Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޖަޔާޝަންކަރާއި ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް، އިންޑިޔާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ރާއްޖެއިން 'އިންޑިޔާ ފަސްޓް' ޕޮލިސީ ނަގަހައްޓާނެކަމަށާއި އިންޑިޔާއާއެކު އޮތް ގާތް ގުޅުން ވަރުދަގަކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 27 މާރިޗު 2022 | އާދީއްތަ 07:13
ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް، އިންޑިޔާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ކުރެއްވި ޒިޔާރާތް

ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް، އިންޑިޔާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ކުރެއްވި ޒިޔާރާތް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިންޑިޔާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑޮކްޓަރ ސުބްރަމާނިއަން ޖަޔަޝަންކަރު މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ އާދީއްތަ ދުވަހުގެ ހެނދުނު އައްޑޫ ސިޓީގެ އިކުއިޓޯރިއަލް ވިލެޖުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި، އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ވަނީ ރާއްޖެއާއި އިންޑިޔާއާއި ދެމެދުގައިވާ ދޭދޭ ގާތް ރަޙްމަތްތެރި ގުޅުން ފާހަގަ ކުރައްވައި، ދެ ޤައުމުން ވެސް ޝައުގުވެރިވާ ކަންކަމުގައި ދެ ޤައުމަށްވެސް ފައިދާވާނެހެން ބައިނަލްއަޤުވާމީ މައިދާނުގައި މި ގުޅުން ކުރިއަށް އޮތްތާނގައި އިތުރަށް ބަދަހިކުރައްވާނެކަމުގައި ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ރައީސްކަމުގެ މަޤާމާއި ޙަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ޒިޔާރަތްކުރެއްވި ޤައުމަކީ އިންޑިޔާކަން ފާހަގަކުރައްވައި، އިންޑިޔާގެ 'ނެއިބަހުޑް ފަސްޓް ޕޮލިސީ' ގެ ދަށުން ރާއްޖެއަށް ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު ދަންނަވާފައެވެ. މީގެއިތުރުން އެމަނިކުފާނު ވަނީ ރާއްޖެއިން 'އިންޑިޔާ ފަސްޓް' ޕޮލިސީ ނަގަހައްޓާނެކަމަށާއި އިންޑިޔާއާއެކު އޮތް ގާތް ގުޅުން ވަރުދަގަ ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

Advertisement - newsAdvertisement

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި، އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރުވަނީ ކޮވިޑް-19 އިން އަރައިގަތުމަށް ދެޤައުމުންވެސް ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުންނާއި، ދެ ޤައުމުގެ ފަތުރުވެރިކަމާއި، އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއާއި، ޞިއްޙީ ދާއިރާއާއި، މަސްވެރިކަމުގެ ދާއިރާއާއި، މީހުން ބިނާކުރުމުގެ ދާއިރާއާއި، ސަރަޙައްދީ ރައްކާތެރިކަން ޤާއިމްކުރުމާއި، ބައިނަލްއަޤްވާމީ ކަންކަމުގައި އެއްބާރުލުން ދިނުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މީގެއިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިޔާގެ އެހީތެރިކަމާއެކު ރާއްޖޭގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ފާހަގަކުރައްވައި، އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ރާއްޖެއަށް ޒިޔާރަތްކުރެއްވުމަކީ ދެޤައުމުގެ ދެމެދުގައިވާ ބަދަހި ގުޅުމުގެ މުހިންމު ރަމްޒެއްކަމުގައި ވިދާޅުވެފައެވެ.

އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑޮކްޓަރު ސުބްރަމާނިއަން ޖަޔަޝަންކަރު މިހާރު އައްޑޫ ސިޓިއަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާ، ރާއްޖެއާއި އިންޑިޔާއާއެކު ބައެއް އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖެއާއި އިންޑިޔާއާ ދެޤައުމުން ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުގެ ނޮވެމްބަރު 1 ވަނަ ދުވަހުގައެވެ. އަދި، އިންޑިޔާއަކީ 1965 ވަނަ އަހަރު ޖުލައި 26 ވަނަ ދުވަހު ރާއްޖެއަށް މިނިވަންކަން ލިބުނުފަހުން ރާއްޖެއާއެކު ސިޔާސީ ގުޅުން ޤާއިމުކުރި ފުރަތަމަ ޤައުމުތަކުގެ ތެރެއިން ޤައުމެކެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުއިންޑިއާ އެމްބަސީޑރ. ސުބްރަމަންޔަން ޖައިޝަންކަރު

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
31 އޮކްޓޯބަރު 2023

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި
31 އޮކްޓޯބަރު 2023

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް
13 އޯގަސްޓު 2023

ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

13 އޯގަސްޓު 2023
ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި
13 އޯގަސްޓު 2023

ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް

13 އޯގަސްޓު 2023
ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު