Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން

ކޮންމެ މީހަކީ ވަގެއްކަމަށް ބަލައިގެން ނުވާނެ: ރައީސް ޔާމީން

27 މާރިޗު 2022 | އާދީއްތަ 08:50

ވެރިކަން ބަދަލުވުމުން އެކަމުގެ ބަދަލު ހިއްޕަވާނެކަމުގެ އިންޒާރު ދެއްވާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 މާރިޗު 2022 | އާދީއްތަ 08:50
ކުރީގެ ރައީސް އަބްދުﷲ ޔާމީން -- ފޮޓޯ : ޔޫސުފް ސޮފްވާން

ކުރީގެ ރައީސް އަބްދުﷲ ޔާމީން -- ފޮޓޯ : ޔޫސުފް ސޮފްވާން

ކޮންމެ މީހަކީ ވަގެއްކަމަށް ބަލައިގެން ނުވާނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު ކުރިޔަށްގެންދިޔަ މުޒާހަރާއަށްފަހު ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި ޔާމީނު ވަނީ، މުޒާހަރާގެ ތެރެއިން އިދިކޮޅު ބައެއް ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާތީ އެކަމަށް ފާޑުވިދާޅުވެފައެވެ. ރައީސް ޔާމީނު ވިދާޅުވާ ގޮތުގައި މަގުތަކަށް ނުކުމެވަޑައިގެން ކުރައްވާ މަސައްކަތަކީ، ފުލުހުންނާއި ސަލާމަތީ ބާރުތަކުން އެ ފަރާތްތަކުގެ ޒިންމާ އަދާ ނުކުރާތީ ޕީޕީއެމްއިން ހިލޭ ކޮށްދޭ މަސައްކަތެކެވެ.

Advertisement - newsAdvertisement

ރައީސް ޔާ،މީނު ވަނީ ތަހުގީގު ކުރާ ފުލުހުންނަށްވެސް މެސެޖެއް ދެއްވާފައެވެ. އެގޮތުން ކަންކަން ސިޔާސީ ނުކުރެއްވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އަދި ކޮންމެ މީހަކީ ވަގެއްކަމަށް ހެދުމަށް މަސައްކަތް ނުކުރެއްވުމަށްވެސް ރައީސް ޔާމީނު ވަނީ ގޮވާލައްވާފައެވެ.

ރައީސް ޔާމީނު ވަނީ އެއްވެސް މީހަކު ފިލައިގެން ދިއުމަށް މަސައްކަތް ނުކުރެއްވުމަށް ހަނދާންކޮށްދެއްވައި، ވެރިކަން ބަދަލުވުމުން އެކަމުގެ ބަދަލު ހިއްޕަވާނެކަމުގެ އިންޒާރު ދެއްވާފައެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަމެއްގައި ފުލުހުންގެ ޖަރީމާތައް ކޯޓާއި ހިސާބަށް ގެންދަވާނެކަމަށްވެސް ރައީސް ޔާމީނު ވިދާޅުވިއެވެ.

މީގެއިތުރުން، މި ސަރުކާރުން ވައްކަން ނޫން ކަމެއް ނުކުރާކަމަށް ވިދާޅުވެ ރައީސް ޔާމީނު ވަނީ ކޮންމެ ކަމަކުންވެސް މި ސަރުކާރުން ކުރަނީ ވައްކަންކަމަށް ތުހުމަތު ކުރައްވާފައެވެ.

ސިޔާސީ ލީޑަރުންނަކީވެސް ކޮންމެވެސް ވަރެއްގެ ހިތްވަރެއް ހުންނަ ބަޔަކަށް ވާން ޖެހޭނެކަން ފާހަގަކުރައްވާ ރައީސް ޔާމީނު އިތުރަށް ވިދާޅުވީ، ގޯސް ހަދާފައިވާ ސިޔާސީ ލީޑަރުން އެކަން ޤަބޫލުކޮށް، ގޯސް ހެދިފައިވާކަމަށް ވިދާޅުވާންވެއްޖެ ކަމަށެވެ. ރައީސް ޔާމީނު ވަނީ ސިޔާސީ ބޭފުޅުން ތިއްބަވަނީ އާންމު ރައްޔިތުންނަށްވުރެ ބޮޑު ގިލަންވެރިކަމެއްގެ ތެރޭގައިކަމަށްވެސް ވިދާޅުވެފައެވެ.

ރައީސް ޔާމީންޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

17 ޖުލައި 2025

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

17 ޖުލައި 2025
ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް
29 ޖެނުއަރީ 2025

ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް

29 ޖެނުއަރީ 2025
ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް
24 ޑިސެމްބަރު 2024

އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި

24 ޑިސެމްބަރު 2024
އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި
24 ޑިސެމްބަރު 2024

ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި

24 ޑިސެމްބަރު 2024
ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި
24 ޑިސެމްބަރު 2024

އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި

24 ޑިސެމްބަރު 2024
އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި
23 ޑިސެމްބަރު 2024

އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

23 ޑިސެމްބަރު 2024
އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން
22 ޑިސެމްބަރު 2024

އެޗްޑީސީގެ ބިޔަބޮޑު ވައްކަމަކީ މުޅި ގައުމުގެ މަސްލަހަތު އޭގައި ހިމެނޭ ކަމެއް: މީކައިލް

22 ޑިސެމްބަރު 2024
އެޗްޑީސީގެ ބިޔަބޮޑު ވައްކަމަކީ މުޅި ގައުމުގެ މަސްލަހަތު އޭގައި ހިމެނޭ ކަމެއް: މީކައިލް
23 ނޮވެމްބަރު 2024

އެހެން ރައީސުންނަށް އަތްލަން ނުކެރުނު ކަންކަމުގައި ރައީސް މުޢިއްޒު އަތްލައްވަން ފެއްޓެވި ފަހުން، ހުރިހާ ތަކުލީފެއް ނިކަމެތި ރައްޔިތު މީހާ އަށް!

23 ނޮވެމްބަރު 2024
އެހެން ރައީސުންނަށް އަތްލަން ނުކެރުނު ކަންކަމުގައި ރައީސް މުޢިއްޒު އަތްލައްވަން ފެއްޓެވި ފަހުން، ހުރިހާ ތަކުލީފެއް ނިކަމެތި ރައްޔިތު މީހާ އަށް!
21 ނޮވެމްބަރު 2024

ދައުލަތުގެ އެއްބާރުގެ ވެރިޔާ މިވަގުތު އެހުންނެވީ ޕީއެންސީގެ ސުލޫކީ ކޮމިޓީގެ ކޮންޓްރޯލްގެ ދަށުގައި

21 ނޮވެމްބަރު 2024
ދައުލަތުގެ އެއްބާރުގެ ވެރިޔާ މިވަގުތު އެހުންނެވީ ޕީއެންސީގެ ސުލޫކީ ކޮމިޓީގެ ކޮންޓްރޯލްގެ ދަށުގައި
02 ނޮވެމްބަރު 2024

ކައުންސިލް ތަކުގެ ބަޖެޓު މަދު ކުރުން، ލާމަރުކަޒީ ނިޒާމު ފުނޑާލަން ކުރާ މަސައްކަތުގެ ބައެއް!

02 ނޮވެމްބަރު 2024
ކައުންސިލް ތަކުގެ ބަޖެޓު މަދު ކުރުން، ލާމަރުކަޒީ ނިޒާމު ފުނޑާލަން ކުރާ މަސައްކަތުގެ ބައެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް