Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވޯލްޑް ގަވަމަންޓް ސަމިޓް 2022

މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ރާއްޖެއަކީ ވިލުންތެރިކަމަށް އިސްކަންދޭ ޤައުމަކަށް ވާންޖެހޭ: މިނިސްޓަރު

ވިލުންތެރިކަން އިތުރުކުރުމަށް މުސްތަޤްބަލުގައި ކުރިމަތިވެދާނެ ކަންކަމަށް މީހުން ބިނާކޮށް ޒުވާން ޖީލު ތައްޔާރުކުރަން ޖެހޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 31 މާރިޗު 2022 | ބުރާސްފަތި 02:20
އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވޯލްޑް ގަވަމަންޓް ސަމިޓް 2022 ގައި ވާހަކަފުޅުދައްކަވަނީ

އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވޯލްޑް ގަވަމަންޓް ސަމިޓް 2022 ގައި ވާހަކަފުޅުދައްކަވަނީ

ވޯލްޑް ގަވަމަންޓް ސަމިޓް 2022 ގައި ރާއްޖޭގެ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވާހަކަފުޅުދައްކަވައިފިއެވެ.

މި ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ޔޫ.އޭ.އީގެ ދުބާއީއަށް ވަޑައިގެންނެވި ދިވެހި ވަފުދުގެ ވެރިއަކީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. މިނިސްޓަރު ޝައުނާގެ ވާހަކަފުޅުގައި ރާއްޖޭގެ ރަށްތައް ގުދުރަތީ ގޮތުން ބެހިފައި ހުރިގޮތުން ރަނގަޅު ފެންވަރުގެ ޞިއްޙީ ޚިދުމަތާއި ތަޢުލީމު ހުރިހާ ރަށަކަށް އެއް ހަމައެއްގައި ފޯރުކޮށްދިނުމަކީ ގޮންޖެހުން ބޮޑު މަސައްކަތެއްކަން ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

އަދި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ރާއްޖެއަކީ ވިލުންތެރިކަމަށް އިސްކަންދޭ ޤައުމަކަށް ވާންޖެހޭކަން މިނިސްޓަރު ޝައުނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވެސް ވިލުންތެރިކަން އިތުރުކުރުމަށް މުސްތަޤްބަލުގައި ކުރިމަތިވެދާނެ ކަންކަމަށް މީހުން ބިނާކޮށް ޒުވާން ޖީލު ތައްޔާރުކުރަންޖެހޭކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝައުނާ ވަނީ މީގެ 2 އަހަރު ކުރިން ރާއްޖޭގައި ސްކޫލް ނިންމާ ކުދިންނަށް އަތްފޯރާފަށުގައި މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ނެތްކަން ފާހަގަކުރައްވާފައެވެ. ނަމަވެސް މިހާރު މި ސަރުކާރުން މަތީ ތަޢުލީމު ހިލޭ ހޯދުމުގެ ފުރުޞަތު ފަހިކޮށްދީ މިހާތަނަށް ގާތްގަޑަކަށް 10،000 ކުދިނަށް އެފުރުޞަތު ހޯދައިދެވިފައިވާކަން ޝައުނާ ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ ގިނަ ޢަދަދެއްގެ ކުދިން ހެނދުނު ނާސްތާ ނުނަގައި ސްކޫލަށް ހާޒިރުވުމުގެ ސަބަބުން ކުދިންގެ އުނގެނުމަށް އޭގެ އަސަރުކުރާކަން ފާހަގަކުރެވޭތީ އެކަމަށް ޙައްލެއް ގެނައުމުގެ ގޮތުން ނާސްތާ ޕްރޮގްރާމް ސްކޫލް ކުދިންނަށް ތަޢާރަފުކުރައްވާފައިވާކަން މިނިސްޓަރު ޝައުނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރާއްޖޭގައި މީހުން ބިނާކުރުމުގެ ކަންކަން ކުރިޔަށްދާ ގޮތަށް އަލިއަޅުވާލައްވައި، ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާއި ކުރިމަތިލެވޭގޮތަށް އަމާޒުހިފައިގެން މީހުން ބިނާކުރުމުގައި އެހީތެރިކަމާއި ބައިވެރިވުން ބޭނުންވާކަން ޝައުނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ޝައުނާ ވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން ފެށިގެން ސަރުކާރުން ޞިއްހީ ޚިދުމަތްތައް ލާމަރުކަޒު ކުރުމުގެ މަސައްކަތް ފަށާފައިވާތީ ކޮވިޑް ބަލިމަޑުކަން ކުރިމަތިވުމުން ރާއްޖެ އެ ޙާލަތުން އަރައިގަތުމަށް މަގުފަހިވެގެންދިޔަކަން ފާހަގަކުރައްވާފައެވެ. ޝައުނާގެ ވާހަކަފުޅުގައި ޕްރައިމަރީ ހެލްތު ކެއާގެ ދާއިރާއަށް އަލިއަޅުވާލައްވަމުން ރާއްޖޭގެ އާބާދީގެ 90 އިން ސައްތައަށް ވެކްސިން ދީފައިވާކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުން ދާދިއުން އެއީ އެކަމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމެއްކަން ޝައުނާ ފާހަގަކުރެއްވިއެވެ.

މި ސަމިޓުގައި ޝައުނާ ވަނީ ރާއްޖެ ހިމެނޭހެން ދުނިޔޭގެ ތަރައްޤީގައި ޓެކްނޯލޮޖީއަށް ބަރޯސާވާ މިންވަރު އިތުރުވެފައިވާކަން ހާމަކުރައްވައި، ރާއްޖޭގެ ސަރުކާރުން ޑިޖިޓަލް އައިޑެންޓިފިކޭޝަން ސިސްޓަމަކަށް ބަދަލުކުރުމަށް ކުރެވެމުންދާ މަސައްކަތައް އަލިއަޅުއްވާލައްވާފައެވެ. އެކަމަނާ ވިދާޅުވި ގޮތުގައި، ވިލުންވެރި މުޖުތަމަޢެއް ޤާއިމުކުރުމަށް ޓެކްނޯލޮޖީ އަދި އެކަމާއި ގުޅޭ މަޢުލޫމާތު އެނގުން މުހިންމުކަން ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ޝައުނާ ވިދާޅުވި ގޮތުގައި ސެޓެލައިޓާއި ޑްރޯން ފަދަ ޓެކްނޯލޮޖީގެ އެހީގައި ރާއްޖޭގެ އައްސޭރިފަށާއި ފަރުތަކުގެ ގުދުރަތީ ޙާލަތު ދެނެގަނެ މިފަދަ މަޢުލޫމާތުގެ އެހީގައި އެނގިތިބެ ކަމާގުޅޭ ނިންމުންތައް ނިންމޭނެއެވެ. އަދި ޝައުނާ ވަނީ ރާއްޖެއަކީ ކުޑަ ޤައުމެއްކަމުން އުފެއްދުންތެރި އައު ޓެކްނޯލޮޖީގެ ޢީޖާތުތައް ޓެސްޓުކުރުމަށް ބޭނުންހިފޭނެ ޤައުމަކަށް ރާއްޖެވާނެ ކަމުގައިވެސް ވިދާޅުވެފައެވެ.

އެންވަޔަރަމަންޓް މިނިސްޓްރީމިނިސްޓަރ އައިމިނަތު ޝައުނާ

ކޮމެންޓް

އިތުރަށް ކިޔާލަން

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

17 ނޮވެމްބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025
ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި

ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި

07 ސެޕްޓެމްބަރު 2025
އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

20 އޯގަސްޓު 2025
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

16 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

28 އެޕްރީލު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

ކާވެންޏަށް ލޯބިކުރާށެވެ.
20233 އަހަރު ކުރިން
އިސްލާމް

ކާވެންޏަށް ލޯބިކުރާށެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

ސްޓްރޯކް ޖެހެނީ ކިހިނެއް؟
20188 އަހަރު ކުރިން
ސިއްހަތު

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު