Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

މަޝްރޫއުތައް ހިންގަނީ ބަޖެޓަށް ބަލައިގެން ނޫން ކަމަށް ބުނެ މިނިސްޓަރަށް ރައްދު ދެއްވައިފި

ތ. ވަންދޫ ގިރާ ސަރަހައްދު މިއަހަރުގެ ބަޖެޓްގައި ނެތުމުން އެމަޝްރުއު ނުހިންގާ ކަމަށް މިނިސްޓަރު ވިދާޅުވި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 6 ޖޫން 2017 | އަންގާރަ 11:45
އެންވަޔަރަމަންޓް އެންޑް އެނާރޖީ މިނިސްޓަރު ތޯރިގް އިބްރާހީމް

އެންވަޔަރަމަންޓް އެންޑް އެނާރޖީ މިނިސްޓަރު ތޯރިގް އިބްރާހީމް

ރާއްޖޭގައި ބަޖެޓުގައި ނުހިމަނައި ބައެއް މަޝްރުއުތައް ހިންގަމުންދާތީ އާއި ބަޖެޓްގައި ހުރި ބައެއް މަޝްރޫއުތައް ހިނގަމުން ނުދާ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރު ތޯރިގް އިބްރާހީމް ދެއްވި ޖަވާބާއި ގުޅިގެން އިދިކޮޅު ބައެއް މެމްބަރުން ރައްދު ދެއްވައިފި އެވެ.

އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރާ ސުވާލު ކުރުމަށް، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދﷲ ރިޔާޒު ހުށަހެޅުއްވި ސުވާލާ ގުޅިގެން މިނިސްޓަރު ތޯރިގް ވިދާޅުވީ ތ. ވަންދޫ ގިރާ ސަރަހައްދު ހިމާޔަތް ކުރެވޭނެ ވަކި ދުވަހެއް ދަންނަވަން ނޭނގޭ ކަމަށާއި މިއަހަރު އެމަޝްރޫއު ނުފެށީ މިއަހަރުގެ ބަޖެޓްގައި އެ މަޝްރޫއަށް ފައިސާ ހިމަނާފައި ނުވާތީ ކަމަށެވެ.

ރިޔާޒު ސުވާލުކުރެއްވީ ތ. ވަންދޫ ގިރާ ސަރަހައްދު ހިމާޔާތްކުރުމުގެ މަސައްކަތް ފެށޭނެ ދުވަހެއް ސާފުކުރެއްވުމަށެވެ.

ރިޔާޒުގެ އެސުވާލަށް މިނިސްޓަރު ތޯރިގް ދެއްވި ޖަވާބުގައި މިއަހަރުގެ ބަޖެޓްގައި ވަންދޫ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް މިއަހަރުގެ ބަޖެޓް ފާސްކުރިއިރު ނެތް ކަމަށެވެ. ނަމަވެސް އެމިނިސްޓްރީގެ ބަޖެޓްގައި ޕީއެސްއައިޕީގެ ދަށުން އެ ޕްރޮޖެކްޓް ހިންގުމަށް ހިމެނުއްވި ކަމަށް ތޯރިގް ވިދާޅުވި އެވެ.

ތޯރިގް ޖަވާބާ ގުޅިގެން މަޖިލީހުގެ ބައެއް މެމްބަރުންގެ ހިތްހަމަ ނުޖެހުން ފާޅުކުރެއްވި އެވެ. އަދި 2014 ވަނަ އަހަރާއި 2015 ވަނަ އަހަރުގެ ބަޖެޓްގައި އެ ޕްރޮޖެކްޓް ހިމަނާފައި އޮތްއިރު، އެމަޝްރޫއު ނުހިންގީ ކީއްވެތޯ ރިޔާޒު ވަނީ ސުވާލުކުރައްވާފައެވެ. ޖަވާބުގައި ތޯރިގް ވިދާޅުވީ އެ ދެ އަހަރު ބަޖެޓްގައި ހިމެނިނަމަވެސް، ދައުލަތުގެ ޚަރަދުތައް ބޮޑުކަމުން އެ މަޝްރޫއު ހިންގޭގޮތް ނުވީ ކަމަށެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް އާއި އަދާލަތު ޕާޓީގެ މަޖިލިސް މެމްބަރު އަނާރާ ނައީމު ވެސް ވަނީ ތޯރިގް ޖަވާބަށް ރައްދު ދެއްވާފަ އެވެ. އެބޭފުޅުން ވިދާޅުވީ ބައެއް އަހަރަތަކުގައި ދައުލަތުގެ ބަޖެޓްގައި ޖެހުމަށް ފަހު އެ އަހަރުތަކުގެ އެމަޝްރޫއު ނުހިންގާ، ޖެހިގެން އަންނަ އަހަރު ދައުލަތުގެ ބަޖެޓުން އެމަޝްރޫއު ގެއްލިގެންދާ ތަން ވެސް ފެންނަ ކަމަަށެވެ. އަދި ބަޖެޓްގައި ހިމެނުމަށް ފަހު ބައެއް މަޝްރޫއުތައް ނުހިންގާއިރު، ބަޖެޓްގައި ނުހިމެނޭ ގިނަ މަޝްރޫއުތަކެއް ހިންގަމުންދާ ކަމަށް ވެސް އިދިކޮޅު މެމްބަރުން ވިދާޅުވި އެވެ.

ވަޒީރުންނާ ސުވާލު ކުރުމަށް އިދިކޮޅު މެމްބަރުން މަޖިލީހަށް ހުށަހެޅި ނަމަވެސް މިއީ ވަޒީރާއި ސުވާލު ކުރުމަށް މިއަހަރު ދެއްވި ފުރަތަމަ ފުރުސަތެވެ. ވަޒީރުންނާ ކުރުމަށް ހުށަހަޅާފައިވާ ސުވާލުތައް މަޖިލީހަށް އެޖެންޑާ ނުކުރާތީ އިދިކޮޅު މެމްބަރުން ވަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

27 ޖެނުއަރީ 2017
 ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު