Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރާއްޖެއާއި ބަނގްލަދޭޝްގެ ރަހްމަތްތެރިކަމުގެ މެޗު

ބަދަލުހިފަން ނުކުމެ ރާއްޖެއިން ނަތީޖާ ނެރެފި

24 މާރިޗު 2022 | ބުރާސްފަތި 18:22

ރާއްޖެ މޮޅުވީ 2-0 ގެ ނަތީޖާއަކުން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 24 މާރިޗު 2022 | ބުރާސްފަތި 18:22
ބަންގްލަދޭޝް އަތުން ރާއްޖެ މޮޅުވީ 2-0 އިން

ބަންގްލަދޭޝް އަތުން ރާއްޖެ މޮޅުވީ 2-0 އިން

ދިވެހިރާއްޖެއާއި ބަނގްލަދޭޝް ބައްދަލުކުރި އިންޓަރނޭޝަނަލް ފްރެންޑްލީ މެޗު ރާއްޖެއިން ކާމިޔާބުކޮށްފިއެވެ.

ލަންކާގައި ކުޅުނު ފޯނޭޝަންސް ކަޕުގައި ބަނގްލަދޭޝް އަތުން ރާއްޖެ ބަލިވުމާއެކު މި މެޗަށް ރާއްޖެ ޓީމުން ނުކުތީ ބަދަލު ހިފުމުގެ ރޫހުގައެވެ. ބަނގްލަދޭޝް އަތުން އެފަހަރު ރާއްޖެ ބަލިވީ 18 އަހަރަށްފަހުއެވެ.

ގަލޮޅު ދަނޑުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މި މެޗު ރާއްޖެއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށިގެން ފުރަތަމަ ހާފުގައި ބަނގްލަދޭޝް ޓީމުން ރަނގަޅު ކުޅުމެއް ދައްކައި ރާއްޖޭގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރިއެވެ. އެގޮތުން އަރިމަތިން ރާއްޖޭގެ ޕެނަލްޓީ އޭރިއާގެ ތެރެއަށް ހުރަސް ނަގައިގެން ކައިރިކައިރީގައި ދެ ހަމަލާއެއް އުފެއްދި ނަމަވެސް ބަނގްލަދޭޝް ޓީމަށް ނަތީޖާ ނެރެެވޭ ގޮތެއް ނުވިއެވެ. ބަނގްލަދޭޝްގެ ޔާސިން އަރަފާތު އަރިމަތިން ނަގައިދިން ހުރަސް އެމްޑީ ސުމަން ގޯލުގެ ތެރެއަށް ފޮނުވާލަން މަސައްކަތް ކުރި ނަމަވެސް ބޯޅަ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ.

ރާއްޖެ ޓީމުން ކުޅުން ރަނގަޅުކޮށް މެޗުގެ ލީޑު ނެގީ ފުރަތަމަ ހާފުގެ 38 ވަނަ މިނެޓިގައެވެ. މިއީ މުހައްމަދު އުމައިރު ދިން ޕާހެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ހަސަން ރާއިފް އަހްމަދު ކާމިޔާބުކުރި ލަނޑެކެވެ. ފުރަތަމަ ހާފު ނިމުނީ 1-0 ގެ ނަތީޖާއަކުން ރާއްޖެ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށުމާއެކު ބަނގްލަދޭޝް ޓީމުން ލަނޑެއް ޖަހައި ނަތީޖާ އެއްވަރު ކުރުމަށް މަސައްކަތް ކުރިއެވެ. ކައުންޓަރ އެޓޭކެއްގައި ރާކިބް ހުސައިން އުފައްދަން މަސައްކަތް ކުރި ހަމަލާއަށް ރާއްޖޭގެ ޝިފާއު ހުރަސްއެޅިއިރު، ޔާސީންގެ ހަމަލާވެސް ދިފާއުކުރީ ޝިފާއުއެވެ.

ރާއްޖެއަށް ލީޑު ފުޅާކޮށްދިނީ އިބްރާހިމް މަހްދީ ހުސައިންއެވެ. މިއީ ބަނގްލަދޭޝްގެ ޑިފެންޑަރެއް ކައިރިން ބީޓުކޮށްލުމަށްފަހު ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން ކާމިޔާބުކުރި ހިތްގައިމު ލަނޑެކެވެ.

އޭގެ އިރުކޮޅެއް ފަހުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުން ޔާމީނު ވެސް ޑިފެންޑަރެއް ބީޓު ކޮށްލުމަށްފަހު ލަނޑެއް ޖެހިއެވެ. ނަމަވެސް އެލަނޑަކީ އޮފްސައިޑު ޕޮސިޝަނެއްގައި ހުރި ރާއްޖެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ވަން ލަނޑެކެވެ.

އޭގެ ފަހުން ޔާނު ފޮނުވާލި ދެބޯޅަ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށް ދިޔައިރު އަހްމަދު ރިޒްވާން (ރިޒޭ) ފޮނުވާލި ބާރު ހަމަލާވެސް ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

އެފްއޭއެމް ގައުމީ ފުޓްބޯޅަ ޓީމު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
20 ނޮވެމްބަރު 2025

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި
16 ނޮވެމްބަރު 2025

ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ

16 ނޮވެމްބަރު 2025
ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ
11 ނޮވެމްބަރު 2025

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި
21 އޮކްޓޯބަރު 2025

އެފްއޭއެމްގެ ފައިސާ އިން އަމީން އެވެނިއުގެ އެޕާޓްމަންޓު ގަތް މައްސަލައިގައި ބައްސާމަށް ކުރާ ދައުވާގެ އަދަބު ބޮޑުވާ އިސްލާހެއް ބަލައިގެންފި

21 އޮކްޓޯބަރު 2025
އެފްއޭއެމްގެ ފައިސާ އިން އަމީން އެވެނިއުގެ އެޕާޓްމަންޓު ގަތް މައްސަލައިގައި ބައްސާމަށް ކުރާ ދައުވާގެ އަދަބު ބޮޑުވާ އިސްލާހެއް ބަލައިގެންފި
08 އޮކްޓޯބަރު 2025

ބައްސާމަށް މަހެއްގެ މައްޗަށް 34،000 ޑޮލަރު ޖަމާވެފައިވޭ، އެ ފައިސާ އިން ބޭރުން ވިޔަފާރިކޮށް އަމިއްލަ ބޭނުމަށް ހަރަދުކުރި: ހުކުމް

08 އޮކްޓޯބަރު 2025
ބައްސާމަށް މަހެއްގެ މައްޗަށް 34،000 ޑޮލަރު ޖަމާވެފައިވޭ، އެ ފައިސާ އިން ބޭރުން ވިޔަފާރިކޮށް އަމިއްލަ ބޭނުމަށް ހަރަދުކުރި: ހުކުމް
08 އޮކްޓޯބަރު 2025

ބައްސާމް 4 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

08 އޮކްޓޯބަރު 2025
ބައްސާމް 4 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
29 ސެޕްޓެމްބަރު 2025

ބައްސާމުގެ މައްސަލައިގެ އަޑުއެހުންތައް ނިންމައި ހުކުމް އިއްވަން ތައްޔާރުވެއްޖެ

29 ސެޕްޓެމްބަރު 2025
ބައްސާމުގެ މައްސަލައިގެ އަޑުއެހުންތައް ނިންމައި ހުކުމް އިއްވަން ތައްޔާރުވެއްޖެ
08 ސެޕްޓެމްބަރު 2025

ބައްސާމަށް ކުރާ ދައުވާގެ ހެކިބަސް ނެގުމުގެ މަރުހަލާ ނިންމާލައިފި

08 ސެޕްޓެމްބަރު 2025
ބައްސާމަށް ކުރާ ދައުވާގެ ހެކިބަސް ނެގުމުގެ މަރުހަލާ ނިންމާލައިފި
22 ޑިސެމްބަރު 2024

އެފްއޭއެމް އަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ބައްސާމުގެ އަތުން އެއް މިލިއަން ދެލައްކަ ޑޮލަރު ނަގައިދިނުމަށް އެދިއްޖެ

22 ޑިސެމްބަރު 2024
އެފްއޭއެމް އަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ބައްސާމުގެ އަތުން އެއް މިލިއަން ދެލައްކަ ޑޮލަރު ނަގައިދިނުމަށް އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް