Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންޑިއާ ރާއްޖެ ގުޅުން

ބުލީކުރާނަމަ އަވައްޓެރިންނަށް 4.5 ބިލިއަން ޑޮލަރާއި ވެކްސިނާއި ޚާއްސަ އުސޫލުން ކާބޯތަކެއްޗެއް ނުދޭނެ: ޖައިޝަންކަރު

ބުލީ ކުރާނަމަ، ޚާއްސަ އުސޫލެއްގެ ތެރެއިން ކާބޯތަކެތި ފޯރުކޮށް ނުދޭނެކަމަށްވެސް ޖައިޝަންކަރު ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 4 މާރިޗު 2024 | ހޯމަ 06:51
އިންޑިއާގެ އެކްސްޓާރނަލް އެފަރޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު

އިންޑިއާގެ އެކްސްޓާރނަލް އެފަރޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު

އިންޑިއާއިން ރާއްޖެއަށް "ބުލީ" ކުރާކަމަށް ނުސީދާ ގޮތެއްގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅަށް އިންޑިއާގެ އެކްސްޓާރނަލް އެފަރޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު އެނބުރި ރާއްޖެ ވަޑައިގެން އެއާޕޯޓުގައި ހުންނަވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ އަވައްޓެރި އިންޑިއާއަށް ނުސީދާ ބަހުގެ ހަމަލާތަކެއް އަމާޒު ކުރައްވާފައެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ، ރާއްޖެ ކުޑަވެދާނެ ކަމަށާއި ނަމަވެސް އެއީ ރާއްޖެއަށް ބުލީ ކުރުމަށް ދެވޭ ލައިސަންސެއް ނޫން ކަމަށެވެ.

އަދި އިންޑިއާ ކަނޑަކީވެސް ވަކި ޤައުމެއްގެ ކަނޑެއް ނޫންކަމަށް ވިދާޅުވެ އެ ދުވަހު ރައީސް ވަނީ އިންޑިއާގެ ނަން ވިދާޅުނުވެ، ނުސީދާ ބަސްތަކެއް އަމާޒު ކުރައްވާފައެވެ. އެގޮތުން ރާއްޖެއަކީ ވަކި ގައުމެއްގެ "ބެކްޔާޑު" ގައި އޮތް ގައުމެއް ނޫންކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.

އެކަމާ ގުޅޭގޮތުން އިންޑިއާގެ ނޫސްތަކުން ވަނީ އިންޑިއާގެ އެކްސްޓާރނަލް އެފަރޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރަށް ސުވާލު އަމާޒު ކުރައްވާފައެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އޮތް ހަފްލާއެއްގައި ނޫސްވެރިންގެ ފަރާތުން މި ސުވާލު އަމާޒުވުމުން ޖައިޝަންކަރު ވިދާޅުވީ، ބުލީ ކުރާ ބަޔަކު އަވައްޓެރި ޤައުމަކަށް ހާލު ޖެހުމުން 4.5 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ފޯރުކޮށް ނުދޭނެ ކަމަށެވެ.

ބުލީ ކުރާ ޤައުމެއް ނަމަ ކޮވިޑުގެ ތެރޭގައި އަވައްޓެރިންނަށް ވެކްސިންވެސް ފޯރުކޮށް ނުދޭނެ ކަމަށާއި، ބުލީ ކުރާނަމަ، ޚާއްސަ އުސޫލެއްގެ ތެރެއިން ކާބޯތަކެތި ފޯރުކޮށް ނުދޭނެކަމަށްވެސް ޖައިޝަންކަރު ވިދާޅުވިއެވެ.

ޖައިޝަންކަރު އެހެން ވިދާޅުވެފައިވާއިރު، އިންޑިއާގެ ބައެއް ސަރަހައްދުތަކަށް ވިއްސާރަ ކުރުމާއި ގުޅިގެން ފިޔާގެ ސަޕްލައިއަށް ދަތިތަކެއް ކުރިމަތިވުމުން 2020 ވަނަ އަހަރު އެ ގައުމުން ފިޔާ އެކްސްޕޯޓް ކުރުން ހުއްޓާލާފައިވާ ދަނޑިވަޅުތަކުގައިވެސް ޚާއްސަ ހުއްދައެއްގެ ދަށުން ރާއްޖެއަށް އެއްވެސް ދަތިކަމެއް ނެތި ފިޔާ ލިބެމުންދާނެކަމުގެ ޔަޤީންކަން އެ ޤައުމުގެ ސަރުކާރުން ދީފައިވެއެވެ.

އަދި ކޮވިޑުގެ ތެރޭގައި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް ދަތިކަމެއް ނެތި ވެކްސިން ފޯރުކޮށްދީފައިވެއެވެ. އެގޮތުން އެކްސްޕޯޓްކުރުން ދަތިވެފައިވާ ދަނޑިވަޅުގައި ވެސް ސިރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންގެ އިތުރު އެއްލައްކަ ޑޯޒް 2021 ވަނަ އަހަރު ރާއްޖެއަށް ފޯރުކޮށްދީފައިވެއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ އިމަޖެންސީ ހުއްދަދީ އަދި ޖަހަން ފަށާފައިވަނީވެސް ކޮވިޝީލްޑް ވެކްސިނެވެ. ކޮވިޝީލްޑް ވެކްސިނަށް އޭރު ޤައުމުތަކުން އޮތް ޑިމާންޑާއެކު ވެކްސިން އުފެއްދުމަށް ތާށިކަމެއް އަޔަސް، ރާއްޖެއަށް މިވެކްސިން ލިބޭނެކަމުގެ ޔަޤީންކަން އޭރުވެސް އިންޑިއާ ސަރުކާރުން އޮތީ ދީފައެވެ.

ހަމައެއާއެކު، ބުލީ ކުރާ ޤައުމެއް ނަމަ، ދުނިޔޭގެ އެހެން ސަރަޙައްދުތަކުގައި ހިނގާ ހަނގުރާމައިގެ އަސަރުތައް ކުރުމުން ތަފާތު އެކި ގޮތްގޮތުން އަވައްޓެރި ޤައުމުތަކަށް އެހީވެސް ފޯރުކޮށް ނުދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ޖައިޝަންކަރު ވަނީ އަވައްޓެރި އެކި ޤައުމުތަކަށް އިންޑިއާއިން ވެދީފައިވާ އެހީތަކުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ.

އޭގެ އިތުރުން، އިންޑިއާއިން ހިލޭ އެހީގެ ގޮތުގައި އެންމެ ބޮޑު އެހީއެއް ދިނުމަށް ހަމަޖެހިފައިވާ އެއް ޤައުމަކީ ރާއްޖެކަން އިންޑިއާގެ މާލީ ވުޒާރާއިން ދާދި ފަހުން އާންމުކުރި އިންޓެރިމް ބަޖެޓުންވެސް ވަނީ ދައްކާފައެވެ.

އަދި 2023 ވަނަ އަހަރުން 2024 ވަނަ އަހަރަށް އަންދާޒާ ކޮށްފައިވާ ބަޖެޓުގައި އަވައްޓެރި ޤައުމުތަކުގެ ތެރެއިން އިންޑިއާއިން އެންމެ ބޮޑު އެހީއެއް ދިނުމަށް ހަމަޖެހިފައިވާ އެއް ޤައުމަކީ ވެސް ރާއްޖެއެވެ.

ރާއްޖެއަށް އެންމެ ގިނައިން ހިލޭ އެހީ ފޯރުކޮށްދޭ ޤައުމުތަކުގެ ތެރޭގައި އަބަދުވެސް އަވައްޓެރި އިންޑިއާ ހިމެނެއެވެ.

އިންޑިއާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި މިހާރުވެސް ގިނަ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ދަނީ ހިންގަމުންނެވެ. މީގެ ތެރެއިން ބައެއް މަޝްރޫއު ނިންމާ އިފްތިތާހު ކޮށްފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހައުސިން މިނިސްޓަރ މުއިއްޒުގެ ސަބަބުން ދައުލަތަށް އެއް ބިލިއަން ރުފިޔާގެ ގެއްލުމެއްވެއްޖެ: އަލީ ހުސެއިން

ހައުސިން މިނިސްޓަރ މުއިއްޒުގެ ސަބަބުން ދައުލަތަށް އެއް ބިލިއަން ރުފިޔާގެ ގެއްލުމެއްވެއްޖެ: އަލީ ހުސެއިން

20 ސެޕްޓެމްބަރު 2017
ދައުލަތަށް ލިބެންޖެހޭ 4.5 ބިލިއަން ރުފިޔާ ހޯދަން ވަނީ ދައުވާކޮށްފައި: ސަރުކާރު

ދައުލަތަށް ލިބެންޖެހޭ 4.5 ބިލިއަން ރުފިޔާ ހޯދަން ވަނީ ދައުވާކޮށްފައި: ސަރުކާރު

20 ޖޫން 2017
މިސަރުކާރުން 12 ރަށެއްގެ ބިން ހިއްކައިފިން، އެކަމަށް 1.7 ބިލިއަން ރުފިޔާ ޚަރަދު ކޮށްފިން: މުއިއްޒު

މިސަރުކާރުން 12 ރަށެއްގެ ބިން ހިއްކައިފިން، އެކަމަށް 1.7 ބިލިއަން ރުފިޔާ ޚަރަދު ކޮށްފިން: މުއިއްޒު

07 ޖޫން 2017
އިންޑިޔާގެ ރިޒާވް ބޭންކަށް ދައްކަންޖެހޭ ދެ ބިލިއަން ރުފިޔާ ދެއްކުމަށް ރާއްޖެ އަށް އިތުރު ތިން މަސް ދީފި

އިންޑިޔާގެ ރިޒާވް ބޭންކަށް ދައްކަންޖެހޭ ދެ ބިލިއަން ރުފިޔާ ދެއްކުމަށް ރާއްޖެ އަށް އިތުރު ތިން މަސް ދީފި

06 އެޕްރީލު 2017
ފ. އަތޮޅަށް އަންނަނީ 10 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް، ތަފްޞީލް ހާމަކުރާވަރު ވުމުން ކުރާނަން: ރައީސް

ފ. އަތޮޅަށް އަންނަނީ 10 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް، ތަފްޞީލް ހާމަކުރާވަރު ވުމުން ކުރާނަން: ރައީސް

01 މާރިޗު 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު