Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ކަޕް

ސޮސިއެޑާޑް ބަލިކޮށް ރެއާލް މެޑްރިޑް ސްޕެނިޝް ކަޕްގެ ފައިނަލަށް

2 އެޕްރީލު 2025 | ބުދަ 14:03

ރެއާލް މެޑްރިޑު އެގްރިގޭޓް ނަތީޖާއިން ކުރިހޯދީ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ރެއާލް ސޮސިއެދާދާއި ދެކޮޅަށް ކުޅުނު މެޗު 4-4 ގެ ނަތީޖާއަކުން އެއްވަރުކޮށް، 5-4 ގެ އެގްރިގޭޓް ނަތީޖާއިން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 2 އެޕްރީލު 2025 | ބުދަ 14:03
ރެއަލް ސޮސިއެޑާޑް ބަލިކޮށް ރެއާލް މެޑްރިޑް ސްޕެނިޝް ކަޕްގެ ފައިނަލަށް ދަތުރުކުރި މެޗުގެ ތެރެއިން

ރެއަލް ސޮސިއެޑާޑް ބަލިކޮށް ރެއާލް މެޑްރިޑް ސްޕެނިޝް ކަޕްގެ ފައިނަލަށް ދަތުރުކުރި މެޗުގެ ތެރެއިން

ރެއާލް ސޮސިއެޑާޑްގެ މައްޗަށް އެގްރިގެޓް ނަތީޖާއިން ކުރި ހޯދައިގެން ސްޕެނިޝް ކަޕުގެ ފައިނަލުގެ ޖާގައެއް ރެއާލް މެޑްރިޑުން ހޯދައިފި އެވެ.

ރެއާލް މެޑްރިޑު އެގްރިގޭޓް ނަތީޖާއިން ކުރިހޯދީ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ރެއާލް ސޮސިއެދާދާއި ދެކޮޅަށް ކުޅުނު މެޗު 4-4 ގެ ނަތީޖާއަކުން އެއްވަރުކޮށް، 5-4 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.

ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ސޮސިއެޑާޑްގެ ދަނޑުގައި ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ރެއާލް މެޑްރިޑުންނެވެ. އަދި އަންގާރަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 4-3 ގެ ނަތިޖާއަކުން ސޮސިއެޑާޑް ކުރި ހޯދުމާއެކު، މެޗުގެ އެގްރިގޭޓް ނަތީޖާ ވަނީ އެއްވަރުވެފައެވެ. އެހެންކަމުން މި މެޗުގެ ނަތީޖާ ނެރެފައިވަނީ އިތުރު ވަގުތުގެ ކުޅުމުގައެވެ.

ކިލިއަން އެމްބާޕޭ އާއި އެންޓޯނިއޯ ރުޑިގާ އަދި ލޫކާ މޮޑްރިޗް މެޗު ބެންޗުގައި ބައިންދައިގެން ރެއާލް އިން މެޗު ފެށިއިރު، ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފަ އެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ސޮސިއެޑާޑް އިން ނެވެ، މެޗުގެ 16 ވަނަ މިނެޓުގައި މި ލަނޑު ސޮސިއެދާދަށް ޖަހައިދިނީ ބަރެނެޓްޝިއާ އެވެ. އެހެން ނަމަވެސް އޭގެ 14 މިނިޓު ފަހުން ރެއާލް މެޑްރިޑްގެ އެންޑްރިކް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މި މެޗުގައި ރެއާލް ސޮސިއެޑާޑުން ދެވަނަ ފަހަރަށް ކުރި ހޯދާފައިވަނީ މެޗުގެ 72 ވަނަ މިނިޓުގައި ރެއާލް މެޑްރިޑްގެ ޑިފެންޑަރު ޑޭވިޑް އަލާބާ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. އަދި އޭގެ އަށް މިނެޓު ފަހުން މިކޭލް އޮޔަރްޒަބާލް ވަނީ އިތުރު ލަނޑެއް ޖަހައި މެޗުގެ އެގްރިގޭޓް ނަތީޖާ 3-2 އަށް ބަދަލުކޮށްފައެވެ.

ދެވަނަ ހާފުގެ ވަކި ހިސާބަކުން ބެންޗުގައި ތިބި އެންމެ މުހިންމު ތިން ކުޅުންތެރިން ކަމަށް ވާ އެމްބާޕޭ އާއި ރުޑިގާގެ އިތުރުން މޮޑްރިޗްވެސް ވަނީ ކުޅެން އަރުވާފައެވެ.

ރެއާލް މެޑްރިޑުން މި މެޗުގައި ޖެހި ދެވަނަ ލަނޑު މެޗުގެ 82 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޖޫޑް ބެލިންހަމް އެވެ. އަދި އޭގެ ހަތަރު މިނިޓު ފަހުން ޗޫމޭނީ ވަނީ އިތުރު ލަނޑެއް ޖަހައި އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

ރެއާލް ސޮސިއެދާދުން މޮޅު ކުޅުމެއް ދައްކާފައިވާއިރު، މި މެޗުގެ އެގްރިގޭޓް ނަތީޖާ އެއްވަރުވެފައިވަނީ މެޗުގެ ފުރިހަމަ ވަގުތުގެ އިތުރު ވަގުތުގައި އޮޔަރްޒަބާލް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 4-4 ގެ އެގްރިގޭޓް ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވާތީ، ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ 30 މިނިޓުގެ ކުޅުން ނިމެން ފަސް މިނިޓަށް ވެފައިވަނިކޮށް ރުޑިގާ ވަނީ ލަނޑެއް ޖަހާ އެ ޓީމު މޮޅުކޮށްދީފަ އެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް