Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖަޕާނާއި އިންޑިޔާގެ ގުޅުން

ޖަޕާނުން އިންޑިޔާގައި 42 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކުރަނީ

20 މާރިޗު 2022 | އާދީއްތަ 02:05

ދެ ގައުމުގެ ލީޑަރުން ވަނީ ސަލާމަތީ ކަންކަން ވަރުގަދަކުރުމާއި ޔޫކްރެއިން ހަނގުރާމައާއި އިގްތިޞާދީ ގޮތުން ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 20 މާރިޗު 2022 | އާދީއްތަ 02:05
ޖަޕާންގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ އާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ

ޖަޕާންގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ އާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ

ޖަޕާނުން ކުރިޔަށް އޮތް 5 އަހަރު ތެރޭގައި އިންޑިޔާގައި 42 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކުރާނެކަމަށް އެގައުމުގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ ވިދާޅުވެއްޖެއެވެ.

ޖަޕާނުގެ ބޮޑުވަޒީރު މިކަން ހާމަކުރެއްވީ އިންޑިޔާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ބައްދަލުކުރައްވައެވެ. ދެ ގައުމުގެ ލީޑަރުން ބައްދަލުކުރައްވާ ސަލާމަތީ ކަންކަން ވަރުގަދަކުރުމާއި ޔޫކްރެއިން ހަނގުރާމައާއި އިގްތިޞާދީ ގޮތުން ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

ދެބޭފުޅުންގެ މަޝްވަރާތަކަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޯދީ ވިދާޅުވީ ޖަޕާނަކީ އިންޑިޔާގެ ގާތް ރަހުމަތްތެރިއެއް ކަމަށެވެ. އިންޑިޔާ އާއި ޖަޕާނާ ދެގައުމަށްވެސް ދެމެހެއްޓެނެވި ގޮތެއްގައި ހަކަތަ ސަޕްލައިކުރުމުގެ މުހިންމުކަން އެނގޭކަމަށް ވިދާޅުވިއެވެ. މީގެއިތުރުން އިންޑިޔާ އާއި ޖަޕާނާ ދެމެދު އޮތް ގުޅުމުގެ ސަބަބުން އިންޑޯ ޕެސިފިކް ސަރަހައްދާއި މުޅި ދުނިޔޭގައިވެސް ސުލްހައާއި އަމާންކަމާއި ހަމަޖެހުން ގާއިމުކުރުމަށް މަގުފަހިވާކަމަށް މޯދީ ވިދަޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފުމިއޯ ކިޝިޑާ ވިދާޅުވީ ވީއެންމެ އަވަހަކަށް ޖަޕާނާއި އިންޑިޔާ އާއި ދެމެދު އިތުރު ބައްދަލުވުމެއް ބާއްވާނެކަމަށެވެ. ފުމިއޯ ކިޝިޑާ އިތުރަށް ވިދާޅުވީ މިވަގުތު ދުނިޔެއަށް ވަނީ ބޮޑެތި ކަންތައްތަކާއި ކުރިމަތިވެފައިކަމަށެވެ. އަދި މިހާރު ރަޝިޔާއިން ޔޫކްރެއިންއަށް ދެމުންދާ ހަމަލާތަކާއި ގުޅޭގޮތުންވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

ސާފު ހަކަތަ ފޯރުކޮށްދިނުމާއި ގުޅޭގޮތުން ދެގައުމުން އެއްބަސްވުމަކާއި ހަމައަށް އައިސްފައިވާއިރު ހަ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.

ޖަޕާނަކީ އިންޑިޔާއަށް އެންމެ ބޮޑަށް އިންވެސްޓްކުރާ ގައުމެވެ.

ޖަޕާނުން ވަނީ ފާއިތުވި ދުވަސްތަކުގައި އިންޑިޔާގެ އެކި ސިޓީތަކުގެ އިންފްރާސްޓަރަކްޗަރ ތަރައްގީކުރުމާއި ހައި ސްޕީޑް ރެއިލްވޭ އާއި ޓްރެއިން ޓެކްނޮލޮޖީ ތަރައްގީކުރުމަށް އެހީތެރިކަން ފޯރިކޮށްދީފައެވެ.

2014 ވަނަ އަހަރު ޖަޕާނުގެ އޭރުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވަނީ އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމަށް 3.5 ޓްރިލިއަލް ޔެންގެ އިންވެސްޓްމެންޓްތައް އިއުލާންކުރައްވާފައެވެ. އެފަހަރުވެސް އިންވެސްޓްމަންޓް އިއުލާންކޮށްފައިވަނީ 5 އަހަރުގެ މުއްދަތަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

09 ޖުލައި 2017

ގަަތަރުގެ ޗެރިޓީތަކާއި އދ ގެ ބައެއް އެޖެންސީތައް 8.5 މިލިއަން ޑޮލަރުގެ އަގުހުރި އެއްބަސްވުންތަކުގައި ސޮއިކޮށްފި

09 ޖުލައި 2017
ގަަތަރުގެ ޗެރިޓީތަކާއި އދ ގެ ބައެއް އެޖެންސީތައް 8.5 މިލިއަން ޑޮލަރުގެ އަގުހުރި އެއްބަސްވުންތަކުގައި ސޮއިކޮށްފި
29 މެއި 2017

އުތުރު ކޮރެއާ އިން ކުރި މިސައިލް ޓެސްޓާ ގުޅިގެން ޖަޕާނުން އެކަމަށް ފިޔަވަޅު އަޅާނެ: ބޮޑު ވަޒީރު އަބޭ

29 މެއި 2017
އުތުރު ކޮރެއާ އިން ކުރި މިސައިލް ޓެސްޓާ ގުޅިގެން ޖަޕާނުން އެކަމަށް ފިޔަވަޅު އަޅާނެ: ބޮޑު ވަޒީރު އަބޭ
21 މެއި 2017

ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: ފުރަތަމަ ދުވަހު 280 ބިލިއަން ޑޮލަރުގެ ވިޔަފާރި އެއްބަސްވުން!

21 މެއި 2017
ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: ފުރަތަމަ ދުވަހު 280 ބިލިއަން ޑޮލަރުގެ ވިޔަފާރި އެއްބަސްވުން!
14 މެއި 2017

އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ

14 މެއި 2017
އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ
05 އެޕްރީލު 2017

ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ

05 އެޕްރީލު 2017
ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ
13 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް

13 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް
27 ފެބުރުއަރީ 2017

އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި

27 ފެބުރުއަރީ 2017
އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި
27 ފެބުރުއަރީ 2017

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ
25 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލީ އެންމެ 90 ޑޮލަރުގެ ޑީލަކަށް

25 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލީ އެންމެ 90 ޑޮލަރުގެ ޑީލަކަށް
20 ފެބުރުއަރީ 2017

އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ

20 ފެބުރުއަރީ 2017
އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް