Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގޯލްޑަން ފުޓްސަލް ޗެލެންޖް

ގޯލްޑަން ފުޓްސެލް ޗެލެންޖްގެ ކުއާޓަރ ފައިނަލްގައި ވާދަކުރާނެ ޓީމްތައް ކަށަވަރުވެއްޖެ

24 މާރިޗު 2022 | ބުރާސްފަތި 09:23

ކްއާޓަރ ފައިނަލް މެޗުތައް ކުޅޭނީ ހުކުރު ދުވަހުގެ ރޭ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 24 މާރިޗު 2022 | ބުރާސްފަތި 09:23
ދެވަނަ ބުރުގެ މެޗެއްގައި ލަނޑުޖެހުމަށްފަހު ކުޅުންތެރިން އުފާފާޅުކުރަނީ

ދެވަނަ ބުރުގެ މެޗެއްގައި ލަނޑުޖެހުމަށްފަހު ކުޅުންތެރިން އުފާފާޅުކުރަނީ

ސޮނީ ސްޕޯރޓްސް ގޯލްޑަން ފުޓްސެލް ޗެލެންޖްގެ ކުއާޓަރ ފައިނަލްގައި ވާދަކުރާނެ ޓީމްތައް ކަށަވަރުވެއްޖެއެވެ. ގަދަ ސޯޅަ ޓީމް ވާދަކުރި ބުރަށްފަހު ކުއާޓަރ ފައިނަލުން ޖާގަ ހޯދީ ކ.ގާފަރު, މާފަންނު, ހުޅުމާލެ, މާލެގަން, ރ.ދުވާފަރު, ތ.ތިމަރަފުށި, ދ.ކުޑަހުވަދޫ އަދި ބ.އޭދަފުއްޓެވެ.

މުޅިރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މުބާރާތުގެ ކުއާޓަރ ފައިނަލުން ގާފަރު ޖާގަހޯދީ 2-1 ން ގއ.ކޮނޑޭ ބަލިކޮށްގެންނެވެ. ކުއާޓަރ ފައިނަލްގައި ގާފަރު ވާދަކުރާނީ މާފަންނާއެވެ. މާފަންނު ކުއާޓަރ ފައިނަލަށް ދަތުރުކުރީ 2-0 ން މ.ދިއްގަރު ބަލިކޮށްގެންނެވެ.

ކުއާޓަރ ފައިނަލުން ހުޅުމާލެ ޖާގަ ހޯދީ ދެވަނަ ބުރުގައި 2-2 ން މެޗު އެއްވަރުވެ, ޕެނަލްޓީގައި 4-1 ން އދ.މާމިގިލި ބަލިކޮށްގެންނެވެ. ކުއާޓަރ ފައިނަލްގައި ހުޅުމާލެ ވާދަކުރާނީ މާލެގަންއާއެވެ. މާލެގަން ކުއާޓަރ ފައިނަލުން ޖާގަ ހޯދީ 4-3 ން ށ.ކަނޑިތީމް ބަލިކޮށްގެންނެވެ.

ރ.ދުވާފަރު ކުއާޓަރ ފައިނަލަށް ދަތުރުކުރީ 7-0 ގެ ބޮޑު ތަފާތަކުން ސ.ފޭދޫ ބަލިކޮށްގެންނެވެ. ކުއާޓަރ ފައިނަލްގައި ދުވާފަރު ވާދަކުރާނީ ތ.ތިމަރަފުއްޓާއެވެ. ތިމަރަފުށި ކުއާޓަރަށް ދަތުރުކުރީ 6-2 ން އއ.މަތިވެރި ބަލިކޮށްގެންނެވެ.

ކުޑަހުވަދޫ ކުއާޓަރ ފައިނަލުން ޖާގަ ހޯދީ ގަދަ ސޯޅަ ޓީމް ވާދަކުރި ބުރުގައި ހއ.އިހަވަންދޫއާއި ވާދަކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 4-3 ން ކުރި ހޯދައިގެންނެވެ. ކުއާޓަރ ފައިނަލްގައި ކުޑަހުވަދޫ ވާދަކުރަން ޖެހޭނީ އޭދަފުއްޓާއެވެ. އޭދަފުށި ކުއާޓަރ ފައިނަލަށް ދަތުރުކުރީ 3-1 ން ގދ.ވާދޫ ބަލިކޮށްގެންނެވެ.

ކުއާޓަރ ފައިނަލް މެޗުތައް ކުޅޭނީ ހުކުރު ދުވަހުގެރެއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2025

ކާށިދޫ އިން ގޯލްޑަަން ފުޓްސަލް ޗެލެންޖު ކާމިޔާބު ކޮށްފި

26 ފެބުރުއަރީ 2025
ކާށިދޫ އިން ގޯލްޑަަން ފުޓްސަލް ޗެލެންޖު ކާމިޔާބު ކޮށްފި
15 މާރިޗު 2023

ގޯލްޑަން ފުޓްސަލްގެ ފައިނަލް ދެކުނަށް، ވާދަކުރާނީ ގަމާއި ވާދޫ

15 މާރިޗު 2023
ގޯލްޑަން ފުޓްސަލްގެ ފައިނަލް ދެކުނަށް، ވާދަކުރާނީ ގަމާއި ވާދޫ
25 ފެބުރުއަރީ 2023

ގދ.އަތޮޅުގެ ޗެމްޕިއަންކަން ވާދޫއަށް، ޅ.އަތޮޅު ޗެމްޕިއަނަކީ ކުރެންދޫ

25 ފެބުރުއަރީ 2023
ގދ.އަތޮޅުގެ ޗެމްޕިއަންކަން ވާދޫއަށް، ޅ.އަތޮޅު ޗެމްޕިއަނަކީ ކުރެންދޫ
25 ފެބުރުއަރީ 2023

އއ ގެ ޗެމްޕިއަންކަން ބޮޑުފޮޅުދޫ އަދި އދ.ގެ ޗެމްޕިއަންކަން މާމިގިލި ހޯދައިފި

25 ފެބުރުއަރީ 2023
އއ ގެ ޗެމްޕިއަންކަން ބޮޑުފޮޅުދޫ އަދި އދ.ގެ ޗެމްޕިއަންކަން މާމިގިލި ހޯދައިފި
25 ފެބުރުއަރީ 2023

ތ.އަތޮޅުގެ ޗެމްޕިއަންކަން ކިނބިދޫއަށް، ލ.އަތޮޅު ޗެމްޕިއަންކަން ހޯދީ ގަން

25 ފެބުރުއަރީ 2023
ތ.އަތޮޅުގެ ޗެމްޕިއަންކަން ކިނބިދޫއަށް، ލ.އަތޮޅު ޗެމްޕިއަންކަން ހޯދީ ގަން
31 މާރިޗު 2022

މުބާރާތުގެ ހުރިހާ ކަމެއްވެސް ދިޔައި ޕްލޭން އާއި އެއްގޮތަށް: ރިލޭ

31 މާރިޗު 2022
މުބާރާތުގެ ހުރިހާ ކަމެއްވެސް ދިޔައި ޕްލޭން އާއި އެއްގޮތަށް: ރިލޭ
31 މާރިޗު 2022

ތިމަރަފުށިން ފުޓްސަލްގެ ރަސްކަން ދިފާއުކޮށްފި

31 މާރިޗު 2022
ތިމަރަފުށިން ފުޓްސަލްގެ ރަސްކަން ދިފާއުކޮށްފި
28 މާރިޗު 2022

ގޯލްޑަން ފުޓްސެލް ޗެލެންޖް ފައިނަލްގައި ތިމަރަފުއްޓާއި، ގާފަރު

28 މާރިޗު 2022
ގޯލްޑަން ފުޓްސެލް ޗެލެންޖް ފައިނަލްގައި ތިމަރަފުއްޓާއި، ގާފަރު
26 މާރިޗު 2022

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ސެމީގައި ތިމަރަފުށްޓާއި ކުޑަހުވަދޫ!

26 މާރިޗު 2022
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ސެމީގައި ތިމަރަފުށްޓާއި ކުޑަހުވަދޫ!
10 މާރިޗު 2022

ގޯލްޑަން ފުޓްސަލް ޗެލެންޖު: މާމިގިލި، މުލަކު، ހިންނަވަރަށް އަތޮޅު ޗެމްޕިއަންކަން

10 މާރިޗު 2022
ގޯލްޑަން ފުޓްސަލް ޗެލެންޖު: މާމިގިލި، މުލަކު، ހިންނަވަރަށް އަތޮޅު ޗެމްޕިއަންކަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް