Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖަލުގައި ތަމްރީނު ހިންގުން

ޖަލު އޮފިސަރުންނަށް އަމާޒުކޮށް ޔޫއެންއޯޑީސީއިން މާފުށީ ޖަލުގައި ތަމްރީން ޕްރޮގްރާމެއް ފަށައިފި

ސްރީލަންކާގެ 09 ޕްރިޒަން އޮފިސަރުންނާއި ރާއްޖޭގެ 08 ޕްރިޒަން އޮފިސަރުން ވަނީ ބައިވެފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 މާރިޗު 2022 | އާދީއްތަ 07:43
ޖަލު އޮފިސަރުންނަށް އަމާޒުކޮށް ޔޫއެންއޯޑީސީއިން މާފުށީ ޖަލުގައި ތަމްރީން ޕްރޮގްރާމެއް ފެށުން

ޖަލު އޮފިސަރުންނަށް އަމާޒުކޮށް ޔޫއެންއޯޑީސީއިން މާފުށީ ޖަލުގައި ތަމްރީން ޕްރޮގްރާމެއް ފެށުން

ޖަލު އޮފިސަރުންނަށް އަމާޒުކޮށް ޔުނައިޓެޑް ނޭޝަންސް އޮފިސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)ގެ ގްލޯބަލް މެރީޓައިމް ކްރައިމް ޕްރޮގްރާމް (ޖީއެމްސީޕީ) އިން ސްރީ ލަންކާގެ ޕްރިޒަން އޮފިސަރުންނަށާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޕްރިޒަން އޮފިސަރުންނަށް ޚާއްސަ ތަމްރީން ޕްރޮގްރާމެއް މާފުށީ ޖަލުގައި ފަށައިފިއެވެ.

އާދިއްތަ ދުވަހު ފެށި މި ޓްރެއިނިންގ އާއި ގުޅޭގޮތުން ކަރެކްޝަންސްއިން މައުލޫމާތުދޭ ގޮތުގައި 05 ދުވަހަށް ކުރިއަށް ގެންދާ މި ޓްރޭނިންގ ޕްރޮގްރާމް ހިންގުމުގެ ބޭނުމަކީ ޕްރިޒަން އޮފިސަރުން ތަމްރީން އަދި ތަރައްޤީކޮށް "މަންޑޭލާ ރޫލްސްއަށް" އަހުލުވެރި ކުރުވުމެވެ. ހަމައެއާއެކު، ކޯވިޑް-19 ފަދަ ބަލިތައް ފެތުރުމުގެ ސަބަބުން ދިމާވެދާނެ މައްސަލަތަކާއި ގޮންޖެހުންތަކަށް ތައްޔާރުވެ، އެކަންކަން ޙައްލުކުރާނެ އުކުޅުތައް ދަސްކޮށްދިނުންވެސް މި ތަމްރީނުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނޭކަމަށް ކަރެކްޝަންސްއިން މައުލޫމާތު ދެއެވެ.

މި ޓްރޭނިންގ ޕްރޮގްރާމްގައި ސްރީލަންކާގެ 09 ޕްރިޒަން އޮފިސަރުންނާއި ރާއްޖޭގެ 08 ޕްރިޒަން އޮފިސަރުން ވަނީ ބައިވެފައެވެ.

މި ޓްރޭނިންގ ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް (ސީ]ީ) އަޙްމަދު މުޙައްމަދުފުޅުއެވެ. އެކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީޕީ ވަނީ ކޯވިޑް-19 އާ ގުޅިގެން ދިވެހި ސަރުކާރުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް އަދި ލޮކްޑައުންއަށް ދިއުމުގެ ސަބަބުން އެމްސީއެސްއަށް ކުރިމަތިވި ގޮންޖެހުންތައް ހިއްސާ ކުރައްވާފައެވެ.

ސީޕީ ވިދާޅުވި ގޮތުގައި ޤައިދީންނާއި ބަންދު މީހުންގެ %84 ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް އަދި %73 ވެކްސިންގެ ދެވަނަ ޑޯޒް ވަނީ ފުރިހަމަ ކޮށްފައެވެ. އަދި އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިން %94 ވެކްސިންގެ ފުރަތަމަ ޑޯޒް އަދި %91 ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވާކަމަށް ސީޕީ ފާހަގަކުރެއްވިއެވެ.

ކޮމިޝަނަރުގެ ވާހަކަފުޅު ނިންމާލައްވަމުން އެމްސީއެސްގެ އޮފިސަރުން ލޮކްޑައުންތެރޭގައި ޢާއިލާއާ ދުރުގައި ޖަލުގައި ބަންދުވެ ތިބެ ވީ ޤުރުބާނީ އާއި ކުރި މަސައްކަތްތައް ފާހަގަކުރެއްވިއެވެ. އަދި ޔޫއެންއޯޑީސީއިން ދެއްވަމުންގެންދާ އެހީތެރިކަމާއި އެއްބާރުލުމަށް އަލިއަޅުއްވާލައްވައި، ޔޫއެންއޯޑީސީއަށް އިޚްލާސްތެރިކަމާއެކު ޝުކުރުއަދާކުރެއްވިއެވެ.

މި ޓްރޭނިންގ ޕްރޮގްރާމްގެ ބައިވެރިންނަށް ޑައިނަމިކް ސެކިއުރިޓީ އެޕްލިކޭޝަން، ހިއުމަން ރައިޓްސް، މަންޑޭލާ ރޫލްސް، ކޯޑް އޮފް އެތިކްސް، ކޮންޓިންޖެންސީ ޕްލޭނިންގ، ޔޫސް އޮފް ފޯސް ކޮންޓިނުއަމް، އިންސިޑަންޓް މެނޭޖްމަންޓް، ޕްރޮސީޖުރަލް ސެކިއުރިޓީ – އެސްކޯޓްސް، ކަރެކްޝަންސް ލެވެރޭޖް އޮން ޓެކްނޮލޮޖީ – ޕޯސްޓް ޕެންޑެމިކް ފަދަ މޮޑިއުލްތައް ކިޔަވާދޭނެކަމަށް ކަރެެކްޝަންސްއިން ބުނެއެވެ.

އިތުރަށް ކިޔާލަން

12 މާރިޗު 2017

ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، ކަރެކްޝަންސް އިން ދޮގުކުރޭ!

12 މާރިޗު 2017
ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، ކަރެކްޝަންސް އިން ދޮގުކުރޭ!
12 މާރިޗު 2017

މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި

12 މާރިޗު 2017
މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި
10 މާރިޗު 2017

ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

10 މާރިޗު 2017
ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން
01 މާރިޗު 2017

ޖަލުގައި ބަންދުކުރިތާ 14 މަސް ފަހުން ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި

01 މާރިޗު 2017
ޖަލުގައި ބަންދުކުރިތާ 14 މަސް ފަހުން ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި
16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު