Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސުމޮން މެރުމަށް ހުކުމްކުރުން

އިއްސެގެ މަރު: ސުމޮން މެރުމަށް ހުކުމް ކޮށްފި

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވީ ގާޒީ، އަލީ އާދަމް

އަމްނާ އިމާދު
އަމްނާ އިމާދު | 23 މާރިޗު 2022 | ބުދަ 18:03
ޅ. ހިންނަވަރު އިސްލާއީލް އުމަރު (އިއްސެ) މަރާލި މައްސަލައިގެ ދައުވާ އުފުލާފައިވާ ސުމޮން މިއާ

ޅ. ހިންނަވަރު އިސްލާއީލް އުމަރު (އިއްސެ) މަރާލި މައްސަލައިގެ ދައުވާ އުފުލާފައިވާ ސުމޮން މިއާ

ޅ. ހިންނަވަރު އިސްލާއީލް އުމަރު (އިއްސެ) މަރާލި މައްސަލައިގެ ދައުވާ އުފުލާފައިވާ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ސުމޮން މިއާ މެރުމަށް ކްރިމިނަކް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލާގައި ސުމޮން މިއާގެ ކުށް ސާބިތުވާކަމަށް ކަނޑައެޅީ ބުދަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. ކުށް ސާބިތުވުމާއެކު، އިއްސެގެ ވާރިސުންގެ ހެކި ބަސް ވަނީ ނަގާފައެވެ. އެގޮތުން އިއްސެގެ 3 ވާރިސުން ވެސް ބޭނުންވަނީ މަރަށް މަރުހިފާށެވެ.

ވުމާއެކު ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވާ ގާޒީ, އަލީ އާދަމް ވަނީ ސުމޮން މިއާ މެރުމަށް ހުކުމް ކުރައްވާފައެވެ.

މި މައްސަލައިގައި ދެ ފަރާތުން ޚުލާސާ ބަޔާން އިއްވާފައިވަނީ 3 މާރޗުގައެވެ.

މި މައްސަލައިގައި ސުމޮން މިއާގެ މައްޗަށް ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގެ އިބްތިދާއީ މަރުހަލާގައި އޭނާ ކުށަށް އިއުތިރާފުވިއެވެ. ނަމަވެސް އެ އިއުތިރާފުން އޭނާ ރެކުމުގެ ފުރުސަތު އޮތުމާއެކު, ދައުލަތުން ވަނީ ހެކިންގެ ހެކިބަސް ނެގުމާއި، ކަން ހިނގާ ދިޔަ ގޮތް ސުމޮން މިއާގެ ފަރާތުން ކިޔައިދިނުމަށް އެދިފައެވެ.

ޝަރީއަތުގައި އޭނާ ބުނެފައިވަނީ އޭނާ ލައްވާ މަސައްކަތް ކުރުވި ނަމަވެސް، އޭނާއަށް އޯޓީ ފައިސާ ދޭން އިއްސެ އެއްބަސް ނުވި ކަމަށާއި، ސުމޮން މިއާގެ އަންހެނުންނަށް ގުޅުމުގެ ފުރުސަތުވެސް ނުލިބޭ ކަމަށެވެ. އަދި ގިނަ ވަގުތު ބުރަކޮށް މަސައްކަތް ކުރަންޖެހޭއިރު، އޭނާއަށް ޖިސްމާނީ އަނިޔާވެސް ބައެއް ފަހަރު އިއްސެގެ ފަރާތުން ލިބޭ ކަމަށެވެ. އަދި އިއްސެ މަރާލަން ނިންމީ، އޭނާގެ އަންހެނުންނަށް ގުޅުމުގެ ފުރުސަތު ނުލިބި، އޭނާ ވަރި ކުރަންޖެހޭ ހިސާބަށް ދިޔުމުންކަމަށް ޝަރީއަތުގައި ސުމޮން ވަނީ ބުނެފައެވެ.

ސުމޮން ބުނާ ގޮތުގައި އަންހެނުންނަށް ވަގުތު ނުދޭތީ އޭނާ ވަރިކުރުމަށް އަންހެނުންގެ މައިންބަފައިންވެސް ދިޔައީ އެދެމުންނެވެ.

އެހާހިސާބުން ސުމޮން މިއާ ފިލައިގެން ދިރިއުޅެންފެށީ އެހެން ތަނެއްގައެވެ. އަދި އެއް ރޭ އިއްސެ ނިދާފައި އޮއްވައި ނައިލޯނު ވާގަނޑަކާއި 12 އިންޗީގެ ވަޅިއެއް ހިފައިގެން އެ ކޮޓަރިއަށް ދިޔަކަމަށް އޭނާ ބުންޏެވެ. އެއަށްފަހު ބާލީސް ދަށަށް ވާގަނޑު ލައްވައިގެން ކަރުގައި އަޅުވަން އުޅެނިކޮށް އިއްސެއަށް ހޭލެވުމުން، ދެމީހުންގެ މެދުގައި މާރާމާރީ ހިނގައި، އޭނާއަށް ވަޅިން ހަމަލާދިނީއެވެ.

އެއަށްފަހު އޭނާގެ ރައްޓެއްސެއް މެދުވެރިކޮށް ލޯންޗެއް ހަމަޖައްސައިގެން އެހެން ރަށަކަށް ދާން މަސައްކަތް ކުރިކަމަށް އޭނާ ބުންޏެވެ. އަދި އަލުން އިއްސެ އޮތް ކޮޓަރިއަށް ގޮސް، އޭނާގެ ހަށިގަނޑު ދަމާފައި އެތަނުގައި ހުރި ލޮނުފެން ޓޭންކެއް ކައިރިއަށް ގެންގޮސް ބޭއްވީއެވެ. އެއަށްފަހު ކޮޓަރިތެރެއަށް ފެން ބާލިދީއެއް އަޅައި، އިއްސެގެ ދަބަހުގައި ހުރި ފައިސާ ނަގައިގެން އޭނާ ހަމަ އެވަގުތު ފުރައިގެން ދިޔައީއެވެ. ލޯންޗަށްވެސް ފައިސާ ދެއްކީ އިއްސެގެ ދަބަހުން ނެގި ފައިސާއިންނެވެ.

އެއަށްފަހު އެ ފައިސާއިން, މާލެ އައުމަށްވެސް އޭނާ ފައިސާ ދެއްކިއެވެ. މާލެ އައުމަށް ތައްޔާރީތައް ވެފައި ހުއްޓައި، އޭނާ ހައްޔަރުކުރީއެވެ.

މި ހުރިހާ ވާހަކައެއް އޭނާ ކިޔައިދީފައިވަނީ އެއްވެސް މަޖުބޫރުކަމެއް ނެތިކަން ފާހަގަކޮށް އޭނާ ވަނީ އިއުތިރާފު ދަމަހައްޓާފައެވެ.

އިއްސެގެ ހަށިގަނޑު ބެލި ފުލުހުން ބުނެފައިވަނީ އޭނާގެ ހަށިގަނޑުގައި ބޮޑެތި ޒަޚަމްތައް ހުރިކަމަށެވެ. އެގޮތުން, ބުރަކައްޓާއި ކަރުގައި ބޮޑެތި ޒަޚަމްތަކެއް ހުއްޓެވެ. އޭރުވެސް ހަށިގަނޑު ދަމާފައި އައިސް ޕްލާންޓް ތެރެއަށް ވެއްދުމަށް ބޭނުންކުރި ވާގަނޑު ކަރުގައި އައްސާފައި އޮތެވެ. އަދި ހަމަލާދިން ވަޅި ފެނުނީވެސް އައިސް ޕްލާންޓް ތެރޭގައި ހުރި އައިސް ބޮކްސްއެއްގެ ތެރެއިންކަމަށް, މާއްދީ ހެކި ނެގި ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ ހާދިސާގެ ސީންއިން ނެގި ސާމްޕަލްތައް ސުމޮން މިއާގެ ފިންގަރ ޕްރިންޓާ ދިމާވާކަމަށް ބުނެފައެވެ.

ދައުލަތުން ބުނެފައިވަނީ މިއީ ސީދާ ސުމޮން މިއާ ކޮށްފައިވާ ކަމެއްކަމަށް, ހެކިތަކާއި ހާދިސާއަށް ބަލާއިރު ސާފުވާކަމަށް ދައުލަތުން ދެކޭކަމަށެވެ.

ހެކިބަސް ނެގުމުގެ މަރުހަލާއަށްފަހު ސުމޮން ވަނީ އޭނާ އިއުތިރާފުވީ އޭނާއަށް ފުލުހުން އަނިޔާކުރުމުންކަމުގައި ބުނެފައެވެ. ނަމަވެސް އޭނާ ފުރަތަމަ ކުށަށް އިއުތިރާފުވީ ހދ. ކުޅުދުއްފުށީގައެވެ. އަދި އޭނާ ތުހުމަތުކުރި ފުލުސް އޮފިސަރުންނާ އޭނާއާ ދިމާވެފައިވަނީ އޭގެ ފަހުގެ މަރުހަލާއެއްގައިކަމާއި، އޭނާއަށް އަނިޔާކޮށްފައިވާކަމުގެ ވާހަކަ އެދުވަހާ ހަމައަށްވެސް އެއްވެސް ވަރަކަށް އޭނާ ދައްކާފައިނުވާކަން ދައުލަތުން ފާހަގަކުރިއެވެ.

އޭނާ ދެފަހަރެއްގެ މަތިން ޝަރީއަތުގައިވެސް އިއުތިރާފުވެފައިވާއިރު، އެ އިއުތިރާފަށް ބާރު ލިބިދޭ އެތައް ހެތްކެއް ހުރިކަންވެސް ދައުލަތުން ފާހަގަކުރިއެވެ. ދައުލަތުން ޚުލާސާ ބަޔާން އިއްވިއިރުވެސް ވަނީ މި މައްސަލަ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް ކަނޑަައަޅުއްވައިދެއްވުމަށް އެދިފައެވެ.

ކްރިމިނަލް ކޯޓްނަދީމް

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު