Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިދިކޮޅު މުޒާހަރާ

ރައީސް ޔާމީން މުޒާހަރާއިން ފިއްލަވައިފި

25 މާރިޗު 2022 | ހުކުރު 20:31

ރައީސް ޔާމީން މިމުޒާހަރާގައި ބައިވެރިވެވަޑައިނުގެންނެވީ ސެކިއުރިޓީ ސަބަބުތަކާއި ހުރެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 25 މާރިޗު 2022 | ހުކުރު 20:31
އިދިކޮޅުން ހުކުރު ދުވަހު ކުރިއަށް ގެންދިޔަ މުޒާހަރާ

އިދިކޮޅުން ހުކުރު ދުވަހު ކުރިއަށް ގެންދިޔަ މުޒާހަރާ

އިދިކޮޅު ކޯލިޝަނުން "ނޭވާ ހޮޅިޔަށް" ނަމުގައި ހުކުރު ދުވަހު ކުރިއަށް ގެންދިޔަ މުޒާހަރާއިން ކުރީގެ ރައީސް ޔާމީން ފިއްލަވައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެމުން އިތުބާރު ހުރި ފަރާތަކުން ބުނީ ރައީސް ޔާމީން މި މުޒާހަރާގައި ބައިވެރިވެވަޑައިނުގެންނެވީ ސެކިއުރިޓީ ސަބަބުތަކާއި ހުރެ ކަމަށެވެ. ނަމަވެސް މީގެ ކުރިން ވެސް އެމަނިކުފާނު ވަނީ އިންޑިއާ އައުޓް ކެމްޕެއިންގައި ރަށްރަށަށް ކުރި ދަތުރުތަކުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި އެމަނިކުފާނު ވަނީ މިފަދަ އެއްވުންތަކުގައިވެސް ބައިވެރިވެވަޑައިގެންފައެވެ.

Advertisement - newsAdvertisement

ހުކުރު ދުވަހުގެ މުޒާހަރާ ކުރިއަށް ގެންދިޔަ ގޮތާމެދު ހިތްހަމަނުޖެހިގެން އެ ޕާޓީގެ އާންމު މެމްބަރުން ތިބީ ރުޅިގަދަވެފައިކަމަށާއި މި މުޒާހަރާއަށް ރަށްރަށުން ވެސް ބައެއް މީހުން މާލެ އައިސްފައިވާއިރު، މުޒާހަރާގެ އަމާޒަށް ވާސިލް ނުވެ އެމީހުން ފުރަން ޖެހުމުން ރުޅި އައިސް ތިބި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި ޕާޓީއަށް ހެޔޮ އެދިގެން މަސައްކަތް ކުރާ މެމްބަރުން ދުރުކުރުމަށްފަހު، ރަނގަޅަށް އިރުޝާދު ނުދީ، މުޒާހަރާއަށް ނުކުމެފައިވާ ކަމަށާއި، އެ މެމްބަރުން ތިބީ އެކަމާމެދުވެސް ހިތްހަމަނުޖެހިފައިކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދިން ފަރާތުން ބުނީ ޕާޓީގެ ލީޑަރޝިޕާއި މެމްބަރުންގެ މެދުގައި ވެސް މައްސަލަތައް ޖެހިފައިވާ ކަމަށެވެ. ހުކުރު ދުވަހު އިދިކޮޅުން ބޭއްވި މުޒާހަރާ ވެސް ނިމިގެން ދިޔައިރު އިދިކޮޅުން ބޭއްވީ އެޕާޓީން ބުނި ފަދަ "ބޮޑު މުޒާހަރާ" އެއް ނޫންކަން ވަނީ ފެނިގެން ގޮސްފައެވެ.

ރައީސް ޔާމީނަކީ ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާގެ ސިފައިން ބޭރުކުރުމަށް ފާޅުކަން ބޮޑު ގޮތެއްގައި ގޮވާލައްވަމުންދާ ބޭފުޅަކަށްވާއިރު މިފަދަ ބޮޑު މުޒާހަރާއަކުން އެމަނިކުފާނު ފެނިވަޑައިނުގެންނެވުމުން އާންމުންގެ ފާޑުކިޔުން ވަނީ އެމަނިކުފާނަށް އަމާޒުވެފައެވެ.  

ނޭވާހޮޅިޔަށް މި ނަމުގައި އިދިކޮޅު ކޯލިޝަނުން ބޭއްވި މި މުޒާހަރާއިން 11 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. ފުލުހުން ބުނީ މި 11 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ކަމަށެވެ.

ޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

17 ޖުލައި 2025

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

17 ޖުލައި 2025
ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް
29 ޖެނުއަރީ 2025

ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް

29 ޖެނުއަރީ 2025
ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް
24 ޑިސެމްބަރު 2024

އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި

24 ޑިސެމްބަރު 2024
އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި
24 ޑިސެމްބަރު 2024

ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި

24 ޑިސެމްބަރު 2024
ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި
24 ޑިސެމްބަރު 2024

އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި

24 ޑިސެމްބަރު 2024
އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި
22 ޑިސެމްބަރު 2024

އެޗްޑީސީގެ ބިޔަބޮޑު ވައްކަމަކީ މުޅި ގައުމުގެ މަސްލަހަތު އޭގައި ހިމެނޭ ކަމެއް: މީކައިލް

22 ޑިސެމްބަރު 2024
އެޗްޑީސީގެ ބިޔަބޮޑު ވައްކަމަކީ މުޅި ގައުމުގެ މަސްލަހަތު އޭގައި ހިމެނޭ ކަމެއް: މީކައިލް
23 ނޮވެމްބަރު 2024

އެހެން ރައީސުންނަށް އަތްލަން ނުކެރުނު ކަންކަމުގައި ރައީސް މުޢިއްޒު އަތްލައްވަން ފެއްޓެވި ފަހުން، ހުރިހާ ތަކުލީފެއް ނިކަމެތި ރައްޔިތު މީހާ އަށް!

23 ނޮވެމްބަރު 2024
އެހެން ރައީސުންނަށް އަތްލަން ނުކެރުނު ކަންކަމުގައި ރައީސް މުޢިއްޒު އަތްލައްވަން ފެއްޓެވި ފަހުން، ހުރިހާ ތަކުލީފެއް ނިކަމެތި ރައްޔިތު މީހާ އަށް!
21 ނޮވެމްބަރު 2024

ދައުލަތުގެ އެއްބާރުގެ ވެރިޔާ މިވަގުތު އެހުންނެވީ ޕީއެންސީގެ ސުލޫކީ ކޮމިޓީގެ ކޮންޓްރޯލްގެ ދަށުގައި

21 ނޮވެމްބަރު 2024
ދައުލަތުގެ އެއްބާރުގެ ވެރިޔާ މިވަގުތު އެހުންނެވީ ޕީއެންސީގެ ސުލޫކީ ކޮމިޓީގެ ކޮންޓްރޯލްގެ ދަށުގައި
02 ނޮވެމްބަރު 2024

ކައުންސިލް ތަކުގެ ބަޖެޓު މަދު ކުރުން، ލާމަރުކަޒީ ނިޒާމު ފުނޑާލަން ކުރާ މަސައްކަތުގެ ބައެއް!

02 ނޮވެމްބަރު 2024
ކައުންސިލް ތަކުގެ ބަޖެޓު މަދު ކުރުން، ލާމަރުކަޒީ ނިޒާމު ފުނޑާލަން ކުރާ މަސައްކަތުގެ ބައެއް!
28 އޮކްޓޯބަރު 2024

ރައްޔިތުން މާޔޫސްކަމެއްގެ ތެރެއަށް ދޫކޮށްލުމަށްފަހު، ޕާޓީ ބޮޑު ކުރުން!

28 އޮކްޓޯބަރު 2024
ރައްޔިތުން މާޔޫސްކަމެއްގެ ތެރެއަށް ދޫކޮށްލުމަށްފަހު، ޕާޓީ ބޮޑު ކުރުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް