Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވަޅުލާފައި ހުރި މަސްތުވާތަކެތީގެ މައްސަލަ

ޑްރަގްގެ މައްސަލާގައި ހައްޔަރު ކުރި ޕީއެންސީގެ ކައުންސިލުން މެމްބަރު މަޤާމުން ވަކިކޮށްފި

26 މާރިޗު 2022 | ހޮނިހިރު 13:43

އޭނާ ވަނީ ޕާޓީގެ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭ ގޮތަށް ސަސްޕެންޑުކޮށްފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 26 މާރިޗު 2022 | ހޮނިހިރު 13:43
ޑްރަގުގެ މައްސަލައިގައި ހައްޔަރުކުރި ޕީއެންސީގެ ކައުންސިލް މެމްބަރ

ޑްރަގުގެ މައްސަލައިގައި ހައްޔަރުކުރި ޕީއެންސީގެ ކައުންސިލް މެމްބަރ | ޕީއެސްއެމް

މާފަންނުގައި ހުރި ގެއެއްގެ ތަޅުންގަނޑު ދަށުގައި ވަޅުލާފައި ހުރި 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ ތުހުމަތުގައި އިދިކޮޅު ކޯލިޝަންގެ ޕީއެންސީގެ ކައުންސިލް މެންބަރު އަހުމަދު ހުސައިން އެ މަޤާމުން ވަކިކޮށްފިއެވެ.

ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާ ޕާޓީގެ ކައުންސިލު މެންބަރުކަމުން ވަކިކޮށް، ޕާޓީގެ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭ ގޮތަށް ސަސްޕެންޑުކޮށްފައިވާ ކަމަށެވެ. ޕީއެންސީގެ އަސާސީ ގަވާއިދުގައި ވާގޮތުން ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުންނަށް ފިޔަވަޅު އެޅުމުގެ ބާރު ޕާޓީއަށް ލިބޭ ކަމަށާއި، އަޙްމަދު ހުސައިނަށް އެޅި ފިޔަވަޅަކީ ވެސް އެ ބާރުގެ ދަށުން އެޅި ފިޔަވަޅެއް ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ހުކުރު ދުވަހު ހެނދުނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަސްތުވާތަކެތި ފެނުނީ ފުލުހުންގެ ޑްރަގް އެންފޯސްމެންޓް އެންޑް ނާކޮޓިކްސް އިންޓެލިޖެންސުން ބުރާސްފަތި ދުވަހުން ފެށިގެން މާލޭގައި ކުރިއަށްގެންދާ އޮޕަރޭޝަނެއްގައި ކަމަށެވެ. އޮޕަރޭޝަނުގައި ފެނިފައި ވަނީ ގާތްގަނޑަކަށް 42 ކިލޯގެ ހެރޮއިނެވެ.

ސީޕީ ހަމީދު ހުކުރު ދުވަހުގެ ރޭ ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ, މި މައްސަލާގައި ތުހުމަތުކުރެވޭ އިސް މީހާ މިހާރު ހައްޔަރުކުރެވިފައިވާ ކަމަށެވެ. މި މައްސަލާގައި އޭނާއާއެކު އިތުރު މީހަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.

މީގެ ކުރިން ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ޕީއެންސީގެ ކައުންސިލް މެންބަރަކު ހައްޔަރުކޮށްފައިވެއެވެ. 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި 130 ކިލޯއާއެކު ހައްޔަރުކޮށްފައިވަނީ އެ ޕާޓީގެ މެންބަރެއް ކަމަށްވާ ޝަހީބް އިބްރާހީމެވެ. މައްސަލަ ފެންމަތިވުމާއެކު އެ ޕާޓީން ވަނީ އޭނާ ސަސްޕެންޑުކޮށްފައެވެ.

ގެއެއްގެ ތަޅުންގަނޑު ދަށުގައި ރައްކާކޮށްފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު، މިހާރު ފުލުހުން ގެންދަނީ މާލެސިޓީގެ އިތުރުން އަތޮޅުތެރޭގައިވެސް އޮޕަރޭޝަންތައް ހިންގަމުންނެވެ.

ޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަން

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

17 ޖުލައި 2025

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

17 ޖުލައި 2025
ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް
29 ޖެނުއަރީ 2025

ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް

29 ޖެނުއަރީ 2025
ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް
24 ޑިސެމްބަރު 2024

އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި

24 ޑިސެމްބަރު 2024
އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި
24 ޑިސެމްބަރު 2024

ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި

24 ޑިސެމްބަރު 2024
ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި
24 ޑިސެމްބަރު 2024

އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި

24 ޑިސެމްބަރު 2024
އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި
22 ޑިސެމްބަރު 2024

އެޗްޑީސީގެ ބިޔަބޮޑު ވައްކަމަކީ މުޅި ގައުމުގެ މަސްލަހަތު އޭގައި ހިމެނޭ ކަމެއް: މީކައިލް

22 ޑިސެމްބަރު 2024
އެޗްޑީސީގެ ބިޔަބޮޑު ވައްކަމަކީ މުޅި ގައުމުގެ މަސްލަހަތު އޭގައި ހިމެނޭ ކަމެއް: މީކައިލް
23 ނޮވެމްބަރު 2024

އެހެން ރައީސުންނަށް އަތްލަން ނުކެރުނު ކަންކަމުގައި ރައީސް މުޢިއްޒު އަތްލައްވަން ފެއްޓެވި ފަހުން، ހުރިހާ ތަކުލީފެއް ނިކަމެތި ރައްޔިތު މީހާ އަށް!

23 ނޮވެމްބަރު 2024
އެހެން ރައީސުންނަށް އަތްލަން ނުކެރުނު ކަންކަމުގައި ރައީސް މުޢިއްޒު އަތްލައްވަން ފެއްޓެވި ފަހުން، ހުރިހާ ތަކުލީފެއް ނިކަމެތި ރައްޔިތު މީހާ އަށް!
21 ނޮވެމްބަރު 2024

ދައުލަތުގެ އެއްބާރުގެ ވެރިޔާ މިވަގުތު އެހުންނެވީ ޕީއެންސީގެ ސުލޫކީ ކޮމިޓީގެ ކޮންޓްރޯލްގެ ދަށުގައި

21 ނޮވެމްބަރު 2024
ދައުލަތުގެ އެއްބާރުގެ ވެރިޔާ މިވަގުތު އެހުންނެވީ ޕީއެންސީގެ ސުލޫކީ ކޮމިޓީގެ ކޮންޓްރޯލްގެ ދަށުގައި
02 ނޮވެމްބަރު 2024

ކައުންސިލް ތަކުގެ ބަޖެޓު މަދު ކުރުން، ލާމަރުކަޒީ ނިޒާމު ފުނޑާލަން ކުރާ މަސައްކަތުގެ ބައެއް!

02 ނޮވެމްބަރު 2024
ކައުންސިލް ތަކުގެ ބަޖެޓު މަދު ކުރުން، ލާމަރުކަޒީ ނިޒާމު ފުނޑާލަން ކުރާ މަސައްކަތުގެ ބައެއް!
28 އޮކްޓޯބަރު 2024

ރައްޔިތުން މާޔޫސްކަމެއްގެ ތެރެއަށް ދޫކޮށްލުމަށްފަހު، ޕާޓީ ބޮޑު ކުރުން!

28 އޮކްޓޯބަރު 2024
ރައްޔިތުން މާޔޫސްކަމެއްގެ ތެރެއަށް ދޫކޮށްލުމަށްފަހު، ޕާޓީ ބޮޑު ކުރުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް