Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުފޮރިން މިނިސްޓަރ ޚަލީލު

ފަތުރުވެރިކަން ތިރިއަށް ގޮސް މައްޗަށް ދިއުމަކީ ގުދުރަތީ ކަމެއް: ފޮރިން މިނިސްޓަރ ޚަލީލް

6 ޖެނުއަރީ 2025 | ހޯމަ 11:54

ފޮރިން މިނިސްޓަރ ޚަލީލު ވިދާޅުވީ، އިންޑިއާގެ މަޝްހޫރު މީހުންގެ މެދުގައި ދިވެހިރާއްޖެ ވަރަށް މަޝްހޫރު ކަމަށެވެ. ބައެއް ސެލެބްރެޓީން ތަކުރާރުކޮށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ކަމަށް ވެސް ޚަލީލު ވިދާޅުވިއެވެ.

ރާއްޖެ އެމްވީ | 6 ޖެނުއަރީ 2025 | ހޯމަ 11:54
ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާ އެސް. ޖައިޝަންކަރާ އެކު

ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާ އެސް. ޖައިޝަންކަރާ އެކު

ފަތުރުވެރިކަން ތިރިއަށް ދިއުމާއި މައްޗަށް ދިއުމަކީ ގުދުރަތީ ކަމެއް ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހުސްވި ހަފްތާގައި އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެއްދުވަސް ވަރެއްގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރީ އިންޑިއާ އިން ކަމަށްވީ ނަމަވެސް އެކަން ބަދަލުވެ، އަދިވެސް އިންޑިއާ އިން ޒިޔާރާތް ކުރާ ފަތުރުވެރިންގެ އަދަދު ދަށުގައި އޮތްކަން ފާހަގަ ކުރޭވޭތީ އެކަމާ ބެހޭ ގޮތުން އިންޑިއާގެ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެ ކަމަށް ފޮރިން މިނިސްޓަރ ޚަލީލު ވިދާޅުވީ، "އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ފަތުރުވެރިކަން މައްޗަށް ދިއުމަކީ ޤުދުރަތީ ކަމެއް،" ކަމަށެވެ.

މިނިސްޓަރ މިހެން ވިދާޅުވުމަށްފަހު، ފަހުން ދެއްކެވި ވާހަކައިގައި އިންޑިއާ އިން އަންނަ ފަތުރުވެރިން އިތުރު ކުރުމަށް އިންޑިއާގައި ރޯޑް ޝޯވތައް ބޭއްވުމުގެ މުހިންމު ކަމާއި ދަތުރުފަތުރުގެ ގުޅުން އަދިވެސް ރަނގަޅު ކުރުމަކީ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް ކުރަން ޖެހޭ ކަންކަމުގެ ގޮތުގައި ވިދާޅުވިއެވެ.

މިނިސްޓަރ ޚަލީލު ވިދާޅުވީ، ރައްޖެއަށް ފަތުރުވެރިން އަންނަ އަދަދަށް ބަލާއިރު އިންޑިއާ އަކީ ނަންބަރު އެކެއްގައި އޮތް ޤައުމު ކަމަށާއި އެހެން ނަމަވެސް އިންޑިއާ އިން އަންން ފަތުރުވެރިންގެ އަދަދު ދަށަށް ދިއުމަށްފަހު، 2024 ގެ މެދުތެރެއިން ފެށިގެން އަދަދު އިތުރުވަމުންދާ ތަން ފެންނަމުންދާ ކަމަށެވެ.

ފޮރިން މިނިސްޓަރ ޚަލީލު ވިދާޅުވީ، އިންޑިއާގެ މަޝްހޫރު މީހުންގެ މެދުގައި ދިވެހިރާއްޖެ ވަރަށް މަޝްހޫރު ކަމަށެވެ. ބައެއް ސެލެބްރެޓީން ތަކުރާރުކޮށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ކަމަށް ވެސް ޚަލީލު ވިދާޅުވިއެވެ.

ރާއްޖޭގެ ފަހުގެ ތާރީޚުގައި ރަހުމަތްތެރި ގައުމަކާ ދެކޮޅަށް ހިންގި އެންމެ ބޮޑު އެންޓިކެމްޕޭން އިންޑިއާ އާ ދެކޮޅަށް ހިންގުމުގައި އިސްކޮށް އުޅުއްވި މިނިސްޓަރ ޚަލީލު ވަނީ އިންޑިއާ ގެ ކޮންމެ ރައްޔިތެއް ރާއްޖެ އަށް ޒިޔާރާތް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. ޚަލީލު ފާހަގަ ކުރެއްވި ގޮތުގައި ސަރުކާރުން ގެންދަނީ އުތުރުގައި ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުމަށް މަސައްކަތް ކުރަމުންނެވެ. އެ ގޮތުން އިންޑިއާގެ އެހީގައި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރަމުން ދާއިރު އެންމެ ދެކުނުގެ އެންމެ ދުރުގައިވާ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރަމުންދަނީ ވެސް އިންޑިއާއިން ދީފައިވާ ފެސިލިޓީއެއްގެ ދަށުން ކަން ޚަލީލު ފާހަގަ ކުރެއްވިއެވެ.

ޚަލީލު ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ އިންޑިއާގައި ރޯޑްޝޯތަކާއި ޕްރޮމޯޝަނަލް އިވެންޓްތައް ބޭއްވުމަށް، ވަރަށް ޝައުގުވެރިވެ ވަޑައިގަންނަވާ ކަމަށެވެ. އެ ގޮތުން ފާއިތުވި އަހަރު، ޓޫރިޒަމް މިނިސްޓަރު ރާއްޖެ އިޝްތިހާރު ކުރަން މުމްބާއީ އަށް ވަޑައިގެންނެވި ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން، ސެލެބްރިޓީންގެ ފަރާތުން ޝައުޤުވެރިކަން އިތުރުވެފައިވާކަމަށްވެސް ޚަލީލު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

06 ނޮވެމްބަރު 2017

ސަޢޫދީގެ އަމީރުންނާއި ވިޔަފާރިވެރިން ހައްޔަރުކުރަން ފެށުމުން ތެލުގެ އަގު މައްޗަށް!

06 ނޮވެމްބަރު 2017
ސަޢޫދީގެ އަމީރުންނާއި ވިޔަފާރިވެރިން ހައްޔަރުކުރަން ފެށުމުން ތެލުގެ އަގު މައްޗަށް!
31 އޮކްޓޯބަރު 2017

ބީއެމްއެލްގެ ފައިދާ 35 ޕަސެންޓް މައްޗަށް ޖެހިލައިފި

31 އޮކްޓޯބަރު 2017
ބީއެމްއެލްގެ ފައިދާ 35 ޕަސެންޓް މައްޗަށް ޖެހިލައިފި
17 ޖޫން 2017

ކަރާގެ އަގު އިތުރަށް މައްޗަށް، މަހުގެ އަގުވެސް އުފުލިއްޖެ

17 ޖޫން 2017
ކަރާގެ އަގު އިތުރަށް މައްޗަށް، މަހުގެ އަގުވެސް އުފުލިއްޖެ
10 ޖޫން 2017

ފަތުގެ އަގު މައްޗަށް، ކަނޑު މަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް

10 ޖޫން 2017
ފަތުގެ އަގު މައްޗަށް، ކަނޑު މަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް
08 ޖޫން 2017

މަސްވެރިކަމާއި ފަތުރުވެރިކަން ދަށަށް ހިނގައްޖެ

08 ޖޫން 2017
މަސްވެރިކަމާއި ފަތުރުވެރިކަން ދަށަށް ހިނގައްޖެ
15 މެއި 2017

ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް

15 މެއި 2017
ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް
10 އެޕްރީލު 2017

ފަތުރުވެރިކަން 11 ޕަސެންޓް، މަސްވެރިކަން 28 ޕަސެންޓް ދަށަށް ގޮސްފި

10 އެޕްރީލު 2017
ފަތުރުވެރިކަން 11 ޕަސެންޓް، މަސްވެރިކަން 28 ޕަސެންޓް ދަށަށް ގޮސްފި
03 މާރިޗު 2017

ރާއްޖޭގެ އިންފްލޭޝަން ރޭޓް 2.9 މައްޗަށް ޖެހިއްޖެ!

03 މާރިޗު 2017
ރާއްޖޭގެ އިންފްލޭޝަން ރޭޓް 2.9 މައްޗަށް ޖެހިއްޖެ!
18 ފެބުރުއަރީ 2017

އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް

18 ފެބުރުއަރީ 2017
އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް
14 ޖެނުއަރީ 2017

ބައިނަލްއަޤްވާމީ ފްލައިޓްތަކާއި ގުޅިފައިވަނީ ދެކުނު ސަރަހައްދުގެ ފަތުރުވެރިކަން: އިބްތިޝާމާ

14 ޖެނުއަރީ 2017
ބައިނަލްއަޤްވާމީ ފްލައިޓްތަކާއި ގުޅިފައިވަނީ ދެކުނު ސަރަހައްދުގެ ފަތުރުވެރިކަން: އިބްތިޝާމާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް