Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުންގެ 89 ވަނަ އަހަރީ ދުވަސް

އަންހެން ފުލުސް އޮފިސަރުން ބާރުވެރި ކުރުވުމުގައި މިއަދު ނަމޫނާ ފެންނަމުންދޭ: އޭސީޕީ ރިޔާޒް

30 މާރިޗު 2022 | ބުދަ 08:21

ފުލުހުންގެ ލީޑަރޝިޕުން ކުރަމުންދާ މަސައްކަތްތައްކަން ފާހަގަކުރެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 30 މާރިޗު 2022 | ބުދަ 08:21
ފުލުހުންގެ 89 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރިޔާޒް ވާހަކަދައްކަވަނީ

ފުލުހުންގެ 89 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރިޔާޒް ވާހަކަދައްކަވަނީ

އަންހެން ފުލުސް އޮފިސަރުން ބާރުވެރި ކުރުވުމުގައި މިއަދު ނަމޫނާ ފެންނަމުންދާކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 89 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރިޔާޒް ވިދާޅުވީ، ހޯމް މިނިސްޓަރުގެ ލަފަޔާއި އިރުޝާދާއެކު ފުލުހުން މިއަދު ހޯދަމުންދާ ކުރިއެރުންތަކަކީ ތާރީޚުގެ މުހިއްމު ސޮފްޙާތަކަކަށް ވެގެންދާނެ ކަމަށެވެ. އެގޮތުން ފުލުހުންގެ މަސައްކަތަކީ ޕްރޮފެޝަނަލް، އަދި ރައްޔިތުން ބަލައިގަންނަ ޚިދުމަތްތަކަށް ހެއްދެވުމަށް މިނިސްޓަރު ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވައި މިނިސްޓަރަށް ޝުކުރު އަދާ ކުރައްވާފައިވެއެވެ.

Advertisement - newsAdvertisement

ފުލުހުންގެ މުއައްސަސާއާމެދު ރައްޔިތުން އުއްމީދީ ނަޒަރަކުން ދެކޭ އެއް ސަބަބަކީ މިއަދުގެ ކޮމިޝަނަރ އޮފް ޕޮލިސްއާއި، ފުލުހުންގެ ލީޑަރޝިޕުން ކުރަމުންދާ މަސައްކަތްތައްކަން ފާހަގަކުރައްވައި ރިޔާޒް ވިދާޅުވީ، ފުލުހުންނަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމާއި، މާލެއެކޭ އެއްފަދައިން މުޅި ރާއްޖޭގައިވެސް ފުލުހުންގެ ޚިދުމަތް ޕްރޮފެޝަނަލް ކޮށްދިނުމަށް ކޮމިޝަނަރު ކުރައްވާ މަސައްކަތްވެސް ފާހަގަކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ފުލުހުންގެ ތެރޭގައި ޤާބިލު އޮފިސަރުން ބިނާ ކުރުމަށްޓަކައި ދުނިޔޭގެ އެންމެ ޤާބިލު ޤައުމުތަކުން ފުލުހުންނަށް ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ހޯދައިދިނުމަށް މިއަދު ކުރަމުންދާ މަސައްކަތުންވެސް، ފުލުހުންގެ މުއައްސަސާ ޕްރޮފެޝަނަލް ކުރުމަށް އޮތް އަހައްމިއްޔަތުކަން ފެނިގެންދާކަމަށް ރިޔާޒް ވިދާޅުވިއެވެ.

ހަމައެއާއެކު، އެންމެން ގުޅިގެން ނަތީޖާ ނެރުމަށް މަސައްކަތް ކުރުމާއި، އަންހެން އޮފިސަރުން ބާރުވެރި ކުރުވުމާއި، ޖަވާބުދާރީވުމުގައި ހާމަކަން ބޮޑު ސިޔާސަތެއް ގެންގުޅުމުގައިވެސް މިއަދު ނަމޫނާ ފެންނަމުންދާކަން ރިޔާޒް ވިދާޅުވިއެވެ.

ފުލުުހުންނާމެދު މުޅި މުއައްސަސާވެސް ފަޚުރުވެރިވާކަން ފާހަގަކުރައްވައި ރިޔާޒް އިތުރަށް ވިދާޅުވީ، މިއީ ގޮންޖެހުން ބޮޑު މަސައްކަތެއް ކަމަށާއި، މިއީ މުސާރައާއި އިނާޔަތަށް ބަލައިގެން ކުރެވޭނެ މަސައްކަތެއް ނޫން ކަމަށެވެ. މިއީ އެއަށްވުރެ ބޮޑު ޤައުމީ ވާޖިބެެއް ކަމުގައި ދެކިގެން ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ. އެކަމުގައި ދިވެހި ރައްޔިތުންނަށް އޮތް ހިތްހަމަޖެހުމަކީ، ފަސްޖެހުމެއް ނެތި ސާބިތުކަމާއެކު ފުލުހުން ކުރިޔަށްދާ ދިޔުންކަމަށްވެސް ވިދާޅުވިއެވެ.

ރިޔާޒް ވަނީ ދާދި ފަހުން ވައިރަލް ވެގެން ދިޔަ، ވައްކަމުގެ މައްސަލައެއްގައި ހިމެނޭ މީހަކު ފުލުހަކު އަތުލައިގަންނަ މަންޒަރު ދައްކުވައިދޭ ވީޑިއޯއަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ފުލުހުންގެ ފަރާތުން އަބަދުވެސް އެފަދަ ހިތްވަރު ފެންނަކަމަށް ރިޔާޒް ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް ރަސްމީކޮށް ފެށިގެން ދިޔައީ 1933 މާރިޗު 29 ވަނަ ދުވަހު، ރާއްޖޭގެ ކީރިތި މަހާރަދުން، އައްސުލްތާން މުޙައްމަދު ޝަމްސުއްދީން ތިނެއް، ''ފުލުހު މީހުންގެ ގާނޫނު'' ތަސްދީގު ކުރެއްވުމާއި ގުޅިގެންނެވެ. މި ގާނޫނަކީ 1932 ޑިސެންބަރު 22 ވަނަ ދުވަހު ދިވެހިންނަށް ލިބުނު ފުރަތަމަ ގާނޫނު އަސާސީ އެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްޕޮލިސް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވާ ބޯޓުފަހަރާ ކުންފުނިތަކަށް އީރާނުގެ އަސްކަރިއްޔާ އިން ފާރަލާން ފަށައިފި

އިތުރަށް ކިޔާލަން

21 ޑިސެމްބަރު 2025

ކުށްކުރާ މާހައުލުތަކުން ކުޑަކުދިން ފެންނަ ނިސްބަތް ދަނީ އިތުރުވަމުން، ބެލެނިވެރިން ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭ: ކޮމިޝަނަރ އޮފް ޕޮލިސް

21 ޑިސެމްބަރު 2025
ކުށްކުރާ މާހައުލުތަކުން ކުޑަކުދިން ފެންނަ ނިސްބަތް ދަނީ އިތުރުވަމުން، ބެލެނިވެރިން ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭ: ކޮމިޝަނަރ އޮފް ޕޮލިސް
17 ޑިސެމްބަރު 2025

ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

17 ޑިސެމްބަރު 2025
ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި
14 ޑިސެމްބަރު 2025

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން
11 ޑިސެމްބަރު 2025

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ
11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
11 ޑިސެމްބަރު 2025

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
09 ޑިސެމްބަރު 2025

32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި

09 ޑިސެމްބަރު 2025
32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި
08 ޑިސެމްބަރު 2025

ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!

08 ޑިސެމްބަރު 2025
ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް