Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑްގެ ވޭރިއެންޓްތައް ދެނެގަތުން

ކޮވިޑްގެ ވޭރިއެންޓްތައް ދެނެގަތުމަށް ހަދާ ލެބޯޓްރީ މެއި މަހުގެ ފަހުކޮޅު ހުޅުވާނެ

ލެބޯޓްރީގެ މަސައްކަތް ގާތްގަނޑަކަށްވަނީ ނިމިފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 26 މާރިޗު 2022 | ހޮނިހިރު 11:45
ކޮވިޑަށް ޓެސްޓުކުރުމަށް ސާމްޕަލް ނަގަނީ

ކޮވިޑަށް ޓެސްޓުކުރުމަށް ސާމްޕަލް ނަގަނީ

ކޮވިޑް-19ގެ ވޭރިއެންޓްތައް ދެނެގަތުމަށް ޖެނެޓިކް ސީކުއެންސް ޓެސްޓުތައް ހަދާ ލެބޯޓްރީ މެއި މަހުގެ ފަހުކޮޅު ހުޅުވާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

ރާއްޖޭގައި މީގެ ކުރިން ކޮވިޑް-19ގެ ވޭރިއެންޓްތައް ދެނެގަތުމަށް ހަދާ ޓެސްޓުތަކުގެ ސާމްޕަލްތައް ފޮނުވަނީ ރާއްޖެއިން ބޭރަށެވެ. އޮމިކްރޯން ވޭރިއެންޓް ވެސް ރާއްޖޭގައި ފެތުރެމުންދިޔަ ކަން ހާމަވެގެން ދިޔައީ ރާއްޖެއިން ބޭރަށް ސާމްޕަލް ފޮނުވައިގެން ހެދި ޓެސްޓުތަކުންނެވެ. މިއީ މަސައްކަތްތަކަށް ލިބޭ ލަސްކަމެއްގެ ގޮތުގައި އޭރު ސިއްހީ ޚިދުމަތްތެރިންނާއި ޑޮކްޓަރުން ފާހަގަކުރެއްވިއެވެ. މިމައްސަލަ ހައްލު ގެނައުމަށް ކޮވިޑަށް ޓެސްޓް ކުރާ ސާމްޕަލްތަކުގެ ވޭރިއެންޓް ދެނެގަތުމަށް ބޭނުންވާ ސާމާނު 28 ނޮވެމްބަރު 2021ގައި ރާއްޖެ ގެނެސްފައިވެއެވެ. އަދި ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ނޭޝަނަލް ހެލްތު ލެބޯޓަރީގައި ޖެންސް ޓެސްޓް ހަދާ ލެބޯޓްރީ މިހާރު ވަނީ ގާއިމްކޮށްފައެވެ.

ރާއްޖެއެމްވީއަށް އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވީ, ކޮވިޑް-19ގެ ވޭރިއެންޓްތައް ދެނެގަތުމަށް ޖެނެޓިކް ސީކުއެންސް ޓެސްޓުތައް މިހާރު ވެސް ހަދަމުންދާ ކަމަށެވެ. ނަމަވެސް އަދި އާއްމުކޮށް ހުޅުވާލައިގެން އެމަސައްކަތް ކުރަމުން ނުދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މީގެ އިތުރުން އޮފިޝަލް ވިދާޅުވީ ޖެނެޓިކް ސީކުއެންސް ޓެސްޓުތައް ހަދާ ލެބޯޓްރީގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި، މެއި މަހުގެ ފަހުކޮޅު ހުޅުވާނެ ކަމަށެވެ.

ރާއްޖޭގައި ފެތުރެމުން އަންނަނީ ކޮވިޑްގެ ކޮން ވައްތަރެއްކަން ދެނެގަތުމަށް ހަދާ ޖެންސް ޓެސްޓްތައް ހެދޭނެ ނިޒާމެއް ގާއިމުކޮށްފައިވާ އިއުލާންކުރެއްވީ މިމަހުގެ 13 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެޗްޕީއޭކޮވިޑް-19

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު