Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއާރްއެމް

އެމްއާރްއެމްގެ 500ށްވުރެ ގިނަ ފޯމް އީސީން ޕްރޮސެސް ނުކުރެވިވާކަމަށް އެޕާޓީން ބުނެފި

އަދިވެސް ގިނަ އަދަދެއްގެ ފޯމް ފޮނުވުމުގެ މަސައްކަތް ކުރަމުންދަނީ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 21 މާރިޗު 2022 | ހޯމަ 01:16
އެމްއާރްއެމްއިން ބޭއްވި ފުރަތަމަ ޖަލްސާގެ ތެރެއިން

އެމްއާރްއެމްއިން ބޭއްވި ފުރަތަމަ ޖަލްސާގެ ތެރެއިން

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ 500ށްވުރެ ފޯމް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޕްރޮސެސް ނުކުރެވިވާކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްއާރްއެމުން ބުނީ އާދިއްތަ ދުވަހު ވެސް ފޯމުތައް ހުށަހަޅާފައިވާ ކަމަށެވެ. އަދިވެސް ގިނަ އަދަދެއްގެ ފޯމް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެމްއާރްއެމުން މިހެން ބުނެފައިވަނީ ރާއްޖޭގައި ގާއިމްކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން 3،000 މެމްބަރުން ހަމަނުވާ ޕާޓީތަކަށް ނޯޓިސްދޭން އީސީން ނިންމާފައިވަނިކޮށެވެ.

އެގޮތުން އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމާއި ގުޅިގެން ގާނޫނާ އެއްގޮތަށް 3،000 މެމްބަރުން ހަމަނުވާ ޕާޓީތަކަށް މެމްބަރުން ހަމަކުރުމަށް މުއްދަތު ދޭން ނިންމާފައިވާ ކަމަށް ވިދާޅުވެ ޓުވީޓް ކުރައްވާފައެވެ. މިގޮތުން 3،000 މެމްބަރުން ހަމަނުވާ 4 ޕާޓީއަކަށް ޤާނޫނުގައިވާ ގޮތުގެމަތިން، 3 މަސްދުވަހުގެ ނޯޓިސް ދޭން ނިންމާފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ.

2021 ވަނަ އަހަރު ނިމުނު އިރު 10،000 މެމްބަރުން ހަމަވެފައިވަނީ 4 ޕާޓީއެއްގައި ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެއީ އެމްޑީޕީ، ޕީޕީއެމް، ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީގައި ކަމަށް ފުއާދު ވިދާޅުވިއެވެ. އަދި އެމްއެންޕީއާއި، އެމްޑީއޭގައި 10،000 މެމްބަރުން ހަމަވާން ކައިރިވެފައިވާކަމަށް ފުއާދު ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ވާގޮތުން ކޮންމެ ޕާޓީއެއްގައިވެސް މަދުވެގެން 3،000 މެމްބަރުން ހަމަވާންޖެހެއެވެ. މެމްބަރުން ހަމަނުވާނަމަ އެ އަދަދު ހަމަކުރުމަށް ވަކި މުއްދަތެއް ދެވެއެވެ. އެ މުއްދަތުގެ ތެރޭގައި މެމްބަރުން ހަމަނުކުރާނަމަ އެ ޕާޓީއެއް އުވިގެންދާނެއެވެ. އެހެންނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން މިގޮތަށް މެމްބަރުން ހަމަކުރުމަށް މުއްދަތު ދިނުމާއި، ޕާޓީ އުވާލުން ވަނީ މެދުކަނޑާލާފައެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2023

ފާރިސްވެސް ނިންމެވީ ވަކިކޮޅަކަށް ނޭރުއްވުމަށް

20 ސެޕްޓެމްބަރު 2023
ފާރިސްވެސް ނިންމެވީ ވަކިކޮޅަކަށް ނޭރުއްވުމަށް
06 އޯގަސްޓު 2023

ރިޔާސީ އިންތިޚާބުގައި ފާރިސް ވާދަ ކުރައްވަނީ އަމިއްލަގޮތުން

06 އޯގަސްޓު 2023
ރިޔާސީ އިންތިޚާބުގައި ފާރިސް ވާދަ ކުރައްވަނީ އަމިއްލަގޮތުން
19 ޖުލައި 2023

އެއް ކެންޑިޑޭޓަކު ނެރުމަށް ނިންމި ނިންމުމަށް ޕީޕީއެމް/ޕީއެންސީ އަދި އެމްއާރްއެމްއިން ރައްދުދީފި

19 ޖުލައި 2023
އެއް ކެންޑިޑޭޓަކު ނެރުމަށް ނިންމި ނިންމުމަށް ޕީޕީއެމް/ޕީއެންސީ އަދި އެމްއާރްއެމްއިން ރައްދުދީފި
25 ޖޫން 2023

އިދިކޮޅު ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނާ ދޭތެރޭ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފި

25 ޖޫން 2023
އިދިކޮޅު ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނާ ދޭތެރޭ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފި
24 ޖޫން 2023

ސިޔާސީ ހަރަކާތް ހިންގުމަށް އެއްވެސް ހުރަހެއް ނެތް: އެމްއާރްއެމް

24 ޖޫން 2023
ސިޔާސީ ހަރަކާތް ހިންގުމަށް އެއްވެސް ހުރަހެއް ނެތް: އެމްއާރްއެމް
23 ޖޫން 2023

އެމްއާރުއެމް އުވާލުން ފަސްކުރަން ނެރުނު އަމުރު ދަމަހައްޓައިފި

23 ޖޫން 2023
އެމްއާރުއެމް އުވާލުން ފަސްކުރަން ނެރުނު އަމުރު ދަމަހައްޓައިފި
25 މެއި 2023

އެމްއާރްއެމްގެ ނަމުގައި ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގުމަށް އެޕާޓީން އެދިއްޖެ

25 މެއި 2023
އެމްއާރްއެމްގެ ނަމުގައި ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގުމަށް އެޕާޓީން އެދިއްޖެ
25 މެއި 2023

5000 ފޯމެއް ހުށަނާޅާ، އެމްއާރުއެމް އުވާލި މައްސަލައާއި މެދު ޗެލެންޖު ކުރައްވަން ބޭނުންނަމަ އެކަން ކުރައްވާ - ހަބީބު

25 މެއި 2023
5000 ފޯމެއް ހުށަނާޅާ، އެމްއާރުއެމް އުވާލި މައްސަލައާއި މެދު ޗެލެންޖު ކުރައްވަން ބޭނުންނަމަ އެކަން ކުރައްވާ - ހަބީބު
24 މެއި 2023

އެމްއާރްއެމް އުވާލާފައިވަނީ ސިޔާސީ ނުފޫޒުން، އެނިންމުން ބަލައި ނުގަންނަން: ފާރިސް

24 މެއި 2023
އެމްއާރްއެމް އުވާލާފައިވަނީ ސިޔާސީ ނުފޫޒުން، އެނިންމުން ބަލައި ނުގަންނަން: ފާރިސް
24 މެއި 2023

3000 މެމްބަރުން ހަމަނުވާތީ އެމްއާރްއެމް އުވާލައިފި

24 މެއި 2023
3000 މެމްބަރުން ހަމަނުވާތީ އެމްއާރްއެމް އުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް