Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސަމަރ ޓްރާންސްފަރ

ކަވާނީ، ރެއާލް ސޮސިއެޑާޑް އަށް ބަދަލުވުން ގާތް

މި ސީޒަންގައި ކަވާނީއަށް ފުރުސަތު ލިބުނީ 11 ޕްރިމިއަރ ލީގު މެޗުގައި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 28 މާރިޗު 2022 | ހޯމަ 05:09
އެޑިންސަން ކަވާނީ

އެޑިންސަން ކަވާނީ

އިނގިރޭސިވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑަށް މިހާރު ކުޅެމުން އަންނަ އެޑިސަން ކަވާނީ، ސްޕެއިންގެ ރެއާލް ސޮސިއެޑާޑް އަށް ބަދަލުވެދާނެކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި މިހާރު ކުޅެމުން އަންނަ ކަވާނީ މީގެ ކުރިން އިޓާލިއަން ލީގްއާއި، ފްރެންޗް ލީގުގައިވެސް ކުޅުނެވެ. އެހެންކަމުން މިއަންނަ ސީޒަނުގައި ސްޕެނިޝް ލަލީގާއަށް ކުޅުމަކީ އޭނާއަށް ލިބޭނެ އިތުރު ކުރިއެރުމަކަށް ވާނެއެވެ.

މި ސަމަރ ޓްރާންސްފރ މާކެޓުގައި ކަވާނީ ސޮސިއެޑާޑް އަށް ބަދަލުވާނެކަމަށް ބެލެވޭއިރު، މިހާރު އެޓީމަށް ލޯނު އުސޫލުން ކުޅެމުން އަންނަ ފޯވާޑް އެލެކްސް ސޯލޮތުގެ މުއްދަތު އޭރަށް ހަމަވާނެއެވެ. މި ސީޒަން ނިމޭއިރު ސޮސިއެޑާޑް ގެ އަނެއް ފޯވާޑް އެލެކްޒެންޑަރ އިސާކްވެސް ކްލަބް ދޫކޮށްލުމަކީ އެކަށިގެންވާ ކަމެކެވެ. އެހެން ވެއްޖެނަމަ ޓީމަށް އިތުރު ދެފޯވާޑުން ބޭނުންވާނެއެވެ.

މި ހުރިހާ ކަމަކަށް ބަލައި އުމުރުން 35 އަހަރުގެ ކަވާނީއަށް އެޓީމުގައި ފުރުސަތު ބޮޑެވެ. ރިޕޯޓުތައް ބުނާ ގޮތުން ކަވާނީއާއެކު ސޮސިއެޑާޑް ހެދުމަށް މަސައްކަތް ކުރަނީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެކެވެ. އަދި ދެފަރާތުން އެއްބަސްވާނަމަ އިތުރު އެއް އަހަރަށް ކޮންޓްރެކްޓް ދިގުދައްމާލުމުގެ ފުރުސަތު އޮންނާނެއެވެ.

މި ސީޒަންގައި ޔުނައިޓެޑްގެ ފުރަތަމަ 11 އިން ކަވާނީއަށް ފުރުސަތު ލިބުނީ އެންމެ ހަ ޕްރިމިއަރ ލީގު މެޗުގައެވެ. އަދި ފަސް މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ކުޅުނެވެ. ޖުމްލަ 11 މެޗު ކުޅެގެން ކަވާނީ ވަނީ ޔުނައިޓެޑަށް ދެ ލަނޑު ޖަހައިދީފައެވެ.

ރެއާލް ސޮސިއެޑާޑްއެޑިސަން ކަވާނީ

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ސޮސިއެޑާޑް ބަލިކޮށް، ބާސެލޯނާ އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ސޮސިއެޑާޑް ބަލިކޮށް، ބާސެލޯނާ އެއް ވަނަ އަށް
14 ސެޕްޓެމްބަރު 2025

ސޮސިއެޑާޑް ބަލިކޮށް، ރެއާލް އަށް ހަތަރު ވަނަ މޮޅު

14 ސެޕްޓެމްބަރު 2025
ސޮސިއެޑާޑް ބަލިކޮށް، ރެއާލް އަށް ހަތަރު ވަނަ މޮޅު
06 އޮކްޓޯބަރު 2024

ބޮކާ ޖޫނިއާސްގެ އެއްބަސްވުން ކަވާނީ އައު ކޮށްފި

06 އޮކްޓޯބަރު 2024
ބޮކާ ޖޫނިއާސްގެ އެއްބަސްވުން ކަވާނީ އައު ކޮށްފި
14 މެއި 2024

ބާސެލޯނާ އިން ސޮސިއެޑާޑް ބަލިކޮށްފި

14 މެއި 2024
ބާސެލޯނާ އިން ސޮސިއެޑާޑް ބަލިކޮށްފި
27 އެޕްރީލު 2024

ސޮސިއެޑާޑް އަތުން ރެއާލް މޮޅުކޮށްދިނީ ގުލެއާ

27 އެޕްރީލު 2024
ސޮސިއެޑާޑް އަތުން ރެއާލް މޮޅުކޮށްދިނީ ގުލެއާ
05 ނޮވެމްބަރު 2023

ފަހު ވަގުތު ބާސެލޯނާ މޮޅުކޮށްދިނީ އަރައުހޯ

05 ނޮވެމްބަރު 2023
ފަހު ވަގުތު ބާސެލޯނާ މޮޅުކޮށްދިނީ އަރައުހޯ
09 އޮކްޓޯބަރު 2023

ގްރީޒްމަންގެ ލަނޑާއެކު އެތުލެޓިކޯ އިން ސޮސިއެޑާޑް ބަލިކޮށްފި

09 އޮކްޓޯބަރު 2023
ގްރީޒްމަންގެ ލަނޑާއެކު އެތުލެޓިކޯ އިން ސޮސިއެޑާޑް ބަލިކޮށްފި
18 ސެޕްޓެމްބަރު 2023

ސޮސިއެޑާޑް ބަލިކޮށް ރެއާލަށް އެއް ވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް

18 ސެޕްޓެމްބަރު 2023
ސޮސިއެޑާޑް ބަލިކޮށް ރެއާލަށް އެއް ވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް
21 މެއި 2023

ބާސެލޯނާއިން ލީގު ތަށި އުފުލާލީ ބައްޔަކަށްފަހު

21 މެއި 2023
ބާސެލޯނާއިން ލީގު ތަށި އުފުލާލީ ބައްޔަކަށްފަހު
10 މެއި 2021

ޔުނައިޓެޑުގެ އެއްބަސްވުން ކަވާނީ އާކޮށްފި

10 މެއި 2021
ޔުނައިޓެޑުގެ އެއްބަސްވުން ކަވާނީ އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު