Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފުރަތަމަ އަންހެން ސެކެރެޓަރީ އޮފް ސްޓޭޓް

އެމެރިކާގެ ފުރަތަމަ އަންހެން ސެކެރެޓަރީ އޮފް ސްޓޭޓް އަވަހާރަވެއްޖެ

24 މާރިޗު 2022 | ބުރާސްފަތި 02:06

އަވަހާރަވިއިރު އުމުރުފުޅުން 84 އަހަރު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 24 މާރިޗު 2022 | ބުރާސްފަތި 02:06
އެމެރިކާގެ ފުރަތަމަ އަންހެން ސެކެރެޓަރީ އޮފް ސްޓޭޓް މެޑެލިން އަލްބްރައިޓް

އެމެރިކާގެ ފުރަތަމަ އަންހެން ސެކެރެޓަރީ އޮފް ސްޓޭޓް މެޑެލިން އަލްބްރައިޓް

އެމެރިކާގެ އެންމެ ފުރަތަމަ އަންހެން ސެކެރެޓަރީ އޮފް ސްޓޭޓް މެޑެލިން އަލްބްރައިޓް އަވަހާރަވެއްޖެއެވެ.

މެޑެލިންގެ އާއިލާއިން ވަނީ އެކަމަނާ އަވަހާރަކަން ޓްވިޓަރ ގައި ހާމަކޮށްފައެވެ. މެޑެލިން އަވަހާރަވީ ކެންސަރު ބަލީގައި ފަރުވާ ހޯއްދަވަމުންދަނިކޮށެވެ. އަވަހާރަވިއިރު އުމުރުފުޅުން 84 އަހަރެވެ. މެޑެލިން އަކީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު އުފަން ގައުމުކަމުގައިވާ ޗެކްސްލޮވާކިއާ އިން ކުޑަކުއްޖެއްގެ ގޮތުގައި ހުންނަވާ ފިއްލަވައިގެން ވަޑައިގެންނެވި އަދި އެމެރިކާގެ އެންމެ ފުރަތަމަ ސެކެރެޓަރީ އޮފް ސްޓޭޓްކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ. މީގެ އިތުރުން އެކަމަނާގެ އުމުރުގެ ފަހު އަހަރުތަކުގައި ބޮޑަށް މަޝްހޫރު ވެވަޑައިގަންނަވާފައިވަނީ ޕޮޕް ކަލްޗަރ ފެމިނިސްޓް އައިކޮން އެއްގެ ގޮތުގައެވެ.

މެޑެލިން އެމެރިކާއިން އދށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަން ކުރައްވާފައިވަނީ ބިލް ކްލިންޓަންގެ ވެރިކަމުގެ ދުވަސްވަރުއެވެ. އެއީ 1993 ވަނަ އަހަރުން ފެށިގެން 1997 ވަނަ އަހަރާ ހަމައަށެވެ. އޭގެފަހުން ބިލް ކްލިންޓަން ވަނީ އެކަމަނާ އެމެރިކާގެ ފުރަތަމަ އަންހެން ސެކެރެޓަރީ އޮފް ސްޓޭޓްގެ މަގާމަށް އައްޔަނުކުރައްވާފައެވެ. އެމަގާމު ފުރުއްވާފައިވަނީ 1997 ވަނަ އަހަރުން ފެށިގެން 2001 ވަނަ އަހަރާ ހަމައަށެވެ.

1990ގެ އަހަރުތަކުގެ ތެރޭގައި ހިނގާދިޔަ އެންމެ ބޮޑު ގަތުލްއާންމުތައް ކަމުގައިވާ ބޮސްނިއާ ހަޒްގޮވީނާ އާއި ރުވާންޑާގައި ހިނގާދިޔަ ކަންތައްތަކުގައި އެމައްސަލަތައް ހައްލުކުރުމުގައި ޑިޕްލޮމެޓިކް ވާހަކަތައް ދެއްކެވުމުގައި އެކަމަނާ ފާހަގަކުރެވިގެން ގޮސްފައިވެއެވެ.

މީގެއިތުރުން ކޮސޯވާގައި ހިނގާދިޔަ ހަނގުރާމަ ނިމުމަކަށް ގެނައުމުގައިވެސް މެޑެލިންގެ ދައުރު ބޮޑެވެ.

އުތުރު ކޮރެއާއިން ކުރިޔަށްގެންދާ ނިޔުކުލިއަރ ހަތިޔާރު އުފެއްދުމުގެ ޕްރޮގްރާމް ނިމުމަކަށް ގެނައުމަށް ބާރު އެޅުމަށް އެމެރިކާއިން ކުރަމުންދިޔަ މަސައްކަތުގެ ދަށުން މެޑެލިން ވަނީ 2000 ވަނަ އަހަރު އުތުރު ކޮރެއާއަށް ވަޑައިގެން އެގައުމުގެ ލީޑަރ ކިން ޖޮންގ އިލް އާއި ބައްދަލުކުރައްވާފައެވެ. އެއީ އޭރުގައި އެމެރިކާގެ އެންމެ އިސް އޮފިޝަލަކު އުތުރު ކޮރެއާގެ ރައީސް އާއި ބައްދަލުކުރެއްވި ފުރަތަމަ ފަހަރުވެސްމެއެވެ.

އެމެރިކާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
28 ނޮވެމްބަރު 2025

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި
18 ނޮވެމްބަރު 2025

ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ

18 ނޮވެމްބަރު 2025
ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ
11 ނޮވެމްބަރު 2025

ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

11 ނޮވެމްބަރު 2025
ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ
06 ނޮވެމްބަރު 2025

އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

06 ނޮވެމްބަރު 2025
އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
06 ނޮވެމްބަރު 2025

ޑިމޮކްރަޓިކް ޕާޓީ އިން ހޯދި ކާމިޔާބާ އެކު، އޮބާާމާގެ ވަރުގަދަ މެސެޖެއް

06 ނޮވެމްބަރު 2025
ޑިމޮކްރަޓިކް ޕާޓީ އިން ހޯދި ކާމިޔާބާ އެކު، އޮބާާމާގެ ވަރުގަދަ މެސެޖެއް
05 ނޮވެމްބަރު 2025

"ރިޔާސީ ރޭހުން ބައިޑަން ވަކިވެ، ކަމަލާ ވާދަ ކުރެއްވުމަކީ ގޯހެއް!"

05 ނޮވެމްބަރު 2025
"ރިޔާސީ ރޭހުން ބައިޑަން ވަކިވެ، ކަމަލާ ވާދަ ކުރެއްވުމަކީ ގޯހެއް!"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް