Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
"އާ ޒުވާނުންގެ ޖީލު"

ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

އެއްވެސް ޒުވާނަކު ބާކީ ނުކުރުން ސިޔާސަތުގެ ތެރޭގައި ހިމެނޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 13 އޯގަސްޓު 2023 | އާދީއްތަ 17:43
އުފާވެރި އަމާން ރާއްޖެ ކެމްޕެއިން ޖަލްސާއެއްގެ ތެރެއިން

އުފާވެރި އަމާން ރާއްޖެ ކެމްޕެއިން ޖަލްސާއެއްގެ ތެރެއިން

ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފިއެވެ.

އެ ސިޔާސަތުގައި 8 ކަމެއް ހިމެނެއެވެ. އެ ސިޔާސަތު ތައާރަފްކޮށްދިނީ ނ.ވެލިދޫގައި ބޭއްވި އުފާވެރި އަމާން ރާއްޖެ ޖަލްސާގައި ޒުވާނުންގެ ގްރޫޕަކުންނެވެ.

1.އެމްޕަވަރޑް ޒުވާނުން:

"އެމްޕަވަރޑް ޒުވާނުން" ސިޔާސަތުގެ ދަށުން ކުރިއަށް ރާވާފައިވާ ކަންކަމަކީ ޒުވާނުންނާއި ކުޅިވަރު ވުޒާރާއަކީ ދެ ވުޒާރާއަކަށް ހެދުމާއި، ޔޫތު-ކޯ އެއް ގާއިމުކޮށް ޔޫތު ލީޑަރުން އުފައްދުމާއި، މަދަނީ ޖަމިއްޔާތަކުގެ އިދާރީ ހިންގުމަށް ހާއްސަ ކޯ-ވޯކިންގް ސްޕޭސް ގާއިމުކުރާއިރު، ޒުވާނުންގެ ހައްގުގައި މަސައްކަތްކުރާ މަދަނީ ޖަމިއްޔާތަކަށް ފުރުސަތުދިނުމެވެ.

2. ޒުވާނުންގެ ބޯހިޔާވަހިކަން

މި ސިޔާސަތުގެ ދަށުން ބޮޑެތި އެޑްވާންސްތަކާ ބޮޑެތި ކުލި ދެއްކުމުގެ ބުރަ ކުޑަކުރުމަށްޓަކައި އެފޯޑަބަލް ކޯ-ލިވިންގް ސްޕޭސް އަދި ސްޓޫޑިއޯ ސްޕޭސަސް ހަދާ، ފަސޭހައިން ކުއްޔަށް ހިފޭނެ/ އަމިއްލަކުރެވޭނެ މަގުފަހިކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފަސްޓް ޓައިމް ހޯމް އޯނަރސްއަށް ހާއްސަކޮށްގެން ރެޒިޑެންޝަލް ބޭނުމަށް ނެގޭ ލޯނުގެ އިންޓަރަސްޓް 6 ޕަސަންޓަށްވުރެ ގިނަ ނުވާނެހެން، 10 ޕަސަންޓް އިކުއިޓީގައިދޭން ވަނީ ނިންމާފައެވެ. ހަމައެހެންމެ ސޯޝިއޮ-އިކޮނޮމިކަލީ ވަލްނަރަބަލް ފަރާތްތަކަށް ހާއްސަކޮށްގެން ކައުންސިލް ހައުސިންގ ތައާރަފުކުރުމަށް ވަނީ ހަމަޖެހިފައެވެ.

3. ޒުވާނުންނަށް ހެލްތް އެންޑް ވެލްބީންގް

މި ސިޔާސަތުގެ ދަށުން ކުރިއަށް ރާވާފައިވާ ކަންކަމުގެ ތެރޭގައި ޕްރައިމެރީ ހެލްތުކެއަރ މޮޑެލްއިން ޕްރިވެންޝަންއަށް ހާއްސަ މަސައްކަތްކުރުމާއި، މެންޓަލް ހެލްތްއަށް ހާއްސަކޮށްގެން، އެޑޮލެސެންޓް ކްލިނިކްތަކާއި ޓެލެމެޑިސިން ކްލިނިކްތައް ގާއިމުކުރުމާއި، ފިޓްނަސް ދާއިރާ ރެގިއުލޭޓްކުރުން ހިމެނެއެވެ. އަދި ދެ ޖިންސަށް ހަމަހަމަ ކުޅިވަރުގެ ވަސީލަތްތަކާއެކު ހެލިފެލިވެ އުޅުމަށް ބާރުއެޅޭނެހެން ކުޅިވަރުގެ ވަސީލަތްތައް ހުރިހާ ރަށެއްގައިވެސް ގާއިމުކުރުން ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގައި ޒުވާނުންނާއި ފުރާވަރު ކުދިންގެ މެދުގައި މަގްބޫލުކަން ހޯދަމުން އަންނަ އެމަރޖިންގް އީ-ސްޕޯރޓްސް، މާޝަލް އާޓްސް، ކައިޓް ސަރފިންގް، ރޭސިންގް، އަރބަން ސްކޭޓިންގް، ޕާކޯރ ފަދަ ކުޅިވަރުތަކަށް ބޭނުންވާ ވަސީލަތް ގާއިމުކުރުން ފަދަ ކަންކަން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

4. ޒުވާނުންނާއި ޓެކްނޮލޮޖީ

މި ސިޔާސަތުގެ ދަށުން އިލެކްޓްރޯނިކް ވަސީލަތްތައް ހޯދުމަށް ހާއްސަ ލެންޑިންގް ސްކީމެއް ޒުވާނުންނަށް ތައާރަފްކުރުމާއި، ޔޫތު ޓެކް ހަބްސް ގާއިމުކޮށް ޓެކްނޮލޮޖީގެ ތެރެއިން ކޯޑިންގް، ތްރީ-ޑީ މޮޑެލިންގް، ޕްރޮގްރާމިންގ އަދި އާޓިފިޝަލް އިންޓެލިޖެންސް ފަދަ ޒަމާނީ ޓެކްނޮލޮޖީއިން ޒުވާނުން ކުރިއަށްދާނެ މަގުފަހިކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދިވެހިރާއްޖޭގެ އައިސީޓީ ދާއިރާގެ ހުނަރުވެރިންނާއި އެހެނިހެން އުފެއްދުންތެރިން ރާއްޖޭގައި ތިބެގެން އެފަރާތްތަކުގެ އުފެއްދުންތެރިކަން ބޭރުގެ ބާޒާރަށް ނެރެ، މާކެޓްކޮށް، ކުރިއެރުވޭނެ މާހައުލެއް ގާއިމުކުރުމާއި، ރާއްޖޭގެ އިންސްޓަންޓް ޕޭމެންޓް ގޭޓްވޭ އާއި ބޭރުގެ ޕޭމަންޓް ސިސްޓަމްތަކާއެކު ޑިޖިޓަލް ވިޔަފާރި ކުރެވޭނެ މަގުފަހިކުރުމަށް އަދި ޑިޖިޓަލް ދާއިރާއަކީ އިގްތިސާދީ އުފެއްދުންތެރިކަމުގެ ތަނބަކަށް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

5. ސްކިލްޑް ޒުވާނުން

މި ސިޔާސަތުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ ހިއުމަން ރިސޯސް ޕްލޭން ހަދާ، އެ ހިއުމަން ރިސޯސް ޕްލޭންއާ އެއްގޮތަށް ޒުވާނުން ބޭނުންވާ ދާއިރާތަކަށް ފުރުސަތު ހޯދައިދިނުމާއި، އިސްލާމިކް ސެންޓަރ އޮފް އެކްސެލެންސް މެދުވެރިކޮށް ޒުވާން ސްކޮލަރސް އުފައްދާ، ދީނީ އިލްމީ ދިރާސާތައް ކުރުމަށް އިންސެންޓިވައިޒް ކޮށްދިނުމާއި، ސަރަހައްދީ ދަނާލު ގާއިމުކޮށް އެ ސަރަހައްދުތަކަށް ކިޔެވުމަށް އަންނަ ފަރާތްތަކަށް ދަނާލުގައި ހުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިތުރު ބައެއް ކަންކަން ވެސް މި ސިޔާސަތުގެ ދަށުން ކުރުމަށް ވަނީ ހިމަނާފައެވެ.

6. ޒުވާން އެންޓަރޕްރިނިއަރ

މި ސިޔާސަތުގެ ތެރެއިން ޒުވާނުންގެ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދުމަށް މަގުފަހިކުރާނެ ޔޫތު އިނޮވޭޝަން ލެބް އަދި ޔޫތު އެންޓަރޕްރިނިއަޝިޕް އިންކިއުބޭޓަރސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރާނެއެވެ. އަދި ޒުވާނުންނަށް ހާއްސަ ސްޓަރޓަޕް ލޯނު، އިކިއުޓީ ފައިނޭންސިންގް އަދި މައިކްރޮފައިނޭންސިންގް ލޯނު ތައާރަފްކުރުމާއި ޖޮބް ސެންޓަރު ފުޅާކޮށް، ޒުވާނުންނަށް ހާއްސަކޮށް ކެރިއަރ ގައިޑެންސް ސެޝަންތަކާއި، ޖޮބް ފެއަރތައް ބާއްވައި ޒުވާނުން އާމްދަނީ ހޯދުމަށް ހުރި ފުރުސަތުތަކަށް އަހުލުވެރިކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިތުރު ކަންކަން ކުރުމަށް ވެސް ވަނީ ހިމަނާފައެވެ.

7. ޒުވާނުންގެ ބޭނުންތެރި ހުސްވަގުތު

މި ސިޔާސަތުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަލްޓިޕާޕަސްކޮށް ބޭނުންކުރެވޭ އޮޑިޓޯރިއަމްތައް ގާއިމުކުރާނެއެވެ. އަދި އެންޓަރޓައިންމަންޓަށް ހާއްސަ ކޮމްޕްލެކްސްތައް އެކި ސަރަހައްދުތަކުގައި ގާއިމުކުރާނެއެވެ. މީގެ އިތުރުން ހަގީގީ ކޮމިއުނިޓީ އެމްޕަވަރމަންޓް ސެންޓަރެއްގެގޮތުގައި އިޖްތިމާއީ މަރުކަޒުތަކުގެ ތެރެއިން އިޖްތިމާއީ އެކި ކަންކަމަށް ހިލޭ ސާބަހަށް މަސައްކަތްކުރުމުގެ އާދަ އަށަގެންނެވުމަށާއި، ސަޕޯޓް ގްރޫޕް ހަރަކާތްތައް ބޭއްވުމާއި، އައު ހުނަރުތައް ދަސްކޮށްދިނުމަށާއި، އިޖްތިމާއީ އެކި އެކި ދުވަސްތައް ފާހަގަކުރުމަށާއި، ތިންކް ޓޭންކްތައް ގާއިމުކޮށް އިޖްތިމާއީ މައްސަލަތައް ދިރާސާކޮށް ހައްލު މަޝްވަރާކޮށް، ހުސްވަގުތު ރަނގަޅުގޮތުގައި ބޭނުން ކުރުމަށް ފަހިވާގޮތަށް، ޒުވާނުންނާއި މުސްކުޅިންނާއި ކުޑަކުދިންނާއި އަންހެނުންނާއި ފިރިހެނުންނަށް ރައްކާތެރި ބަދަހި މާހައުލެއްގައި އިޖްތިމާއީ ހަރަކާތްތަކުގައި ބައިވެރިވެވޭގޮތަށް ކޮމިއުނިޓީ ސެންޓަރުތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

8. އެއްވެސް ޒުވާނަކު ބާކީ ނުކުރުން

މި ސިޔާސަތުގެ ދަށުން ކޮންމެ ބާވަތެއްގެ ކުށަކަށް ހުށަހެޅޭ ފަރާތެއްވެސް، އެ ފަރާތެއް އެކުށަކަށް ޒިންމާ ނެގުމަށްފަހު އިންޑިވިޖުއަލައިޒްޑް ޓްރީޓްމަންޓް ޕްލޭނެއްގެދަށުން ފަރުވާދީ އިންޑިވިޖިއުލައިޒްޑް ރިހެބިލިޓޭޝަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރާއިރު އެމީހަކާއި އާއިލާއަށް ބޭނުންވާނެ ސައިކޯސޯޝަލް ސަޕޯޓާއި، އެމީހަކަށް ބޭނުންވާނެ ޕިއަރ-ސަޕޯޓް އަދި ރިކަވަރީ-ސަޕޯޓް ނެޓްވޯކް ޤާއިމުކޮށް، އެމީހަކު ވަށައިގެންވާ ވެއްޓަކީވެސް އެމީހަކު ބަލައިގަންނަން ތައްޔާރަށް ހުރި ވެއްޓަކަށްހެދުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް

ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް

13 އޯގަސްޓު 2023
އައި.އޭ.އެކްސް ސަބްމެރިން އާއި ރާއްޖެ ގުޅާލުމަކީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން - ރައީސް ޞާލިހު

އައި.އޭ.އެކްސް ސަބްމެރިން އާއި ރާއްޖެ ގުޅާލުމަކީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން - ރައީސް ޞާލިހު

11 އޯގަސްޓު 2023

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު