Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއުތުރަށް ފަތުރުވެރިކަން ފުޅާކުރުން

އިންޑިއާއިން ރާއްޖޭގެ އުތުރަށް ޑައިރެކްޓް ފްލައިޓުތައް ބާއްވަނީ

އިންޑިއާއަކީ ރާއްޖެއަށް މުހިންމު މާކެޓެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 24 މާރިޗު 2022 | ބުރާސްފަތި 08:14
މިނިސްޓަރު ޑރ. މައުސޫމް ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި

މިނިސްޓަރު ޑރ. މައުސޫމް ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި

ރާއްޖޭގެ އުތުރަށް ފަތުރުވެރިކަން ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، އިންޑިއާގެ ޑައިރެކްޓް ފްލައިޓްތައް އެ ސަރަހައްދަށް ބާއްވަން ނިންމާފައިވާކަން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ހާމަކުރައްވައިފިއެވެ.

ދާދިފަހުން އިންޑިއާގެ މުމްބާއީގައި ކުރިއަށްދިޔަ އޯޓީއެމް ފެއާރގެ ތެރެއިން ހާސިލްކުރެވުނު ކަންކަމާއި ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ މި ފެއާރގެ ތެރެއިން ރާއްޖޭގެ އުތުރަށް ފަތުރުވެރިކަން ފުޅާކުރުމާއި ގުޅޭ ގޮތުން ގިނަ މަޝްވަރާތަކެއް ކުރެވިގެންދިޔަ ކަމަށެވެ. މިގޮތުން އެފެއާރގައި ބައިވެރިވި އެއާރލައިންތަކާއެކު ކުރެވުނު މަޝްވަރާއިން އިންޑިއާގެ ޑައިރެކްޓް ފްލައިޓުތައް އުތުރަށް ބޭއްވޭނެ ކަމަށް ނިންމިގެންދިޔަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ދަތުރުތައް ބާއްވާނީ ކޮން ތާރީޚެއްގައިކަން އަދި ނިންމާފައެެއް ނުވެއެވެ. މިނިސްޓަރު ވިދާޅުވީ މިކަމުގެ ޕްރޮޕޯސަލްތައް އެ އެއާރލައިންތަކުގެ ފަރާތުން ހުށަހަޅާނެ ކަމަށެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުމުން އެ ދިރާސާކޮށް ފުރަތަމަ ފަށާ ދަތުރުތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ދިނުމަށް ނިންމާފައިވާކަމަށެވެ. މިއީ ރާއްޖޭގެ އުތުރަށް ގަބޫލުނުކުރެވޭ ވަރުގެ ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެ އާއި އިންޑިއާ އާއި ދެމެދު އޮންނަ ޑިޕްލޮމެޓިކް ގުޅުމަކީ ވަރަށް ވަރުގަދަ ގުޅުމެއް ކަމަށެވެ. އަދި މި ގުޅުން އެހާ ވަރުގަދައިރު ޓްރެވަލް ޓްރޭޑް ގުޅުންވެސް އިތުރަށް ވަރުގަދަ ކުރަން މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން އޯޓީއެމް ފެއަރގައި ކުރެވުނު މަޝްވަރާތަކުގެ މައިގަނޑު އަމާޒަކީ ރާއްޖެ އަންނަ އިންޑިއާގެ ފަތުރުވެރިން އިތުރުކުރުމަށާއި، އުތުރުގެ ފަތުރުވެރިކަން ފުޅާކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރު އިތުރަށް ވިދާޅުވީ 2021 ވަނަ އަހަރު އިންޑިއާއިން އައި ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށެވެ. މިހާރު އަނެއްކާވެސް ފަތުރުވެރިންގެ އަދަދު ދަށްވެފައިވާކަމަށާއި، އެހެންކަމުން މިއީ ފަތުރުވެރިން އަންނަ އަދަދު އިތުރުކުރެވޭނެކަމުގެ އުންމީދު އޮތް ވަރުގަދަ މާކެޓެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ އޮފް ޓުއަރިޒަމް އަބްދުﷲ މައުސޫމް

އިތުރަށް ކިޔާލަން

07 އޮކްޓޯބަރު 2023

މުސްތަގުބަލުގައި ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށް އެރަށުން އަނެއް ރަށާ ވާދަކުރާނެ: މިނިސްޓަރު މައުސޫމް

07 އޮކްޓޯބަރު 2023
މުސްތަގުބަލުގައި ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށް އެރަށުން އަނެއް ރަށާ ވާދަކުރާނެ: މިނިސްޓަރު މައުސޫމް
30 ޖޫން 2023

ފަތުރުވެރިކަމުގެ ވެރިންނަށް ދިވެހިން ހެދުމަކީ މަޤްސަދު: ޓޫރިޒަމް މިނިސްޓަރު

30 ޖޫން 2023
ފަތުރުވެރިކަމުގެ ވެރިންނަށް ދިވެހިން ހެދުމަކީ މަޤްސަދު: ޓޫރިޒަމް މިނިސްޓަރު
14 ޖެނުއަރީ 2023

ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަރ ޕްލޭން މި މަހުގެ ތެރޭގައި ލޯންޗުކުރާނެ: މިނިސްޓަރ މައުސޫމް

14 ޖެނުއަރީ 2023
ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަރ ޕްލޭން މި މަހުގެ ތެރޭގައި ލޯންޗުކުރާނެ: މިނިސްޓަރ މައުސޫމް
02 އޮކްޓޯބަރު 2022

ފަތުރުވެރިކަމަށް ކުރިއެރުން އަންނަ މައިގަނޑު ސަބަބަކީ ކަމާ ގުޅުންހުރި މީހުންގެ ޚިޔާލާއި މަޝްވަރާ ރައީސް ހޯއްދަވާތީ: މިނިސްޓަރ މައުސޫމް

02 އޮކްޓޯބަރު 2022
ފަތުރުވެރިކަމަށް ކުރިއެރުން އަންނަ މައިގަނޑު ސަބަބަކީ ކަމާ ގުޅުންހުރި މީހުންގެ ޚިޔާލާއި މަޝްވަރާ ރައީސް ހޯއްދަވާތީ: މިނިސްޓަރ މައުސޫމް
30 ސެޕްޓެމްބަރު 2022

ޗައިނީޒް ނިއު އިޔަރ އާ ދިމާކޮށް ޗައިނާ ފަތުރުވެރިން އަންނާނެ: މިނިސްޓަރު މައުސޫމް

30 ސެޕްޓެމްބަރު 2022
ޗައިނީޒް ނިއު އިޔަރ އާ ދިމާކޮށް ޗައިނާ ފަތުރުވެރިން އަންނާނެ: މިނިސްޓަރު މައުސޫމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު