Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނ އަތޮޅަށް

ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް

ފޮއްދޫ ސިއްހީ މަރުކަޒުގެ މަސައްކަތުގެ އިތުރުން، ޔޫތު ސެންޓަރާއި އައުޓްޑޯ ޖިމެއް އެޅުއްވުމަށް ރައީސް ވައުދުވެވަޑައިގެންނެވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 13 އޯގަސްޓު 2023 | އާދީއްތަ 13:28
ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސާލިހު

ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސާލިހު

ކުރިއަށް އޮތް ދައުރަކީ އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ދައުރަކަށް ހައްދަވާނެކަަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ ނ. ފޮއްދޫގައި ބޭއްވި ބަނދަރު ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ނ. ފޮއްދުއަކީ ކުޑަ ރަށަކަށްވުމުން ބާކީކޮށްފައިވާ ރަށެއް ކަމަށާއި، އެކަން ބަދަލުކުރީ މި ސަރުކާރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ކުޑަ ރަށްރަށަށް އަސާސީ ޚިދުމަތްތައް ނުލިބުމަކީ ރާއްޖޭގެ މާޒީކަމަށާއި، ބޮޑެތި އާބާދީތަކަށް ބޭނުންވާ ބަދަލުތައް ވެސް މި ސަރުކާރުން ދަނީ ގެންނަމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ފޮއްދުއަކީ ވަރަށް ރީތި ރަށެއް ކަމަށާއި އެ ރަށަކީ ރަށު ޓުއަރިޒަމަށް ފައްކާވެފައި އޮތް ރަށެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެކަން ނުވެ އޮތީ އެ ރަށަށް ލިބެންޖެހޭ ޚިދުމަތްތައް ފޯރުކޮށްދެވިފައި ނެތުމުން ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް ވަނީ، މި ސަރުކާރުން އެކަންކަން ބަދަލުކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި އިންވެސްޓަރުން ތައްޔާރުވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ރައީސް ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭގޮތުންވެސް ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން 2013ން 2018އަށް ރާއްޖޭގައި ވެރިކަން ކުރެއްވި ފަރާތްތަކުން އަމަލުކުރެއްވި ގޮތް ހަނދާން ނައްތާލައިގެން ނުވާނެކަަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މިއަދުވެސް އެ މީހުން ތިބީ ވެރިކަން ބޭނުންފުޅުވެގެން ނިކުމެވަޑައިގެން ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް އެ ބޭފުޅުންނަށް ރާއްޖޭގެ ވެރިކަން ލިބިވަޑައިގަތުމުން ކުރިން ވެސް ވެރިކަން ކުރެއްވީ ގަދަ ބާރުން، ބާރުގެ ބޭނުންކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ. މިއަދުވެސް އެ ބޭފުޅުން ދައްކަވާ ވާހަކަފުޅުތަކުން ކުދި ރަށްތައް ބާކީވެދާނެ ކަމުގެ ބިރު އޮތް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުދި ރަށްތައް ބިކަވާން އެދިވަޑައިނުގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ރަށަށްޓަކައި ރައީސް ވަނީ ގިނަ ވައުދުފުޅުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން ސިއްހީ މަރުކަޒުގެ މަސައްކަތުގެ އިތުރުން، ޔޫތު ސެންޓަރާއި، އައުޓްޑޯ ޖިމަކާއި، ރަނގަޅު މިސްކިތަކާއި ފުލުހުންގެ މަރުކަޒެއް ގާއިމްކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުރައީސް ނޫނަށް

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
31 އޮކްޓޯބަރު 2023

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި
31 އޮކްޓޯބަރު 2023

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް
13 އޯގަސްޓު 2023

މިއަދު ޒުވާނުންގެ އުންމީދުގައި ކުލަޖެއްސުމަށް ފައިސާއާ މެދު ހާސްވާކަށް ނުޖެހޭ: އިއާދު

13 އޯގަސްޓު 2023
މިއަދު ޒުވާނުންގެ އުންމީދުގައި ކުލަޖެއްސުމަށް ފައިސާއާ މެދު ހާސްވާކަށް ނުޖެހޭ: އިއާދު
13 އޯގަސްޓު 2023

ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

13 އޯގަސްޓު 2023
ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު