Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ ޔޫކްރެއިން ހަނގުރާމަ

ކެމިކަލް ހަތިޔާރު ބޭނުންކުރާ ވާހަކަ ދައްކަނީ އެމެރިކާއަށް އަމާޒުކޮށް ކުރާ ސުވާލުތައް އެހެން ދިމާލަކަށް އަނބުރާލުމަށް: ރަޝިޔާ

25 މާރިޗު 2022 | ހުކުރު 23:31

ކްރެމްލިންގެ ސްޕޯކްސްމަން ޑިމިޓްރީ ޕެސްކޮވް ވިދާޅުވީ މިއީ އެމެރިކާއިން ބޭނުންކުރަމުން އަންނަ އުކުޅެއްކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 25 މާރިޗު 2022 | ހުކުރު 23:31
ކްރެމްލިންގެ ސްޕޯކްސްޕާސަން ޑިމިޓްރީ ޕެސްކޮވް

ކްރެމްލިންގެ ސްޕޯކްސްޕާސަން ޑިމިޓްރީ ޕެސްކޮވް

ރަޝިޔާއިން ޔޫކްރެއިން އަށް ދެމުންދާ ހަމަލާތަކުގައި ކެމިކަލް ހަތިޔާރު ބޭނުންކޮށްފާނެކަމަށް ބުނެ އެމެރިކާއިން ވާހަކަދައްކަމުންދަނީ އެމެރިކާއަށް އަމާޒުކޮށް ކުރަމުންދާ ސުވާލުތައް އެހެންދިމާލަކަށް އަނބުރާލުމުގެ ގޮތުންކަމަށް ރަޝިޔާއިން ބުނެފިއެވެ.

ކްރެމްލިންގެ ސްޕޯކްސްމަން ޑިމިޓްރީ ޕެސްކޮވް ވިދާޅުވީ މިއީ އެމެރިކާއިން ބޭނުންކުރަމުން އަންނަ އުކުޅެއްކަމަށެވެ. ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ޕެސްކޮވް ވިދާޅުވީ ހަމަލާތަކުން ދިފާއުވުމަށް ރަޝިޔާއިން ކުރާނެ ކަންކަން އިތުރަށް ޚަރުދަނާކުރާނެ ގޮތްތަކުގެ މައްޗަށް އެކުލެވޭ ޕްރޮޕޯސަލެއް ރަޝިޔާގެ އަސްކަރިއްޔާއިން އެގައުމުގެ ރައީސަށް އަރުވާނެކަމުގައެވެ.

ހަނގުރާމައަށް މަހަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު ރަޝިޔާއިން ޔޫކްރެއިން އަށް ދެމުންދާ ހަމަލާތަކުގައި ޔޫކްރެއިންގެ ގިނަ ޓައުންތަކަކާއި ސިޓީތަކެއް ވަނީ ހަލާކުވެފައެވެ. ހަލާކުވެފައިވާ ސިޓީތަކާއި ޓައުންތައް އަލުން ހެދުމާމެދު ޕެސްކޮވް ވިދާޅުވީ އެކަމާއި ގުޅޭގޮތުން އަދި ރަސްމީގޮތުން ރަޝިޔާއިން ގޮތެއް ނުނިންމާކަމަށެވެ.

ރަޝިޔާއިން ހަނގުރާމައިގައި ކެމިކަލް ހަތިޔާރު ބޭނުން ކޮށްފިނަމަ ނަތީޖާ ގޯސްވާނެކަމުގެ އިންޒާރު، ހުޅަނގާއި ނޭޓޯގެ ލީޑަރުން އަންނަނީ ރަޝިޔާއަށް ދެމުންނެވެ.

ނޭޓޯގެ ސެކެޓްރީ ޖެނެރަލް ވިދާޅުވެފައިވަނީ، ރަޝިއާއިން ކެމިކަލް އަދި ބައޮލޮޖިކަލް ހަތިޔާރު ބޭނުންކޮށްފާނެކަމަށް ބަލައި، ނޭޓޯގެ ގައުމުތަކުން ކެމިކަލް އަދި ބައޮލޮޖިކަލް ހަތިޔާރާއި، ދިފާއީ ވަސީލަތްތައް އިތުރު ކުރަމުން ގެންދާ ކަމަށެވެ. ރަޝިޔާއިން ޔޫކުރެއިންގައި ކެމިކަލް ހަތިޔާރުގެ ބޭނުން ކޮށްފިނަމަ، އެކަން ވެގެންދާނީ، މިހާތަނަށް ވެފައިވާ ހުރިހާ އެއްބަސްވުންތަކާއި، ކޮންވެންޝަންތަކާވެސް ޚިލާފު ކަމަށާއި އެކަން ނުކުރުމަށް ލީޑަރުންވަނީ އިންޒާރު ދީފައެވެ.

ރަޝިޔާއިން ވަނީ ޔޫކްރެއިނަށް ހަމަލާދިނުމުގައި ހައިޕަރސޮނިކް މިސައިލްގެ ބޭނުންކޮށްފައެވެ. މިއީ، ގަޑިއަކު 6،000 ކިލޯ މީޓަރަށްވުރެ ބާރުމިނުގައި، އަޑަށްވުރެ 10 ގުނަ ބާރުމިނުގައި ދަތުރު ކުރުމުގެ ގާބިލްކަން ލިބިފައިވާ މިސައިލެކެވެ. ހަމަ މިއާއެކު، އުހުގައި ދަތުރުކޮށް، ޖައްވުގައި ހުއްޓައި، ބިމަށް ތިރިކުުރުމުގެކުރިން މީގެ ސްޕީޑާއި މިސްރާބު ބަދަލު ކޮށްލުމުގެ ގާބިލްކަން ލިބިފައިވެއެވެ.

މިއީ ހަނގުރާމައެއްގައި ހައިޕަރސޮނިކް މިސައިލް ބޭނުންކުރި ފުރަތަމަ ފަހަރުވެސް މެއެވެ. ރަޝިއާއިން ހައިޕަރސޮނިކް މިސައިލް އުފައްދާފައިވާކަން ހާމަކޮށްފައިވަނީ 2018 ވަނަ އަަހަރުއެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައެމެރިކާ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ
13 ޑިސެމްބަރު 2025

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
13 ޑިސެމްބަރު 2025

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި
11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
07 ޑިސެމްބަރު 2025

ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

07 ޑިސެމްބަރު 2025
ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް