެއްގޮތަށޭ ބުނެވިދާނެއެވެ. ގިނަ އާއިލާތައް އެކުވެ މާހެފުން ބާއްވާފައިވެއެވެ. އަދި އޮފީސްތަކުގައި މާހެފުން ބޭއްވުމާއި، ރައްޓެހިންގެ މެދުގައިވެސް މާހެފުން ބާއްވާފައިވެއެވެ.

މި ހުރިހާ ކަމެއް މިހެން ހުރިއިރު މިއަހަރުގެ ރަމަޟާން މަސް ފާއިތުވި 2 އަހަރާއި އަޅާ ބަލާއިރު ތަފާތުވާނެކަން އެނގެއެވެ. ރަމަޟާން މަހުގެ ހަވީރު ވަގުތު ފިނި ބުރު ޖަހާލަން ނިކުމެވުމާއި، ރޯދަވީއްލުންތައް ބޭއްވުމާއި، ތަރާވީހަށްފަހު އެންމެން އެކުވެ އުޅުމުގެ ފުރުސަތު އެއްވެސް ދައްޗެއް ނެތި މިހާރު މިވަނީ ލިބިފައެވެ.

ކޮވިޑް-19ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު