Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގޯލްޑަން ފުޓްސަލް ޗެލެންޖު 2022

މުބާރާތުގެ ހުރިހާ ކަމެއްވެސް ދިޔައި ޕްލޭން އާއި އެއްގޮތަށް: ރިލޭ

31 މާރިޗު 2022 | ބުރާސްފަތި 14:59

ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 91 ޓީމު މިފަހަރުގެ މުބާރާތުގައި ބައިވެރިވި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 31 މާރިޗު 2022 | ބުރާސްފަތި 14:59
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލްވާން މޫސާ

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލްވާން މޫސާ

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022 އާއި މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި، ހުރިހާ ކަމެއްވެސް ދިޔައީ ޕްލޭން އާއި އެއްގޮތަށް ކަމަށް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލްވާން މޫސާ (ރިލޭ) ބުނެފިއެވެ.

ރިލޭ ބުނީ މުބާރާތް މިހާ ކާމިޔާބުކަމާއެކު ނިންމާލެވުނީ މުބާރާތް ހިންގުމަށްޓަކައި އެކުގައި މަސައްކަތްކުރި ފަރާތްތަކުގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކު ކަމަށެވެ. އެހެންކަމުން އެފަރާތްތަކަށް ރިލޭ ވަނީ ޚައްސަ ޝުކުރެއް އަދާކޮށްފައެވެ.

މިފަހަރުގެ މުބާރާތުގައި އެންމެ ތަފާތު ކަމަކަށް ފެނިފައިވާނީ މުބާރާތުގެ ހުޅުވުމުގެ ރައްސމިއްޔާތާއި ނިންމުމުގެ ރަސްމިއްޔާތުކަން ރިލޭ ފާހަގަކުރިއެވެ. މިފަހަރުގެ މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތާއި ނިންމުމުގެ ރަސްމިއްޔާތު ވަނީ ވަރަށް ކުލަ ގަދަކޮށް ފާހަގަކޮށްފައެވެ. މީގެ ތެރެއިންވެސް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް "ފުޓްސަލް ކިންގް" ގެ ލަގަބު އެރުވި ޝާހީގޮތް ފާހަގަކޮށްލެވެއެވެ.

މިއީ ގޯލްޑަން ފުޓްސަލްގައި އެންމެ ގިނަ ޓީމު މިހާތަނަށް ބައިވެރިވި އަހަރެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 91 ޓީމު މިފަހަރުގެ މުބާރާތުގައި ބައިވެރިވިއެވެ. މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ އަދަދު އިތުރުވުމަކީ މުބާރާތުގެ ހައިބަތު ބޮޑުވެ، ލިބޭ އިތުރު ކުރިއެރުމެއްގެ ގޮތުގައި ރިލޭ ފާހަގަކުރެއްވިއެވެ.

މިފަހަރުގެ މުބާރާތުގައި މާގިނަ ދަތިތަކަކާއި ކުރިމަތިލާން ނުޖެހޭކަން ފާހަގަކުރަމުން ރިލޭ ބުނީ އަބަދުވެސް އެންމެ ބޮޑު ދަތިކަމަކާއި ކުރިމަތިލާން ޖެހެނީ ޚަރަދުތައް ފޫބެއްދުމަށް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ސްޕޮންސަރުން ލިބިއްޖެނަމަ މުބާރާތް އިތުރަށް ފުރިހަމަ ވާނެކަން ރިލޭ ފާހަގަކުރިއެވެ.

މުބާރާތުގެ ލައިވް ފެށިއިރު ގިނަ ދަތިތަކަކާއި ކުރިމަތިލާން ޖެހުނު ކަމަށް ރިލޭ ބުންޏެވެ. އެގޮތުން ފުރަތަމަ ލައިވްތައް ފެށީ ރާއްޖެ ނޫން ހުރިހާ ގައުމެއް ބްލޮކް ކޮށްލައިގެން ކަމަށް ރިލޭ ބުންޏެވެ. ނަމަވެސް އެހުރިހާ ދަތިތަކަކާއި އެކުވެސް ގޯލްޑަން ފުޓްސަލްއިން ވަނީ ގާތްގަނޑަކަށް 3 މިލިއަން ވިއުސް ހަމަކޮށްފައެވެ. މިއީ އުންމީދު ކުރިވަރަށްވުރެ މާ ރަނގަޅު ނަތީޖާއެއްކަން ރިލޭ ފާހަގަކުރިއެވެ.

ރާއްޖޭގައި ފުޓްސަލް އިންޑޯއެއް ގާއިމުކުރާނެ ކަމުގެ ފެހި ސިގްނަލެއް ކުޅިވަރާއި ބެހޭ ވަޒިރު ދެއްވާފައި ވާއިރު، ފުޓްސަލްގެ އަސްލާއި އެއްގޮތަށް އިންޑޯ ކޯޓެއްގައި މުބާރާތް ބޭއްވުމުގެ އުންމީދު ރިލޭގެ އެބައޮތެވެ. އެހެންކަމުން އެފުރުސަތު ލިބިއްޖެނަމަ އޭގެ ބޭނުން ހިފާނެކަމަށް ރިލޭ ބުންޏެވެ.

މީގެ އިތުރުން މިއަހަރުގެ މުބާރާތުގައި މާލެތެރޭގެ ޓީމުތަކުން ލިބުނު ތަރުހީބު ކުޑަކަން ރިލޭ ފާހަގަކުރިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ކުރަންޖެހޭ ޚަރަދުތަކަށް ބަލައި، ޒޯންތަކުގެ މެޗުތައް އަތޮޅުތަކުގައި ކުޅުމުގެ ވިސްނުން ގެންގުޅޭކަމަށް ރިލޭ ބުންޏެވެ. މީގެ ސަބަބުން އަތޮޅުތަކުން އަންނަ ޓީމުތަކުން ކުރަން ޖެހޭ ޚަރަދު ބޮޑުތަނުން ކުޑަވާނެއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2025

ކާށިދޫ އިން ގޯލްޑަަން ފުޓްސަލް ޗެލެންޖު ކާމިޔާބު ކޮށްފި

26 ފެބުރުއަރީ 2025
ކާށިދޫ އިން ގޯލްޑަަން ފުޓްސަލް ޗެލެންޖު ކާމިޔާބު ކޮށްފި
15 މާރިޗު 2023

ގޯލްޑަން ފުޓްސަލްގެ ފައިނަލް ދެކުނަށް، ވާދަކުރާނީ ގަމާއި ވާދޫ

15 މާރިޗު 2023
ގޯލްޑަން ފުޓްސަލްގެ ފައިނަލް ދެކުނަށް، ވާދަކުރާނީ ގަމާއި ވާދޫ
25 ފެބުރުއަރީ 2023

ގދ.އަތޮޅުގެ ޗެމްޕިއަންކަން ވާދޫއަށް، ޅ.އަތޮޅު ޗެމްޕިއަނަކީ ކުރެންދޫ

25 ފެބުރުއަރީ 2023
ގދ.އަތޮޅުގެ ޗެމްޕިއަންކަން ވާދޫއަށް، ޅ.އަތޮޅު ޗެމްޕިއަނަކީ ކުރެންދޫ
25 ފެބުރުއަރީ 2023

އއ ގެ ޗެމްޕިއަންކަން ބޮޑުފޮޅުދޫ އަދި އދ.ގެ ޗެމްޕިއަންކަން މާމިގިލި ހޯދައިފި

25 ފެބުރުއަރީ 2023
އއ ގެ ޗެމްޕިއަންކަން ބޮޑުފޮޅުދޫ އަދި އދ.ގެ ޗެމްޕިއަންކަން މާމިގިލި ހޯދައިފި
25 ފެބުރުއަރީ 2023

ތ.އަތޮޅުގެ ޗެމްޕިއަންކަން ކިނބިދޫއަށް، ލ.އަތޮޅު ޗެމްޕިއަންކަން ހޯދީ ގަން

25 ފެބުރުއަރީ 2023
ތ.އަތޮޅުގެ ޗެމްޕިއަންކަން ކިނބިދޫއަށް، ލ.އަތޮޅު ޗެމްޕިއަންކަން ހޯދީ ގަން
31 މާރިޗު 2022

ތިމަރަފުށިން ފުޓްސަލްގެ ރަސްކަން ދިފާއުކޮށްފި

31 މާރިޗު 2022
ތިމަރަފުށިން ފުޓްސަލްގެ ރަސްކަން ދިފާއުކޮށްފި
28 މާރިޗު 2022

ގޯލްޑަން ފުޓްސެލް ޗެލެންޖް ފައިނަލްގައި ތިމަރަފުއްޓާއި، ގާފަރު

28 މާރިޗު 2022
ގޯލްޑަން ފުޓްސެލް ޗެލެންޖް ފައިނަލްގައި ތިމަރަފުއްޓާއި، ގާފަރު
26 މާރިޗު 2022

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ސެމީގައި ތިމަރަފުށްޓާއި ކުޑަހުވަދޫ!

26 މާރިޗު 2022
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ސެމީގައި ތިމަރަފުށްޓާއި ކުޑަހުވަދޫ!
24 މާރިޗު 2022

ގޯލްޑަން ފުޓްސެލް ޗެލެންޖްގެ ކުއާޓަރ ފައިނަލްގައި ވާދަކުރާނެ ޓީމްތައް ކަށަވަރުވެއްޖެ

24 މާރިޗު 2022
ގޯލްޑަން ފުޓްސެލް ޗެލެންޖްގެ ކުއާޓަރ ފައިނަލްގައި ވާދަކުރާނެ ޓީމްތައް ކަށަވަރުވެއްޖެ
10 މާރިޗު 2022

ގޯލްޑަން ފުޓްސަލް ޗެލެންޖު: މާމިގިލި، މުލަކު، ހިންނަވަރަށް އަތޮޅު ޗެމްޕިއަންކަން

10 މާރިޗު 2022
ގޯލްޑަން ފުޓްސަލް ޗެލެންޖު: މާމިގިލި، މުލަކު، ހިންނަވަރަށް އަތޮޅު ޗެމްޕިއަންކަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް